Roadha Mihaaru
އިންގްލެންޑާއި ސްވިޒަލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

އިންގްލެންޑާއި ސްވިޒަލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ

16 ނޮވެމްބަރ 2021

ސެން މެރީނޯ (ނޮވެމްބަރު 16) - ހެރީ ކޭން ސެން މެރީނޯ ކޮޅަށް ޖެހި ހަތަރު ލަނޑާ އެކު، 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ސެން މެރީނޯ (ނޮވެމްބަރު 16) - ހެރީ ކޭން ސެން މެރީނޯ ކޮޅަށް ޖެހި ހަތަރު ލަނޑާ އެކު، 10-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ އިންގްލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ކުޑަ އެއް ގައުމުގެ ގޮތުގައި ބެލެވޭ ސެން މެރީނޯގައި ކުޅުނު މެޗުގައި ކޭން ވަނީ 15 މިނިޓްތެރޭ ހަތަރު ލަނޑު ޖަހައިފަ އެވެ. ޕެނަލްޓީއަކުން އޭނާގެ ފުރަތަމަ ލަނޑު ޖެހީ 27 ވަނަ މިނިޓްގަ އެވެ. ހަތަރުވަނަ ލަނޑު ޖެހީ 42 ވަނަ މިނިޓްގަ އެވެ. ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑަކީ ޕެނަލްޓީން އޭނާ ކާމިޔާބު ކުރި ލަނޑުތަކެވެ.

އިންގްލެންޑަށް މެޗުގެ ފުރަތަމަ ލަނޑު ހަވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ހެރީ މެގުއާ އެވެ. އިންގްލެންޑްގެ ދެވަނަ ލަނޑަކީ ސެން މެރީނޯގެ ފިލީޕޯ ފަބްރީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެވަނަ ހާފުގައި އިންގްލެންޑުގެ ލަނޑުތައް ޖެހީ އެމިލީ ސްމިތު ރޯ، ޓައިރޯން މިންގްސް، ޓެމީ އަބްރަހަމް، އަދި ބުކާޔޯ ސަކާ އެވެ.

އިންގްލެންޑް ހިމެނޭ ގުރޫޕް އައިގެ އެއްވަނަ މަގާމު އެ ޓީމު ހޯދީ ދެވަނައިގައި އޮތް ޕޮލެންޑަށް ވުރެ އިތުރަށް ހަ ޕޮއިންޓް ހޯދައިގެންނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވުމުން ސްވިޒަލެންޑް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ވޯލްޑް ކަޕަށް ކޮލިފައިވުމުން ސްވިޒަލެންޑް ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ: އޭއެފްޕީ

ގުރޫޕް ސީގެ އެއްވަނަ ހޯދައި ސްވިޒަލެންޑް ވެސް ވަނީ ވޯލްޑް ކަޕުން ޖާގަ ހޯދައިފަ އެވެ. ޔޫރަޕްގެ ޗެމްޕިއަން އިޓަލީ އާއި ސްވިޒަލެންޑް ވާދަކުރި ގުރޫޕްގައި، ރޭގެ މެޗުތަކާ ހަމައަށް، ކޮންމެ ޓީމަކަށް ވެސް އޮތީ ހަމަހަމަ ފުރުސަތަކެވެ.

އެކަމަކު އިޓަލީ އަށް ނޮދަން އަޔަލެންޑް އަތުން މޮޅު ނުވެވުމުން އެ ޓީމަށް ލިބުނީ ދެވަނަ އެވެ. ސްވިޒަލެންޑް ގުރޫޕްގެ އެއްވަނަ ހޯދީ ބަލްގޭރީއާގެ މައްޗަށް 4-0 އިން މޮޅު ވެގެންނެވެ.

ސްވިސް އިން ޖެހި ލަނޑުތަކުގެ ތެރެއިން ދެ ލަނޑު ޖެހީ ނޯޔާ އޮކްފޯރް އެވެ. އަނެއް ދެ ލަނޑު ޖެހީ ރުބެން ވާގަސް އަދި ސެޑްރިކް އިޓަން އެވެ.