Roadha Mihaaru
ސްޓާލިންގެ ގެ ފަޅާލުމުން ވޯލްޑް ކަޕު ދޫކޮށް ރަށަށް

ސްޓާލިންގެ ގެ ފަޅާލުމުން ވޯލްޑް ކަޕު ދޫކޮށް ރަށަށް

05 ޑިސެމްބަރ 2022

އަލް ކޯރް (ޑިސެމްބަރު 5) - އިންގްލެންޑްގެ ފޯވާޑް ރަހީމް ސްޓާލިންގެ ގެ ފަޅާލައި އެ ގެއިން ވައްކަން ކުރުމުން، ވޯލްޑް ކަޕު ދޫކޮށް އޭނާ ރަށަށް ދިއުމުގެ ހުއްދަ އިނގިރޭސި ގައުމީ ޓީމުން ދީފި އެވެ.

އަލް ކޯރް (ޑިސެމްބަރު 5) - އިންގްލެންޑްގެ ފޯވާޑް ރަހީމް ސްޓާލިންގެ ގެ ފަޅާލައި އެ ގެއިން ވައްކަން ކުރުމުން، ވޯލްޑް ކަޕު ދޫކޮށް އޭނާ ރަށަށް ދިއުމުގެ ހުއްދަ އިނގިރޭސި ގައުމީ ޓީމުން ދީފި އެވެ.

ގުރޫޕް ހަދައިގެން ތަންތަން ލޫޓވާ ގޭންގަކުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ލަންޑަންގައި ހުންނަ ސްޓާލިންގެ ގެއިން ވައްކަން ކޮށްފަ އެވެ. އެގޭގައި ސްޓާލިންގެ މަންމަ ދިރިއުޅެ އެވެ. ގެއިން ވަގަށް ނެގީ ކިހާވަރެއްގެ އަގެއް ހުރި އެއްޗެއް ކަމެއް އަދި ނޭނގެ އެވެ.

ދެވަނަ ބުރުގައި ރޭ ސެނެގާލް އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އިނގިރޭސި ކޯޗު ގެރެތު ސައުތުގޭޓް ބުނީ އާއިލީ ކަމެއް ދިމާވެގެން ސްޓާލިން އަށް ގައުމީ ޓީމު ދޫކޮށް އެނބުރި އިންގްލެންޑަށް ދިއުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އަދި އޭނާ އެނބުރި ޓީމާ ގުޅޭނެ ތާރީހެއް ދީފައި ނުވެ އެވެ. ނަމަވެސް އިނގިރޭސި ޓީމުގެ އޮފިޝަލަކާ ހަވާލާދީ އީއެސްޕީއެން އިން ބުނީ މުބާރާތުގައި އަދި ސްޓާލިން ފެންނާނެ ކަމަށެވެ.

ސްޓާލިންގެ ލޯބިވެރިޔާ އާއި އޭނާގެ ދެ ދަރިން މިވަގުތު ތިބީ ގަތަރުގަ އެވެ. އިނގިރޭސި ޓީމުގެ އޮފިޝަލް ބުނިގޮތުގައ ލަންޑަންގައި ތިބި އާއިލާއާއެކު ވަގުތު ހޭދަ ކުރުމަށް ފަހު ސްޓާލިން އެނބުރި ޓީމާ ގުޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ރޭ ސެނެގާލް އާ ދެކޮޅަށް ކުޅުނު މެޗުގައި އެއްގޮތަކަށް ވެސް ސްޓާލިންގެ ބޭނުމެއް ސައުތުގޭޓް ނުކުރެ އެވެ. ކުއާޓާ ފައިނަލުގައި އަންނަ ހޮނިހިރު ދުވަހު އިންގްލެންޑް ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.