ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ނުލިބިގެން އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް މަގާމާއި މުސާރައިގެ ކުރިއެރުން ނުދޭތާ އަށް އަހަރު ވެއްޖެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
16 ނޮވެމްބަރ 2021
ފިނޭންސް މިނިސްޓްރީގެ އެޕްރޫވަލް ނުލިބިގެން އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނަށް މަގާމާއި މުސާރައިގެ ކުރިއެރުން ނުދޭތާ އަށް އަހަރު ވެއްޖެ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު އޮތް، ބަޖެޓު ދިރާސާކުރާ ކޮމިޓީގައި އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އީސީގެ މުވައްޒަފުންގެ އަސާސީ މުސާރަ އަކީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ އެއްވަރުގެ މުސާރައެއް ކަމަށާއި ކޮމިޝަންގެ މުވައްޒަފުންގެ މުސާރަތައް ފަށަނީ އެހެން މުއައްސަސާތަކުގައި ހުންނަހެން ބޮޑު މުސާރައަކުން ނޫން ކަމަށެވެ.
އެހެންވެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލައި މަގާމުގެ ކުރިއެރުން ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ގަވާއިދުގައި ބުނެފައި އޮތަސް ވޭތުވެ ދިޔަ އަށް އަހަރުގެ ތެރޭގައި އެ ކުރިއެރުން ދެވިފައި ނެތް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން މުވައްޒަފުންގެ އެޕްރައިސަލް ހަދައި އެއީ ދޭންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައި ފިނޭންސް މިނިސްޓްރީއާ ހިސާބަށް ފޮނުވީމާ މިނިސްޓްރީން އެޕްރޫވަލް ނުލިބިގެން އެކަން ނުވެފައި އޮތީ،" ހަބީބް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުން ނުދެވޭ މައްސަލަ މިދިޔަ އަހަރު ވެސް މަޖިލީހުގެ ސަމާލުކަމަށް ގެނައުމުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ފިނޭންސް މިނިސްޓަރާ ބައްދަލުކުރުމަށް ފަހު މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެކަމަށް ހައްލެއް ހޯދަވައިދެއްވާނެ ކަމަށް ބުނި ކަމަށެވެ.
އެކަމަކު އަނެއްކާ ވެސް ބަޖެޓުގެ ތާށިކަމާ އެކު މި އަހަރުވެސް އެކަން ވާން ނެތްކަމަށް އޮކްޓޯބަރު މަހު ފިނޭންސްުން އެންގި ކަމަށް ވިދާޅުވި އެވެ.
ހަބީބް ވިދާޅުވި ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ މުސާރައިގެ ކުރިއެރުން ދިނުމަށް ކޮމިޝަންގެ ބަޖެޓަށް އިތުރު ހަތް ލައްކަ ރުފިޔާ ބޭނުންވެ އެވެ.
އަންނަ އަހަރަށް ލަފާކޮށް އެ ކޮމިޝަނަށް ކަނޑައަޅާފައިވާ 28 މިލިއަންގެ ބަޖެޓަކީ ވެސް އީސީގެ މެންޑޭޓުގައި ހުރި ކަންކަން ތަންފީޒުކުރެވޭ ވަރުގެ ބަޖެޓެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ބަޖެޓުގެ 88 ޕަސެންޓު ހޭދަވަނީ ކޮމިޝަންގެ މުވައްޒަފުންގެ މުސާރަ އާއި ފެނާއި ކަރަންޓު އަދި ކުލި ފަދަ ކަންތައްތަކަށް ކަމަށާއި މެންޑޭޓު ތަންފީޒުކުރަން އޮތީ އެންމެ 12 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރުގެ 64 ބިލިއަންގެ ބަޖެޓް ފާސްކޮށްފި
ބަޖެޓްގެ ފުރަތަމަ ބަހުސް މަރުހަލާ ނިންމާލައިފި
މުސާރައިގެ ހޭދަ ބޮޑުވުމަކީ ގޮންޖެހުން"
އީވޯޓިންއަށް ދިއުމުގެ ވިސްނުމެއް އީސީން ނުގެންގުޅޭ
ކުއްޔަށް 178 މިލިއަން، އެމްބަސީތައް އެންމެ ކުރީގައި
ބަޖެޓުން މަޖިލީސް މެންބަރުންނަށް 111 މިލިއަން
އަންނަ އަހަރުގެ އާމްދަނީގެ ސިޔާސަތަށް ބަދަލެއް ނެތް
"ބަޖެޓު ފައިނޭންސިންއަށް 26.3 ބިލިއަން ހޯދަންޖެހޭ"
ބަޖެޓް ހުށަހަޅާ ޖަލްސާ މާދަމާއަށް ތާވަލުކޮށްފި
އަންނަ އަހަރަށް 56.6 ބިލިއަންގެ ބަޖެޓް ފާސްކޮށްފި