Roadha Mihaaru
އެންމެ ކުޑަ ކާރުގައި ދަތުރެއް

އެންމެ ކުޑަ ކާރުގައި 870 މޭލުގެ ދަތުރަކަށް

17 ނޮވެމްބަރ 2021

އެންމެ ކުޑަ ކާރޭ ބުންޏަސް މިއީ ކުޅޭކުޅޭ ކާރެއްގެ ވާހަކައެއް ނޫނެވެ. މިއީ ހަމަ ބޮޑެތި މީހުން ދުއްވަން އެކަށީގެންވާ ކާރެއްގެ ވާހަކަ އެވެ. ތިން ފުރޮޅުލީ މީ ކާރުގެ ސައިޒަށް ބަލާ އިރު މީގެ ދިގުމިނަކީ އެންމެ 137 ސެންޓީމީޓަރު (54 އިންޗި) އެވެ. ފުޅާމިނަކީ 104 ސެންޓިމީޓަރު (41 އިންޗި) އަދި އުސް މިނަކީ 120 ސެންޓިމީޓަރު (47 އިންޗި) އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ކުޑަ ކާރޭ ބުންޏަސް މިއީ ކުޅޭކުޅޭ ކާރެއްގެ ވާހަކައެއް ނޫނެވެ. މިއީ ހަމަ ބޮޑެތި މީހުން ދުއްވަން އެކަށީގެންވާ ކާރެއްގެ ވާހަކަ އެވެ. ތިން ފުރޮޅުލީ މީ ކާރުގެ ސައިޒަށް ބަލާ އިރު މީގެ ދިގުމިނަކީ އެންމެ 137 ސެންޓީމީޓަރު (54 އިންޗި) އެވެ. ފުޅާމިނަކީ 104 ސެންޓިމީޓަރު (41 އިންޗި) އަދި އުސް މިނަކީ 120 ސެންޓިމީޓަރު (47 އިންޗި) އެވެ.

މިއީ 1960 ގެ އަހަރުތަކުގައި ތައާރަފުކުރި ޕީލް ޕީ50 މަރުކާގެ ކާރެކެވެ. މީގެ ދުވެއްޔަކީ ގަޑިއަކު 35 ކިލޯމީޓަރެވެ. މަޑު ނޫކުލައިގެ މި ކުޑަކުޑަ ކާރާއާ އެކު، އިންސާނިއްޔަތަށް އެހީވުމުގެ މަސައްކަތަށް ނުކުތީ އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އެލެކްސް އޯކިން އެވެ.

އީސްޓް ސަސިކްސް އަށް ނިސްބަތްވާ އެލެކްސް އެންމެ ކުޑަ ކާރުގައި 870 މޭލު (1،400 ކިލޯމީޓަރު) ގެ ދަތުރަކަށް ހޮނިހިރު ދުވަހު ނުކުތީ އިނގިރޭސިވިލާތުގެ މީޑިއާ ނެޓްވޯކް ބީބީސީން ކުރިއަށް ގެންދާ "ބީބީސީ ޗިލްޑްރެން އިން ނީޑް" އަށް އެހީވާން ފައިސާ އެއްކުރުމުގެ ގޮތުންނެވެ.

ތިން ހަފުތާގެ ތެރޭގައި، އަމާޒު ހިފާފައިވާ ރާސްތާ އަށް ދަތުރު ކުރެވޭނެ ކަމަށް ބަލައި ހޮނިހިރު ދުވަހު ދަތުރު ފެށީ ކެއިތުނެސްގެ ޖޯން އޯ ގްރޯޓްސްއިންނެވެ.