Roadha Mihaaru
އެމްޓީސީސީ "ކަށަވަރު ޕްރޮމޯ 2021" ފަށައިފި

އެމްޓީސީސީ "ކަށަވަރު ޕްރޮމޯ 2021" ފަށައިފި

17 ނޮވެމްބަރ 2021

"ކަށަވަރު ޕްރޮމޯ"ގެ ނަމުގައި އެމްޓީޓީސީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕްރޮމޯޝަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

"ކަށަވަރު ޕްރޮމޯ"ގެ ނަމުގައި އެމްޓީޓީސީން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ޕްރޮމޯޝަން ފަށައިފި އެވެ.

އެމްޓީސީސީން އަނެއްކާވެސް ޕްރޮމޯޝަން ފެށީ ކޮވިޑާ ގުޅިގެން މިދިޔަ އަހަރު މެދުކަނޑާލުމަށް ފަހު އެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ އިފްތިތާހު ކޮށްދެއްވީ ޗީފް އޮޕަރޭޓިން އޮފިސާ ހުސައިން ޝާހިދު ހުސައިން މޫސާ އެވެ.

މި އަހަރުގެ ކަށަވަރު ޕްރޮމޯ ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަން ހާއްސަކުރީ ފައިސާ ދައްކައި، ތަކެތި ގަންނަ ފަރާތްތަކަށެވެ. މި ޕްރޮމޯގެ ދަށުން ޑިސްކައުންޓް ދޭ ޕްރޮޑަކްޓްތަކުގެ ތެރޭގައި ޔަންމާ އާއި ސުޒުކީ އިންޖީނުގެ ސްޕެއާ ޕާޓްސް، ކާސްޓްރޯލް އަޑީތެޔޮ، ޕީޕީޖީ ކޯޓިންގް، ސްކޮޓް ބާޑާ ފައިބަރު ސާމާނު، އިންޑަސްޓްރިއަލް ގޭސް އަދި މެރިން ލައިޓް ހިމެނެ އެވެ. މި ޕްރޮމޯގެ މުއްދަތުގައި ކުރާ ކޮންމެ 5000ރ. ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެ އެވެ. ޕްރޮމޯޝަންގައި ބައިވެރިވެ ގުރުއަތުން ހޮވޭ ފަރާތްތަކަށް 89,000ރ. ގެ ސުޒުކީ 25 ހޯސްޕަވަރުގެ އިންޖީނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި ރާވައިފައިވާ އިތުރު ހަރަކާތްތަކުގެ ތެރޭގައި، މާލޭ ބަނދަރުމަތީގައި އަޅާފައިވާ އޮޑިފަހަރަށް ޒިޔާރަތް ކުރުމާއި ކ. ތިލަފުއްޓައި ކ. ގުޅި ސްލިޕްވޭ އާއި ކ. ހިންމަފުށި އަދި ދިއްފުށީގެ ބޯޓް ޔާޑައި ޑޮކް ޔާޑަށް އެމްޓީސީސީގެ ޓީމްތައް ދިއުން ހިމެނެ އެވެ.