18 ނޮވެމްބަރ 2021
މިޔުނިކް (ނޮވެމްބަރު 18) - ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޖަހަން ޖެހޭ ވެކްސިން ނުޖަހާތީ ބަޔާން މިޔުނިކުގެ މިޑްފީލްޑާ ޖޯޝުއާ ކިމިޗް ޓީމުގެ ހޮޓަލަށް ވަނުން މަނާ ކޮށްފި އެވެ.
މިޔުނިކް (ނޮވެމްބަރު 18) - ކޮވިޑް-19 އިން ރައްކާތެރި ވުމަށް ޖަހަން ޖެހޭ ވެކްސިން ނުޖަހާތީ ބަޔާން މިޔުނިކުގެ މިޑްފީލްޑާ ޖޯޝުއާ ކިމިޗް ޓީމުގެ ހޮޓަލަށް ވަނުން މަނާ ކޮށްފި އެވެ.
ޖަރުމަންގައި ކޮވިޑްގެ ނުރައްކާ އަނެއްކާ ވެސް ބޮޑުވާން ފެށުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ އަލުން ވަރުގަދަކޮށްފަ އެވެ. މާދަމާ އައުގްސްބާގްއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމަށް ބަޔާންގެ ޓީމު ވަނީ ހޮޓެލްގައި ކޭމްޕްކޮށްފަ އެވެ. އެކަމަކު ވެކްސިން ނުޖަހާ ކުޅުންތެރިންނަށް ހޮޓަލުން ޖާގައެއް ނެތެވެ.
ކިމިޗްގެ އިތުރުން ސާޖް ގެނެބްރީ، ޖަމާލް މުސިއާލާ އަދި އެރިކް މެކްސިމް ޗޫޕޯ މޯޓިން ވެސް ވެކްސިން ނުޖަހަ އެވެ. އެ ކުޅުންތެރިންނަށް ވެސް ހޮޓެލްގައި ކޭމްޕް ނުކުރެވޭނެ އެވެ.
ކިމިޗް ދާދި ފަހުން ބުނެފައި ވަނީ ކޮވިޑް ވެކްސިންގައި އެއްވެސް ސައިޑް އިފެކްޓެއް ހުރިތޯ އެމީހުންގެ ތަޖުރިބާއިން އެނގެން އޭނާ ބޭނުންވާ ކަމަށެވެ. ވެކްސިން ނުޖެހިޔަސް ޓީމުގެ ޓްރޭނިންގައި ބައިވެރިވެވޭނެ އެވެ.
ބަޔާން އާއި ޖަރުމަން ގައުމީ ޓީމުގެ ޑިފެންޑަރު ނިކޮލަސް ސުލޭ ކޮވިޑަށް ޕޮޒިޓިވްވިއިރު ގެނެބްރީ އާއި ޗޫޕޯ މޯޓިން ވަނީ ސުލޭއާ ކޮންޓްކްޓްވެފަ އެވެ. އެހެންވެ އެ ދެކުޅުންތެރިންނަށް އަންގާފައި ވަނީ ހަތް ދުވަސް ވަންދެން ކަރަންޓީން ވުމަށް ފަހު ނެގެޓވް ޓެސްތާއެކު ނޫނީ ޓްރޭނިންގައި ބައިވެރި ނުވުމަށެވެ.
"މިނޫން ގޮތެއް ނޯންނާނެ. އަހަރެމެންނަށް ނޯންނާނެ ވެކްސިން ނުޖަހާ މީހަކު ހޮޓަލަށް ވެއްދޭކަށް،" ބަޔާން ތިބި ހޮޓެލްގެ އޮފިޝަލަކު ޖަރުމަންގެ ބިލްޑް ނޫހަށް ބުންޏެވެ.
ސަރަހައްދީ ސަރުކާރުން ބުނެފައި ވަނީ ބައެއް ދާއިރާތަކުގައި އުޅޭ މީހުން ވެކްސިން ޖަހަން މަޖުބޫރު ކުރުމުގެ ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ހިމެނޭނެ އެވެ.
ބެޔާނުގެ ކޯޗަކަން ކޮމްޕެނީ އަށް ދެނީ
ބެޔާންގެ ވަޒީފާ ޒިދާނަށް ހުށަހަޅައިފި
ލީގު ހޯދަން ލެވަކޫސަނަށް ބޭނުން ވަނީ އެންމެ މޮޅެއް
މިހާރު އުންމީދެއް ނެތް، މަރުހަބާ ލެވަކޫސަން: ޓުޗެލް
ވާދަވެރިންނަށްވުރެ ލެވަކޫސަން 10 ޕޮއިންޓް ކުރިއަށް!
ކޭން ލަނޑެއް ޖެހި، އެކަމަކު ބެޔާން އަނެއްކާވެސް ބަލި
ބެޔާނުގައި ކޭން ހުރީ އުފަލަކުން ނޫން: ޓުޗެލް
ބެޔާން ބަލިކޮށް ކޮންޓްރޯލް ލެވަކޫސަން އަށް
ޖަރުމަނު ލީގުގައި ފުރަތަމަ ފަހަރަށް އަންހެން ކޯޗެއް
ޖަރުމަން ލީގުގައި ބެޔާން މިއުނިކް މައިތިރި ކޮށްފި