ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފައިސާ ހޯދަން ބަޔަކު މާލޭގައި ބަޔަކު މަސައްކަތް ކޮށްފި އެވެ.
18 ނޮވެމްބަރ 2021
ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކޮށްގެން ފައިސާ ހޯދަން ބަޔަކު މާލޭގައި ބަޔަކު މަސައްކަތް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، އެމްއެންޑީއެފްގެ ކޯސްޓް ގާޑުގައި މަސައްކަތްކުރާ ސްޓާފް ސާޖަންޓް ހަސަން ފަހީމަށް ގުރޫޕަކުން ދިމާކޮށް، ފައިސާ ހޯދަން މަސައްކަތް ކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
އެ ގުރޫޕްގެ މީހުން މަގުމަތިން ފަހީމް ރަހީނުކޮށްގެން ގެންގޮސް ކޮޓަރިއަކަށް ވެއްދުމަށް ފަހު، ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށް ވެ އެވެ. އެކަމަކު ފައިސާ ނުލިބުމުން މިއަދު ހެނދުނު އޭނާ އައިޖީއެމްއެޗް ކައިރިއަށް ވައްޓާލުމަށް ފަހު އެ މީހުން ފިލީ އެވެ.
ފުލުހުން މިއަދު ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރިހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ހެނދުނު 9:55 ހާއިރު ލިބިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ބަލަންޖެހެ ކަންކަން ބަލަމުން އަންނަ ކަމަށް ބުނުން ފިޔަވައި އިތުރު ވާހަކައެއް މި މައްސަަލައިގައި ފުލުހުން އަދި ނުދައްކަ އެވެ.
ލަންކާ ބޯޓުން 350 ކިލޯއަށްވުރެ ގިނަ ޑްރަގްސް ފެނުނު
ޑްރަގްބޯޓުގައި ތިބި ފަސް މީހަކު ފުލުހުންނާ ހަވާލުކޮށްފި
ޑްރޯންގެ އެހީގައި އަތުލައިގަތީ ޑްރަގު އުފުލި ބޯޓެއް
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް
އުއްމީދަކީ އިންތިގާލީ އިންސާފު ލިބުން: ރިފްއަތު
އިތުރު ސިފައިންގެ މީހަކަށް ތުހުމަތު އޮތްކަމެއް ނޭނގޭ
ވޭނެއް ވަނުމުން ސިފައިންގެ ސެކިއުރިޓީ ވަރުގަދަކޮށްފި
އީރާނު ބޯޓުން 50 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެ
މުއައްސަސާތަކާއި ސިފައިން އަދި ފުލުހުންނަށް ފްލެޓް ލިބޭ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު