މެންޗެސްޓާ (ނޮވެމްބަރު 20) – އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް ކޮވިޑު ޖެހި، މާދަމާ ރޭ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި، ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.
20 ނޮވެމްބަރ 2021
މެންޗެސްޓާ (ނޮވެމްބަރު 20) – އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑިބްރޭނާ އަށް ކޮވިޑު ޖެހި، މާދަމާ ރޭ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި، ބުދަ ދުވަހުގެ ރޭ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.
ޑިބްރޭނާ އަށް ކޮވިޑު ޖެހިފައިވާކަން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ކަށަވަރު ކޮށްދީފައިވާއިރު، އޭނާއަށް ކޮވިޑު ޖެހުނުކަން އެނގުނީ، މި ނިމުނު އިންޓަނޏޭޝަނަލް ބްރޭކުގައި ބެލްޖިއަމް ގައުމީ ޓީމާއެކު ވޯލްޑް ކަޕް ކޮލިފައިންގައި އެސްޓޯނިއާ އާއި ވޭލްސްއާ ދެކޮޅަށް ކުޅުނު ފަހުންނެވެ. ވޭލްސްއާ ދެކޮޅަށް ކުޅެ، އެއްވަރުވި މެޗުގައި ފުރަތަމަ ލަނޑު ޖެހީ ޑިބްރޭނާ އެވެ.
މީގެ ސަބަބުން ޑިބްރޭނާ، 30، ހުރީ 10 ދުވަހުގެ އައިސޮލޭޝަނުގަ އެވެ. އަދި އޭނާއަށް އެންމެ އަވަހަށް ކުޅުމަށް އާދެވޭނީ މި މަހުގެ 28 ވާ އާދިއްތަ ދުވަހުގެ ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށް ވެސް ގާޑިއޯލާ ބުންޏެވެ. ލީގު ތާވަލުގެ ދެ ވަނައިގައި ސިޓީ އޮތީ 23 ޕޮއިންޓާ އެކު އެވެ. ވެސްޓް ހޭމް ތިންވަނައިގައި އޮތީ ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެންނެވެ.
"ނެގެޓިވް ނަތީޖާއަކާ އެކު އައީމަ އަލުން ފަށަން ޖެހޭނީ. އޭނާ އަންނާނެ ވީހާވެސް އަވަހަކަށް. ގެއްލޭނެ މެޗުތަކާއި، އޭނާގެ ފިޓްނަސް އަށް ވުރެ މާ މުހިއްމު އޭނާގެ ރިކަވަރީ،" ގާޑިއޯލާ ބުންޏެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އިންގްލެންޑުން ކުޅުނު ފަހު މެޗުގެ ކުރިން އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ ކޭމްޕުން ވަކިވި ސިޓީގެ މިޑްފީލްޑަރު ޖެކް ގްރީލިޝް އަށް ވެސް މާދަމާގެ މެޗުގައި ކުޅެވޭނެކަން ޔަގީނެއް ނޫނެވެ. ނަމަވެސް އޭނާގެ އަނިޔާ ރަނގަޅު ވަމުން އަންނަ ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
"ޖެކް (ގްރީލިޝް) އަންނަނީ ރަނގަޅު ވަމުން. ފިލް ފޯޑެން ވެސް (އިންޓަނޭޝަނަލް ބްރޭކް) ނިންމާފައި އައި އިރު އޭނާގެ ފަޔަށް އަނިޔާވެފައި ހުރީ. ޖެކަށް ކުޅެވޭނެހެން ހިޔެއް ނުވޭ. އެކަމަކު ފިލް އަށް ކުޅެވިދާނެ."
ސިޓީ އެންމެ ފަހުން ލީގުގައި ވަނީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުގެ ދަނޑުގައި ބަލި ކޮށްފަ އެވެ. އޭގެ ކުރިން ޗެމްޕިއަންސް ލީގުގައި ބެލްޖިއަމްގެ ކްލަބް ބްރޫގާ ވެސް ބަލިކުރިއިރު ލީގުގައި ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވެފަ އެވެ. އަދި އޭގެ ކުރިން ވަނީ ވެސްޓް ހޭމް އަތުން ބަލިވެ، އިނގިރޭސި ލީގު ކަޕުން ވެސް ކަޓައިފަ އެވެ.
ސިޓީން ދައްކާލީ ޑިބްރޭނާ އެނބުރި އަތުވެއްޖެކަން
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ބޭސިކް ކަންކަމަށް ޑިބްރޭނާ ސަމާލުވާން ގާޑިއޯލާ އެދިއްޖެ
ޓޮޓެންހަމުން އާސެނަލް މާޔޫސް ކޮށްލައިފި
ފުރަތަމަ ލެގުގައި ސިޓީން އެތުލެޓިކޯ ބަލިކޮށްފި
އަނިޔާގެ ސަބަބުން ޑިބްރޭނާ އަށް 10 މެޗު ގެއްލިދާނެ
ޑިބްރޭނާ ކުޅުމާ ދުރަށްދިޔައިރު އަގުއޭރޯ ފިޓްވުމާ ގާތަށް
އަނިޔާއާ ހެދި ޑިބްރޭނާ ބެލްޖިއަމް ސްކޮޑުން ވަކިވެއްޖެ
ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރަކީ ޑިބްރޭނާ: ގާޑިއޯލާ
ސިޓީ ދޫކޮށްލަން ޖެހިދާނެކަމުގެ އިޝާރާތެއް ޑިބްރޭނާ ދީފި