23 ނޮވެމްބަރ 2021
ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ތާލިބާނުން މިހާރު ވެރިކަންކުރާ އަފްގާނިސްތާންގައި އަންހެނުން ޓީވީ ޑްރާމާތައް ކުޅެން މަނާކޮށްފި އެވެ.
ހަރުކަށި އުސޫލުތަކެއް ގެންގުޅޭ ތާލިބާނުން މިހާރު ވެރިކަންކުރާ އަފްގާނިސްތާންގައި އަންހެނުން ޓީވީ ޑްރާމާތައް ކުޅެން މަނާކޮށްފި އެވެ.
ސަރުކާރުން އަލަށް ހަމަޖެއްސި މި އުސޫލުގެ ދަށުން ޑްރާމާތަކުގައި އެކްޓްކުރުން އަންހެނުންނަށް މުޅިން މަނާވާނެ އެވެ. މީގެ އިތުރުން ޓީވީ ޚަބަރު ކިޔުމާއި ޓީވީ ޝޯތައް ހޯސްޓްކުރާ އަންހެނުން ޓީވީ އަށް އަރަންވާނީ ބޯ ނިވާކޮށްގެން ކަމަށް ވެސް އާ އުސޫލުގައި ކަނޑައަޅާފައިވެ އެވެ. އެކަމަކު ބޯނި ވާކުރާނެ ސީދާ ވަކި ގޮތެއް ހާމަކޮށްފައެއް ނުވެ އެވެ.
މި އުސޫލުތަކާ ގުޅިގެން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވެސް އަމާޒު ވެފައިވެ އެވެ. އަފްގާން އަންހެނުންނަށް މިފަދަ އުސޫލުތަކެއް ހަމަޖެއްސި އިރު އަންހެން ކުދިންނާއި އަންހެނުން ސްކޫލްތަކަށް ގޮސް ތައުލީމު ހާސިލުކުރުމަކީ ވެސް މިހާރު ނެތް ހައްގެކެވެ. ނުވަދިހައިގެ އަހަރުތަކުގައި ތާލިބާނުންގެ އަތްދަށުގައި ގައުމު އޮތް ދުވަސްވަރު ވެސް އަންހެން ކިޔެވުމާއި ވަޒީފާ އަދާކުރުމަކީ އަފްގާނިސްތާންގައި މަނާކޮށްފައި އޮތް ކަންކަމެވެ.
އަފްގާންގެ ޓީވީ ޝޯއެއްގައި އަންހެން ހޯސްޓެއް.
ޓީވީ ދާއިރާގެ މަސައްކަތްތަކާ ގުޅޭ ގޮތުން ތާލިބާން ސަރުކާރުން އަލަށް އެކުލަވާލި ގައިޑްލައިންގައި މައިގަނޑު އަށް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުން ޓީވީ ޑްރާތާމަތައް ކުޅުމާއި ޓީވީ ޕްރެޒެންޓަރުން އިސްތަށިގަނޑު ނިވާކުރުމުގެ އިތުރުން ފިރިހެނުން ވެސް ނިވާކަން ކުޑަކޮށް ނުދެއްކުމާއި އިސްލާމް ދީނާ އެއްވެސް ގޮތަކަށް ފުށުއަރާ ކަހަލަ އެއްވެސް ޓީވީ ޕްރޮގްރާމެއް ގެނެސް ނުދިނުން ހިމެނެ އެވެ.
އަފްގާން އަންހެނުން ޑްރާމާތައް ކުޅެން މަނާކުރި އިރު އެ ގައުމުގެ ޓީވީ ޗެނެލްތަކުން އާންމުކޮށް ދައްކާ އުޅެނީ ބިދޭސީ ޑްރާމާތަކެވެ.
އަފްގާންގެ ޓީވީ ޝޯއެއްގައި އަންހެން ހޯސްޓެއް.
އަލަށް ހަމަޖެއްސި އުސޫލުތަކާ ގުޅިގެން އަފްގާނިސްތާންގެ ނޫސްވެރިން ތަމްސީލުކުރާ ޖަމިއްޔާގެ މެމްބަރެއް ކަމަށްވާ ހުއްޖަތުއްލާ މުޖައްދެދީ ވިދާޅުވީ އެއީ އުންމީދުކުރި ކަމެއް ނޫން ކަމަށެވެ.
"މިފަދަ ގައިޑްލައިންތަކަށް އަމަލުކުރުމަކީ ވާނެ ކަމެއް ނޫން. އަދި އެކަން މަޖުބޫރުކުރާ ނަމަ ބްރޯޑްކާސްޓް ކުރުން ހުއްޓުމަކަށް އައިސްދާނެކަމުގެ ބިރު މިހާރު އެބައޮތް." އޭނާ ބީބީސީ އަށް ވިދާޅުވި އެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އަފްގާނިސްތާން ތާލިބާނުންގެ އަތްދަށަށް ދިއުމާ އެކު އެ ގައުމުގެ މަޝްހޫރު ބައެއް މިއުޒިޝަނުން ވެސް ގައުމު ދޫކޮށް ގޮސްފައިވެ އެވެ.
އަންހެނުންގެ ސެލޫންތައް ހިންގުން ތާލިބާނުން މަނާކޮށްފި
ތާލިބާނުންގެ ސަރުކާރު ބަލައިގަނެވޭކަށް ނެތް: އދ
އެހީ ދިނުމުގައި އަންހެނުން ބައިވެރިކުރަން ހުއްދަ ދެނީ
އަފްޣާނު މަޖިލީހުގެ ކުރީގެ އަންހެން މެންބަރު މަރާލައިފި
އެހީ ދޭ އިދާރާތަކުގައި އަންހެނުން މަސައްކަތްކުރުން މަނާ
އަފްޣާނު އަންހެނުން އަމިއްލަ އޮފީސްތަކަށް ދިއުން މަނާ
އަފްޣާނު އަންހެނުން ޔުނިވަސިޓީގައި ކިޔެވުން މަނާކޮށްފި
އަފްގާނު އަންހެނުން މޫނު ނިވައިކުރުން މަޖުބޫރުކޮށްފި
މަހުރަމަކާ ނުލައި، އަންހެނުން ދުރު ދަތުރުކުރުން މަނާ
ނުފޫޒުގަދަ 100 އަންހެނުންގެ ތެރޭގައި އަފްގާނު މީހުން