ރާއްޖޭގެ ފަސް ސަރަހައްދުގެ ޓާޝަރީ ހޮސްޕިޓަލް، ވަކި ބަލިތަކަށް ހާއްސަކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
22 ނޮވެމްބަރ 2021
ރާއްޖޭގެ ފަސް ސަރަހައްދުގެ ޓާޝަރީ ހޮސްޕިޓަލް، ވަކި ބަލިތަކަށް ހާއްސަކުރުމުގެ މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު ނަސީމް "މިހާރު" އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ތިން ތަނެއް ޓާޝަރީ ފެންވަރަށް ބަދަލުކޮށް ހިދުމަތް ދެމުން އަންނައިރު ބާކީ ހުރި ދެ ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
އެ ފަސް ހޮސްޕިޓަލުގެ ތެރެއިން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް އަދި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި މިހާރު ވެސް ވަރަށް ގިނަ، ބޮޑެތި އޮޕަރޭޝަންތައް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
ޓާޝަރީ ފެންވަރަށް ބަދަލުކުރަން ދެން ނިންމާފައިވަނީ ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލް އަދި ލ. ގަން ރީޖަނަލް ހޮސްޕިޓަލެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި އުއްމީދަކީ ޓާޝަރީ ހޮސްޕިޓަލްތައް، ކޮންމެ ވެސް މުހިއްމު އެއް ފަރުވާއަކަށް ހާއްސަ ކުރުމެވެ.
"އަޅުގަނޑުގެ އުއްމީދަކީ ޓާޝަރީ ހޮސްޕިޓަލްތަކުން، ކޮންމެ ހޮސްޕިޓަލެއް ވެސް އެއް ކަމަކަށް ސްޕެޝަލައިޒްވުން. އޭރުން ނޫންތޯ ދާންވީ ދިމާ އެނގޭނީ ރާއްޖެއިން ބޭރަށް ނުގޮސް،" އޭނާ ވިދާޅުވި އެވެ.
"އެ މަޝްވަރާތައް ކުރަމުން މި އަންނަނީ،"
ޓާޝަރީ ހޮސްޕިޓަލްތައް ވަކި ބަލިތަކަކަށް ހާއްސަކުރަން ނިންމިއިރު، މި ސަރުކާރުން ވަނީ އިންޑިއާގެ އެހީގައި ގަމުގައި ކެންސަރު ހޮސްޕިޓަލެއް އަޅަން ނިންމައިފަ އެވެ. އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތްތައް އަންނަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފަ އެވެ.
"ހުރިހާ އެއްޗެއް މުޅިން އައްޔަންވެފައި ހުރީކީ ނޫން. ޓާޝަރީ ހޮސްޕިޓަލްތައް ވެސް މަޑުމަޑުން އިމްޕްރޫވްވަމުން ނޫންތޯ ގެންދަން ޖެހޭނީ. އަޅުގަނޑުމެން ބަލަންޖެހޭނެ އައްޑޫ ހޮސްޕިޓަލު ކޯއްޗަކަށްތޯ ސްޕެޝަލައިޒް ވާންޖެހޭނީ. ހާއްސަކަމެއް އިންނަން ޖެހޭނެ ނޫންތޯ،" ނަސީމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލުތަކުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ބޮޑު ކުރިއެރުމެއް ދެވޭނެ ކަމަށެވެ.
ސިއްހީ ދާއިރާ ޑިޖިޓަލައިޒްކުރާ ސާމާނު ހަވާލުކޮށްފި
ސާޖަރީއަށް ބޭނުންކުރާ ސާމާނު 13 އަހަރަށްފަހު ފޮނުވަނީ
ހަތް ހޮސްޕިޓަލުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި
އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިފި
ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން ސޮއިކޮށްފި
ފަރުވާ ދިނުމުގެ ކަންކަމަށް ގައިޑްލައިނެއް ހަދަނީ
ހުރިހާ ހޮސްޕިޓަލެއްގައި ސައިކޭޓްރީ/ސްޕީޗް ތެރަޕީ ފަށަނީ
އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައި ހިދުމަތް ފަށައިފި
އާސަންދަގެ އިސްރާފު ހުއްޓުވައި ހައްގުވެރިންނަށް!
ގޮންޖެހުންތައް ހުއްޓަސް ނަތީޖާއާ ދޭތެރޭ ސުވާލެއް ނެތް