Roadha Mihaaru
ދިރާގު ކުރިން ހުރި ބިމުގައި ވަގުތީ ޕާކިން ޒޯނެއް

ދިރާގުގެ އޮފީސް ކުރިން ހުރި ބިމުގައި ވަގުތީ ޕާކިން ޒޯނެއް ހަދައިފި

05 ޖޫން 2016

ޗާންދަނީމަގުން ދިރާގުގެ އޮފީސް އިމާރާތް ކުރިން ހުރި ބިމުގައި ވަގުތީ ޕާކިން ޒޯނެއް ހަދައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޗާންދަނީމަގުން ދިރާގުގެ އޮފީސް އިމާރާތް ކުރިން ހުރި ބިމުގައި ވަގުތީ ޕާކިން ޒޯނެއް ހަދައިފި އެވެ.

ސަލްޓަން ޕާކާ ޖެހިގެން އޮތް ބިމުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ޕާކިން ޒޯނެއް ހެދީ އެކިއެކި ގަޑިތަކުގައި އިސްލާމީ މަރުކަޒަށް އަޅުކަން ކުރަން ދާ މީހުންނަށް ލުއި ފަސޭހައަކަށް ކަމަށެވެ.

މި ޕާކިން ޒޯން ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ މިރޭ ފަތިސް ނަމާދަށް ފަހު އެވެ.

ދިރާގު ކުރިން ހުރި ބިމުގައި ވަގުތީ ޕާކިން ޒޯނެއް ހަދާފައި. - ފޮޓޯ: މިހާރު

ދިރާގު ކުރިން ހުރި ބިމުގައި ވަގުތީ ޕާކިން ޒޯނެއް ހަދާފައި. - ފޮޓޯ: މިހާރު

"ޕާކް ކުރާނެ ޖާގަ އޮންނަނީ މަދުވެފައި. އެހެންވީމަ އަޅުގަނޑުމެން މި ކަނޑައެޅީ ޕާކް ކުރަން ހާއްސަ ތަނަކަށް،" ހައުސިން މިނިސްޓަރު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ދިރާގު އޮފީސް ހިންގި ބިމުގައި ހެދި ޕާކިން ޒޯނުގައި 568 ސައިކަލާއި 10 ކާރު ޕާކްކުރެވޭނެ އެވެ. އަދި ކޮންމެ މީހަކަށް ވެސް ޕާކިން ޒޯންގައި އުޅަނދު ބޭއްވޭނީ 24 ގަޑިއިރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އުޅަނދެއް ޕާކްކޮށްފައި އޮންނަތާ 24 ގަޑިއިރަށް ވުރެ ގިނައިރު ވެއްޖެ ނަމަ، އެ އުޅަނދެއް ޓޯ ކުރަން ފުލުހުން ނިންމާފައިވާ ކަމަށެވެ.

އަޅުގަނޑު ޔަގީންކުރަން އެންމެންނަށް ފަސޭހަވާނެ ގޮތަށް ޖާގައިގެ ބޭނުން ކުރާނެ ކަމަށް. --މުއިއްޒު

މުއިއްޒު ވިދާޅުވީ އިސްލާމީ މަރުކަޒުގެ ވަށައިގެން މާބްލް ޖެހުމުގެ މަސައްކަތް ނިމި މިރޭ ފަތިސް ނަމާދުގައި މި ތަން ބޭނުން ކުރެވޭވަރު ވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި 4،200 އަކަމީޓަރު ސަރަހައްދެއްގައި ޗައިނާގެ މާބްލް ޖަހާއިރު، އެއީ ރޯދަ މަހަށް ހާއްސަކޮށްގެން ކުރާ އެންމެ ބޮޑު މަސައްކަތެވެ.