Roadha Mihaaru
މަސްވެރިންގެ ޕާކުގައި ޕާކިން ޒޯނެއް ހަދައިފި

މަސްވެރިންގެ ޕާކުގައި ޕާކިން ޒޯނެއް ހަދައިފި

19 ސެޕްޓެމްބަރ 2016

ބޮޑުތަކުރުފާނު މަގު އެމްޓީސީސީ ޓަވަރު ކުރިމަތީގައި ހުންނަ މަސްވެރިންގެ ޕާކްގައި ސައިކަލް ޕާކް ކުރެވޭނެ އިންތިޒާމު ހައުސިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ބޮޑުތަކުރުފާނު މަގު އެމްޓީސީސީ ޓަވަރު ކުރިމަތީގައި ހުންނަ މަސްވެރިންގެ ޕާކްގައި ސައިކަލް ޕާކް ކުރެވޭނެ އިންތިޒާމު ހައުސިން މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ގޮތުގައި އަލަށް ހެދި ޒޯނަކީ ވަގުތީ ގޮތެއްގައި ބޭނުން ކުރަން ހެދި ތަނެކެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޕާކިން ޒޯނުތައް މާލޭގައި ހަދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މުޅިން އަލަށް ތައާރަފް ކުރަން ނިންމި މެކޭނިކަލް ޕާކިން ސިސްޓަމްތައް ވީހާ ވެސް އަވަހަކަށް ގާއިމުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު މިއަދު ކުރެއްވި ޓުވީޓު.

މަސްވެރިންގެ ޕާކްގައި ހެދި ޕާކިން ޒޯނުގައި ހަމައެކަނި ޕާކް ކުރެވޭނީ ސައިކަލްތަކަށާއި ބައިސްކަލް ފަދަ ދެ ފުރޮޅުލީ އުޅަނދަށެވެ. އެތަނަކީ މީގެ ކުރިން އާންމުން ހިތްފަސޭކޮށްލުމަށް ހާއްސަކޮށް އޮންނަ ތަނެކެވެ. އެކަމަކު މިހާރު ވެސް އެ ތަނުގައި ބައެއް ހަޓުތައް އެބަހުއްޓެވެ. އެކަމަކު ސިމެންތިން ހަދާފައި ހުރި އަށިތައް މިހާރު އެ ތަނުން ފެންނާކަށް ނެތެވެ.

ހުޅުމާލެއަށާއި ހުޅުލެއަށް ދަތުރުކުރާ މީހުންނާއި ޕާކް ކައިރީގައި ހުންނަ އޮފީސްތަކުގައި އުޅޭ މީހުން ސައިކަލް ޕާކް ކުރާނެ ތަނެއް ނެތިގެން މީގެ ކުރިން ޝަކުވާ ކުރެ އެވެ. ނަމަވެސް އަލަށް ހެދި ޕާކިން ޒޯންގެ ސަބަބުން އެ ޝަކުވާތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެ ކަމަށް ބައެއް މީހުން ބުންޏެވެ.