Roadha Mihaaru
މަންދު ކޮލެޖުން ޖެނުއަރީގެ ކޯސްތަކަށް ހުޅުވާލައިފި

މަންދު ކޮލެޖުން އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކްގެ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

28 ނޮވެމްބަރ 2021

މަންދު ކޮލެޖުގެ އަންނަ އަހަރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މަންދު ކޮލެޖުގެ އަންނަ އަހަރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ކޮލެޖުގެ ޖެނުއަރީ އިންޓޭކުގައި ވަނީ ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސްއާ ހަމައަށް 37 ކޯހަކުން ފުރުސަތު ހުޅުވާލައިފަ އެވެ. މީގެ ތެރޭގައި ޓީޗިން އާއި ޓޫރިޒަމާއި ވިޔަފާރި އާއި އެކައުންޓިން ފަދަ ދާއިރާތައް ހިމެނެ އެވެ.

އަންނަ އަހަރަށް ހުޅުވާލާފައިވާ ކޯސްތައް

- ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް

- ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ

- ޓީޗިން: ޕްރައިމަރީ، މިޑަލް ސްކޫލް އަދި ސެކަންޑަރީ

- އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމްޕިއުޓަ ސައިންސް

- ޕަބްލިކް އެޑްމިނިސްޓްރޭޝަން

- ސްޕެޝަލް ނީޑްސް އެޑިއުކޭޝަން

- ހިޔުމަން ރިސޯސަސް މެނޭޖްމަންޓް

- އެކައުންޓިން އެންޑް ފައިނޭންސް

- އެޑިއުކޭޝަނަލް ލައިބްރޭރިއަންޝިޕް

މި ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ މީހުންނަށް އެ ކޮލެޖުގެ ވެބްސައިޓު މެދުވެރިކޮށް ފޯމު ހުށަހެޅޭނެ އެވެ. އަދި ކޮލެޖު ކައުންޓަރަށް ވެސް ފޯމު ހުށަހެޅޭނެ އެވެ.

މަންދު ކޮލެޖުން ޖެނުއަރީ އިންޓޭކާ އެކު ހާއްސަ ޕްރޮމޯޝަންތަކެއް ވެސް ކުރިއަށްގެންދާނެ އެވެ. މި ޕްރޮމޯޝަންތަކުގައި ކޯސްތަކާއި އެ ކޮލެޖުގެ ވާޗުއަލް ކެމްޕަސްއާ ގުޅޭ މައުލޫމާތު ފޭސްބުކް އަދި އިންސްޓަގްރާމުން ނުވަތަ 3330055 އަށް ގުޅައިގެން ލިބޭނެ އެވެ.

ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން މަންދު ކޮލެޖުގައި ކިޔެވޭނެ އެވެ. އެ ކޮލެޖުގައި ކިޔަވައިދޭ ހުރިހާ ކޯސްތަކަކީ ވެސް އެމްކިޔުއޭ އިން ގަބޫލުކުރާ ކޯސްތަކެކެވެ.

މަންދު ކޮލެޖުން ރާއްޖޭގައި މަތީ ތައުލީމުގެ ފުރުސަތުތައް ދެމުން އަންނަތާ 25 އަހަރު ވަނީ ވެފަ އެވެ. މިއީ ރަށްރަށުގައި ތިބެގެން ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލި ފުރަތަމަ ކޮލެޖެވެ. އެ ކޮލެޖުގެ ވާޗުއަލް ކެމްޕަސް މެދުވެރިކޮށް ދަރިވަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ލިބޭނެ އެވެ.