Roadha Mihaaru

އައިޖީއެމްއެޗުގައި އުފަންވާ ކުދިންނަށް ވެސް އެސްޓީއޯގެ ހެމްޕާ ދެނީ

އައިޖީއެމްއެޗްގައި އަލަށް އުފަންވާ ކުދިންނަށް ގިފްޓް ހެމްޕާއެއް ދޭ ކެމްޕޭނެއް އެސްޓީއޯއިން ފަށައިފި އެވެ.

އައިޖީއެމްއެޗުގައި އުފަންވާ ކުދިންނަށް އެސްޓީއޯގެ ހެމްޕާ
އިދުހާމް ނައީމް
އިދުހާމް ނައީމް

28 ނޮވެމްބަރ 2021

އައިޖީއެމްއެޗްގައި އަލަށް އުފަންވާ ކުދިންނަށް ގިފްޓް ހެމްޕާއެއް ދޭ ކެމްޕޭނެއް އެސްޓީއޯއިން ފަށައިފި އެވެ.

މި ކެމްޕޭނުގެ ދަށުން ދޭ ގިފްޓް ހެމްޕާގައި ހިމެނޭނީ އެސްޓީއޯއިން ރާއްޖެ އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. މިއީ އެ ބްރޭންޑުން އަލަށް ތައާރަފު ކުރި އުފެއްދުންތަކެކެވެ.

ޕިޔުރިޓީ ބްރޭންޑްގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް އަރާމު ލިއްބައިދޭ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ އުފެއްދުމެކެވެ. މިއީ ދިވެހިންގެ މެދުގައި މިހާރު މަގުބޫލުވަމުން އަންނަ އިތުބާރުކުރެވޭ ބްރޭންޑެކެވެ.

މި ކެމްޕޭން ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކެއްގައި އުފަންވާ ކުދިންގެ އާއިލާތަކަށް ލިބޭނެހެން ފުޅާކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.