28 މާޗް 2023
އައިޖީއެމްއެޗް އަށް ކާބޮންޑައިއޮކްސައިޑް ގޭސް ސަޕްލައިކުރުމުގައި އެސްޓީއޯ އަށް މައްސަލަތަކެއް ދިމާވީ، އެ ހޮސްޕިޓަލުން އެ ގޭސް ބޭނުންކުރާ މިންވަރު އިތުރުވިކަން އެ ކުންފުނީގެ ޕްރޮކިއުމެންޓަށް ފާހަގަނުވެ އޮތުމުން ކަމަށާއި އެ މައްސަލަ މިއަދު ހައްލުވާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗް އަށް ކާބޮންޑައިއޮކްސައިޑް ގޭސް ސަޕްލައިކުރުމުގައި އެސްޓީއޯ އަށް މައްސަލަތަކެއް ދިމާވީ، އެ ހޮސްޕިޓަލުން އެ ގޭސް ބޭނުންކުރާ މިންވަރު އިތުރުވިކަން އެ ކުންފުނީގެ ޕްރޮކިއުމެންޓަށް ފާހަގަނުވެ އޮތުމުން ކަމަށާއި އެ މައްސަލަ މިއަދު ހައްލުވާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ބުނީ، ބައެއް ސާޖަރީތައް ހަދާއިރު ބޭނުންކުރާ ކާބޮންޑައިއޮކްސައިޑް ހުސްވަމުންދާތީ އޭގެ ތެރެއިމް ބައެއް ސާޖަރީތައް ހެދުން މެދުކަނޑާލާފައިވާ ކަމަށެވެ. އެގޮތުން ރޫޓިން ލެޕަރޮސްކޮޕް ސާޖަރީތައް ނުވަތަ ބަނޑުގައި ލޯވަޅު އަޅައިގެން ކެމެރާ ލައްވައިގެން ހަދާ ސާޖަރީތައް ހުއްޓާލާފައިވާ ކަމަށްވެ އެވެ.
އައިޖީއެމްއެޗް އިން ބުނީ އެ ހޮސްޕިޓަލަށް ގޭސް ސަޕްލައިކޮށްދެނީ އެސްޓީއޯ އިން ކަމަށާއި ގޭސް ނުލިބެނީ އެ ކުންފުނިން ޑެލިވާކުރުމުގައި ލަސްތަކެއް އުޅޭތީ ކަމަށެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯއާ ހަވާލާދެއްވައި ސަރުކާރުގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އައިޖީއެމްއެޗް އިން މިދިޔަ ތިން މަސް ދުވަހު ވެސް، މަހަކަށް ބޭނުންކުރީ ހަތް ސިލިންޑަރު ގޭސް ކަމަށާއި، އެސްޓީއޯގެ ޕްރޮކިއުމެންޓުގައި ރެކޯޑްކުރެވިފައި އޮތީ އެގޮތަށް ކަމަށެވެ.
"އެކަމަކު މިހާރު އައިޖީއެމްއެޗް އިން ހަފުތާއަކަށް ހަތް ސިލިންޑަރު އެބަ ބޭނުންވޭ. އެކަން އެސްޓީއޯގެ ސަމާލުކަމަށް މިދިޔަ ހަފުތާގައި ވަނީ ގެނެސްފައި،" އޭނާ ވިދާޅުވި އެވެ.
މިވަގުތަށް ކޮންމެގެން ބޭނުންވާ ދެ ސިލިންޑަރު ގޭސް މިއަދު އައިޖީއެމްއެޗް އަށް އެސްޓީއޯ އިން ފޯރުކޮށްދޭނެ ކަމަށާއި، ތިން ދުވަސް ތެރޭ އެއާފްރެއިޓްކޮށް އިތުރު 12 ސިލިންޑަރު ސަޕްލައިކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އޭގެ ފަހުން ހުއްޓުމެއް ނައިސް، ގޭސް ސަޕްލައިކުރަމުންދާނެކަން އެސްޓީއޯ އިން ކަށަވަރުކުރާނެ،" އޭނާ ވިދާޅުވި އެވެ.
އސމި މައްސަލަ މި ދިމާވީ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމުން ހުސެއިން އަމްރު، މިދިޔަ އާދީއްތަ ދުވަހު މަގާމުން ވަކިކޮށްފައި ވަނިކޮށެވެ. އެ ކުންފުނި މިވަގުތު ހިންގަވަނީ ޗީފް ފައިނޭންޝިއަލް އޮފިސަރެވެ. އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ މެނޭޖިން ޑިރެކްޓަރަރު އަބްދުﷲ ސައީދު (ކޮށީގޭ ސައީދު) ހަމަޖައްސަން ޕީސީބީއަށް ސަރުކާރުން މިއަދު ވަނީ ފޮނުވައިފަ އެވެ.
ކެންސަރު ދެނެގަތުމުގެ މެޝިން ގެންނަން ހަވާލުކޮށްފި
ފުށް ބަސްތާތަކެއް ވެއްޓި ދެ މީހަކަށް އަނިޔާވެއްޖެ
އައިޖީއެމްއެޗުގައި އުފަންވާ ކުދިންނަށް އެސްޓީއޯގެ ހެމްޕާ
އެންމެ ކުޑަ އަގު މެޑްޓެކުން، ބޮޑު އަގު އެސްޓީއޯއިން
ހަކުރުބައްޔަށް ސްކްރީންކުރުމުގެ ޕްރޮގްރާމެއް ހިންގައިފި
ކެންސަރަށް ހާއްސަ ބޭސްތަކެއް ރާއްޖޭގައި ތައާރަފްކޮށްފި
"އަޒްމީގެ ފަރުވާ އަށް ވަނީ އިހުމާލުވެފައި"
އައިޖީއެމްއެޗުގެ ލެބޯޓްރީ އަށް ޒަމާނީ މެޝިނެއް
މާސްކުގެ ހުސްނުވާ ވަރުގެ ސްޓޮކެއް އެބަހުރި: އެސްޓީއޯ
އިކޮނޮމިކްގޭޓްވޭގެ ފްރޭމްވޯކް އެއްބަސްވުމުގައި ސޮއިކޮށްފި