Roadha Mihaaru
ޑައިމޯ: ލޭބަލް ކުރުމުގެ މަސައްކަތް ހަލުއިކޮށްދޭނެ ގިނަ އުފެއްދުންތައް

ޑައިމޯ: ލޭބަލް ކުރުމުގެ މަސައްކަތް ހަލުއިކޮށްދޭނެ ގިނަ އުފެއްދުންތައް

29 ނޮވެމްބަރ 2021

އޮފީސްތަކަށް ބޭނުންވާ ސްޓޭޝަނަރީ އާއި ޕްރިންޓަރާއި ޓޯނާ އާއި ކާޓްރިޖް ފަދަ ތަކެތި ސަޕްލައި ކުރާ ޕްރޮކިއުއާ ޕްލަސް އިން ރާއްޖޭގެ ބާޒާރަށް އަނެއްކާ ވެސް ތަފާތު އުފެއްދުމެއް ތައާރަފްކޮށްފި އެވެ.

އޮފީސްތަކަށް ބޭނުންވާ ސްޓޭޝަނަރީ އާއި ޕްރިންޓަރާއި ޓޯނާ އާއި ކާޓްރިޖް ފަދަ ތަކެތި ސަޕްލައި ކުރާ ޕްރޮކިއުއާ ޕްލަސް އިން ރާއްޖޭގެ ބާޒާރަށް އަނެއްކާ ވެސް ތަފާތު އުފެއްދުމެއް ތައާރަފްކޮށްފި އެވެ.

"ޑައިމޯ"ގެ ނަމުގައި ތައާރަފްކުރި ލޭބަލް ޕްރިންޓަރުން އޮފީސްތަކުގެ މަސައްކަތްތަކަށް ބޮޑު ފަސޭހައެއް ލިބޭނެ އެވެ. ޑައިމޯ ބްރޭންޑަކީ ދުނިޔޭގައި ވެސް ވަރަށް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބްރޭންޑެކެވެ. އެ ބްރޭންޑުގެ ތަކެތި އޮފީސްތަކާއި ވެއާހައުސް އާއި ވޯކްސައިޓުތަކާއި ގޭގޭގައި އަދި ކްލާސް ރޫމްތަކުގައި ވެސް ބޭނުން ކުރެވޭނެ އެވެ. މީގެ ތެރޭގައި މެނުއަލްކޮށް ލޭބަލް ޖަހާލެވޭ ލޭބަލް މޭކާ އާއި އިންޑަސްޓްރިއަލް މަސައްކަތްތައް ކުރުމުގައި ކޮމްޕިއުޓަރަށް ގުޅާލައިގެން އަދި ސޮފްޓްވެއާތައް މެދުވެރިކޮށް ބޭނުންކޮށްލެވޭ އުފެއްދުންތައް ވެސް ހިމެނެ އެވެ.

ޑައިމޯގެ މި އުފެއްދުންތަކާ އެކު އޮފީހުގެ މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވާނެ އެވެ. ޑައިމޯ ގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރަކަށް ޕްރޮކިއުއާ ޕްލަސް ވެފައިވާ އިރު އެ ފިހާރައިން ފަސް ވައްތަރެއްގެ ލޭބަލް މެނޭޖާ މިހާރު އަންނަނީ ވިއްކަމުންނެވެ.

ޑައިމޯގެ މޯބައިލް ލޭބަލާ. މިއީ އޮފީސްތަކުގެ އިތުރުން ބަދީގޭގައި ހުންނަ ތަކެތި ވެސް ފަސޭހައިން ލޭބަލް ކޮށްލެވޭ ޑިވައިސްއެއް

ޑައިމޯގެ މޯބައިލް ލޭބަލާ. މިއީ އޮފީސްތަކުގެ އިތުރުން ބަދީގޭގައި ހުންނަ ތަކެތި ވެސް ފަސޭހައިން ލޭބަލް ކޮށްލެވޭ ޑިވައިސްއެއް

ޑައިމޯ މޯބައިލް ލޭބަލާ އަކީ އާންމުންގެ ގޭގޭގައި ބޭނުންކޮށްލެވޭ ޕޯޓަބަލް އުފެއްދުމެކެވެ. ބަދިގޭގައި ހުންނަ ފުޅިތަކުގައި ނަންތައް ޖަހާލަން ބޭނުން ކުރެވޭނެ އެވެ. މި އުފެއްދުން އޮފީސްތަކުގައި ވެސް އެއްޗެހީގެ ނަން ޖަހާލަން ބޭނުން ކުރެވޭނެ އެވެ. ފޯނާ ކަނެޓް ކޮށްގެން ބްލޫޓޫތު މެދުވެރިކޮށް މި އުފެއްދުން ބޭނުން ކޮށްލެވޭނެ އެވެ. މި ޑިވައިސް ބޭނުންކޮށްގެން ބޭނުންވާ ކުލައަކުން އަދި ފޮންޓެއް ބޭނުންކޮށްގެން ވެސް ލޭބަލް ކުރެވޭނެ އެވެ.

ޕްރޮކިއުއާ އިން ވިއްކާ އަނެއް އުފެއްދުމަކީ ޑައިމޯ މޯބައިލް ރައިޓާ 450 އެވެ. މިއީ ރީޓެއިލް ފިހާރަތަކާއި ހޮސްޕިޓަލްތައް އަދި ކުދި ވިޔަފާރިތަކުގައި ބާކޯޑު އުފެއްދުމަށް ބޭނުންކޮށްލެވޭ ޑިވައިސް އެކެވެ. މި ބޭނުންކޮށްގެން ފައިލްތަކުގެ ފޯލްޑާ ލޭބަލް ކޮށްލުމާއި ނަން ލޭބަލް ކުރެވޭނެ އެވެ.

ޑައިމޯގެ އުފެއްދުމެއް. މި ޑިވައިސް ބޭނުންކޮށްގެން ތަކެތި ލޭބަލް ކޮށްލެވޭނެ--

ޑައިމޯގެ އުފެއްދުމެއް. މި ޑިވައިސް ބޭނުންކޮށްގެން ތަކެތި ލޭބަލް ކޮށްލެވޭނެ--

ޑައިމޯ ބްރޭންޑްގެ ލޭބަލް މެނޭޖާ 160 އާއި 280 ބޭނުން ކޮށްގެން އޮފީހުގެ ތަކެތި ލޭބަލް ކޮށްލެވޭނެ އެވެ. މިއީ ލުއި ފަސޭހައިން ބޭނުންކޮށްލެވޭ ޑިވައިސްއެކެވެ. މީގެ އިތުރުން ޑައިމޯ ލޭބަލް މެނޭޖާ 420 އަކީ ވެސް މަސައްކަތުގެ ސްޕީޑު އިތުރަށް އަވަސްކޮށްލެވޭނެ ގޮތްތަކަށް ބަލައިގެން އުފައްދާވާ ޑިވައިސް އެކެވެ. މިއީ ޗާޖުކޮށްލައިގެން އެތަށް އިރަކު ބޭނުން ކޮށްލެވޭ ޑިވައިސް އެކެވެ.

ޑައިމޯ ލޭބަލް މެނޭޖާތަކާ އެކު ޑައިމޯ ޓޭޕާއި ލޭބަލް ރޯލް ވެސް ޕްރޮކިއުއާ ޕަލްސް އިން ލިބޭނެ އެވެ.