Roadha Mihaaru
ވައިރަސްތަކުން ރައްކާތެރިވުމަށް ޕެނަސޮނިކް އޭސީ

ވައިރަސްތަކުން ރައްކާތެރިވުމަށް ޕެނަސޮނިކް އޭސީ

21 ސެޕްޓެމްބަރ 2021

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރެއްހާ ދުވަހުގެ މުޅި ދުނިޔެ ގުޑުވާލި އެވެ. މި ބަލި ފެތުރޭލެއް އަވަސް ކަމުންނާއި، ބަލީގެ ވޭރިއެންޓްތައް ގިނަވުމުގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް ތިބެން ޖެހެނީ އަޅައިގެންނެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރެއިން މިދިޔަ އަހަރެއްހާ ދުވަހުގެ މުޅި ދުނިޔެ ގުޑުވާލި އެވެ. މި ބަލި ފެތުރޭލެއް އަވަސް ކަމުންނާއި، ބަލީގެ ވޭރިއެންޓްތައް ގިނަވުމުގެ ސަބަބުން އާންމުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަބަދުވެސް ތިބެން ޖެހެނީ އަޅައިގެންނެވެ.

ބަލި ޖެހިފައި ހުންނަ މީހެއްގެ ގައިން މި ވައިރަސް ބޭރުވުމަށް ފަހު ގޭގައި ހުންނަ ފަރުނީޗަރާއި ބޭނުން ކުރާ އެހެނިހެން ސާމާނުގައި ހަރުލާފައި އެތައް އިރެއް ވަންދެން ހުރެ އެވެ.

ކަރުދާހުގައި ކޮރޯނާ ވައިރަސް ތިން ގަޑި އިރަށް ދިރިހުންނާނެ އެވެ. ދަގަނޑުގައި ހަތަރު ގަޑި އިރު، ކާޑްބޯޑުގައި އެއް ދުވަސް، ފޮތީގައި ދެ ދުވަސް، ޕްލާސްޓިކްގައި ތިން ދުވަސް، ބިއްލޫރީގައި ހަތަރު ދުވަސް އަދި މާސްކްގައި ހަތް ދުވަސް ވަން ދެން ވެސް ވައިރަސް ދިރިހުންނާނެ އެވެ. މިގޮތަށް ވައިރަސް ހަރުލާފައި ހުންނަ ތަންތަނުގައި އަތްލުމުގެ ސަބަބުން ބަލި ފެތުރެން ވަރަށް ބޮޑަށް ފަސޭހަވެ އެވެ.

ރަންފައުން ފިހާރަ: މިހާރައިން ޕެނެސޮނިކް ބްރޭންޑްގެ އޭސީ ލިބޭނެ-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/ މިހާރު

ރަންފައުން ފިހާރަ: މިހާރައިން ޕެނެސޮނިކް ބްރޭންޑްގެ އޭސީ ލިބޭނެ-- ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/ މިހާރު

މި ވައިރަސް ނައްތާލުމަށް، ނުވަތަ ބަލިން ރައްކާތެރިވުމަށް ޕެނަސޮނިކްގެ އެއާކޮންޑިޝަނުން މިވަނީ ތަފާތު ޓެކްނޮލޮޖީއެއް ތައާރަފްކޮށްފަ އެވެ. "ނެނޯއީ އެކްސް" އެއާ ޕިއުރިފިކޭޝަން ޓެކްނޮލޮޖީގެ އެހީގައި ވައިގެ ތެރޭގައި އުޅޭ ކޮރޯނާ ވައިރަސް ފަދަ ނުރައްކާތެރި ވައިރަސް އާއި ބެކްޓީރިއާތައް ނައްތާލާނެ އެވެ. މިއީ މިހާތަނަށް އޭސީއެއްގައި ހިމެނި އެންމެ ފުރިހަމަ އަދި އެންމެ ވަރުގަދަ އެއާޕިއުރިފިކޭޝަން ސިސްޓަމެކެވެ. ނެނޯ އެކްސް ޓެކްނޮލޮޖީއާ އެކު ޕެނަސޮނިކްގެ އޭސީން ނުކުންނަށް ވައިން ހަމައެކަނި ނައްތާލަނީ އެއާބޯން ވައިރަސް އެކަންޏެއް ނޫނެވެ.

މި ޓެކްނޮލޮޖީ މެދުވެރިކޮށް ދޫކުރާ ހައިޑްރޯކްސިލް ރެޑިކަލް 10 މިނެޓް ވަންދެން ވައިގެ ތެރޭގައި ހުންނާނެ އެވެ. އެހެންވުމުން ގޭތެރޭގައި ހުންނަ ސާމާނުގައި ހުންނަ ވައިރަސްތައް ވެސް ނައްތާލުމަށް އެހީވާނެ އެވެ.

ޓެކްސެލް އިން ޕެނެސޮނިކް އޭސީ އަށް ދީފައިވާ ސެޓްފިކެޓް. ނެނޯއީ އެކްސް ޓެކްނޮލޮޖީ މެދުވެރިކޮށް 45 ލީޓަރުގެ ފޮށިގަނޑެއްގައި ހުރި ކޮރޯނާ ވައިރަސްތައް ދެ ގަޑިއިރުގެ ތެރޭގައި 99 ޕަސެންޓްގެ ވައިރަސް ނައްތާލެވޭނެ--

ޓެކްސެލް އިން ޕެނެސޮނިކް އޭސީ އަށް ދީފައިވާ ސެޓްފިކެޓް. ނެނޯއީ އެކްސް ޓެކްނޮލޮޖީ މެދުވެރިކޮށް 45 ލީޓަރުގެ ފޮށިގަނޑެއްގައި ހުރި ކޮރޯނާ ވައިރަސްތައް ދެ ގަޑިއިރުގެ ތެރޭގައި 99 ޕަސެންޓްގެ ވައިރަސް ނައްތާލެވޭނެ--

ފްރާންސްގެ އެންމެ ބޮޑު އެއް ރީސާޗް އޯގަނައިޒޭޝަން ކަމުގައިވާ "ޓެކްސެލް" އިން ކުރި ދިރާސާއެއްގައިވާ ގޮތުން، ނެނޯއީ އެކްސް ޓެކްނޮލޮޖީ މެދުވެރިކޮށް 45 ލީޓަރުގެ ފޮށިގަނޑެއްގައި ހުރި ކޮރޯނާ ވައިރަސްތައް ދެ ގަޑިއިރުގެ ތެރޭގައި 99 ޕަސެންޓްގެ ވައިރަސް ވަނީ ނައްތާލައިފަ އެވެ. މި ޓެކްނޮލޮޖީން 16 ފޫޓް 13 ފޫޓްގެ ރޫމް 30 މިނެޓްގެ ތެރޭގައި ސާފުކޮށްލާނެ އެވެ.

މި ޓެކްނޮލޮޖީ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރަން ފަށާފައިވާ އިތުބާރު ލިބިފައިވާ ޓެކްނޮލޮޖީއެކެވެ. އެގޮތުން ޖަޕާން ފަދަ ގައުމުތަކުގެ އާންމު ދަތުރުފަތުރު ކުރުމުގައި މި ބޭނުން ކުރާ ވެހިކަލްތަކުގައި މި ޓެކްނޮލޮޖީ އަންނަނީ ތަޖުރިބާ ކުރަމުންނެވެ. މީގެ އިތުރުން މަޝްހޫރު ހޯޓާތަކާއި ހޮސްޕިޓަލްތަކާއި ސްކޫލްތަކާއި ނާސިން ހޯމްތަކުގައި ވެސް މި ޓެކްނޮލޮޖީ ހިމެނޭ ސިސްޓަމްތައް ބޭނުން ކުރެ އެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ކާރުތައް ކަމަށްވާ ޓޮޔޯޓާ، ލެކްސަސް، ސުޒުކީ، މަޒްޑާގައި މި ޓެކްނޮލޮޖީގެ އޭސީ ވަނީ އިންސްޓޯލްކޮށްފަ އެވެ.

ޕެނެސޮނިކްގެ އޭސީ އިން ރައްކާތެރިކަން ލިބުނުގެ އިތުރަށް އަވަހަށް ފިނިކޮށްދެ އެވެ. އަދި މި އޭސީ އަކީ މީގައި ހިމެނޭ އިންޓެލިޖެންޓް އިކޯ ސެންސަސް މެދުވެރި ވެގެން އިންސާނާގެ އެކްޓިވިޓީ ދެނެގަނެ އޭސީން ފިނިކޮށްދޭ މިންވަރު އަމިއްލަ އަށް އެޖަސްޓް ކުރުމުގެ ގާބިލުކަން ލިބިގެންވާ އޭސީއެކެވެ. މީގެ އިތުރުން މި އޭސީއަކީ ރާއްޖޭގެ ބާޒާރުން ލިބޭ އޭސީތަކުގެ ތެރެއިން އެންމެ ކަރަންޓް ހަރަދު ކުޑަ އެއް އޭސީ އެވެ. މިގޮތުން ޕެނަސޮނިކްގެ 10000ބީޓީޔޫގައި އެނުއަލް ޕަވާ ކޮންސަންޕްޝަންގައި ރަނިން ކަރަންޓްގައި ހުންނަނީ 3.3 އެމްޕަޔަރެވެ. ނަމަވެސް އާންމުކޮށް މި ސައިޒުގެ ރާއްޖޭގެ ބާޒާރުގައި ލިބެން ހުރި އެހެން އޭސީތަކުގައި މި އަދަދު ހުންނަނީ ހައެއް އެމްޕަޔަރުގަ އެވެ.

ރާއްޖޭގެ ޕެނަސޮނިކްގެ އޮތަރައިޒްޑް ޑިސްޓްރިބިއުޓާ ރަންފައުނުން ޕެނަސޮނިކްގެ އެންމެ ފަހުގެ އެއާ ކޮންޑިޝާނާ ރާއްޖޭގެ ބާޒާރަށް ނެރެފައިވާ އިރު މި އޭސީ ރަންފައުންގެ މަޖީދީމަގު ފިހާރައިން ލިބޭނެ އެވެ. އަދި ރަންފައުންގެ ވެބްސައިޓް www.ranfaun.com މެދުވެރިކޮށް ވެސް ތަކެތި ގަނެވޭނެ އެވެ.