Roadha Mihaaru
އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟

އެންޖެލީނާ އާއި ވީކެންޑް މާފޮޅުވަނީ؟

28 ސެޕްޓެމްބަރ 2021

އެކްޓަރު ބްރެޑް ޕިޓް ގާތުން ވަރިވި ފަހުން، ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ ލޯބީގެ ގުޅުމާ ބެހޭ ގޮތުން އެކި ވާހަކަތައް މިހާތަނަށް ދެކެވިފައިވެ އެވެ. އެގޮތުން ޕިޓްގެ ކުރީގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ޖެނިފާ އެނިސްޓަން ދެވަނަ އަށް ކައިވެނިކުރި އެކްޓަރު ޖަސްޓިން ތެރޯޒްއާ އެންޖެލީނާ ގުޅުނު ވާހަކައިގެ އިތުރުން ވެސް ބައެއް މީހުންނާއި އޭނާއާ ގުޅުވައިގެން ވާހަކަތަކެއް ދެކެވިފައިވެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީޑިއާތަކުން މިހާރު ބުނާ ގޮތުން އެންޖެލީނާގެ އާ ބައިވެރިޔަކީ ކެނެޑާގެ ޒުވާން މިއުޒިޝަން ދަ ވީކެންޑް އެވެ. ބައެއް މީޑިއާތަކުން ބުނި ގޮތުގައި އެ ދެ މީހުން މިދިޔަ ހޮނިހިރު ދުވަހު ފެނުނީ ކެލިފޯނިއާގެ ސަންޓާ މޮނިކާގެ މަޝްހޫރު އިޓަލީގެ ރެސްޓޯރަންޓެއް ކަމަށްވާ ޖޯޖިއާ ބަލްޑީއިންނެވެ. މިޑިއާތަކުން ބުނި ގޮތުގައި ރެސްޓޯރަންޓަށް އެންޖެލީނާ އާއި ވީކެންޑް ދިޔައީ ވަކިވަކިން ކަމަށް ވިޔަސް، އެތަނުގައި ރޭގަނޑުގެ ކެއުމަކަށް އިންސާފުކުރީ އެކީގަ އެވެ. އަދި ދެ މީހުން ރެސްޓޯރަންޓުން އެކީގައި ނުކުމެގެން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

ހަ ކުދިން ތިބި އެންޖެލީނާ، 46، އާއި ޒުވާން މިއުޒިޝަން ވީކެންޑް، 31، ގެ ލޯބީގެ ގުޅުމުގެ ވާހަކަ މިހާރު ވަރަށް ގަދައަށް ދެކެވެމުން އަންނަ އިރު، އެ ދެ މީހުންގެ މެދުގައި މިހާރު ހާއްސަ ގުޅުމެއް އޮތް ކަމުގެ ވާހަކަތައް އެންމެ ފުރަތަމަ ދެކެވެން ފެށީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.

ވީކެންޑް މީގެ ދެ އަހަރު ކުރިން ރައްޓެހިވެގެން އުޅުނީ މަޝްހޫރު މޮޑެލް ބެލާ ހަޑީޑްއާ އެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިތުންތެރިޔާ ޒޭން މާލިކްގެ ބައިވެރިޔާ މޮޑެލް ޖިޖީ ހަޑީޑްގެ ކޮއްކޮ އެވެ. ބެލާ އާއި ވީކެންޑް އެންގޭޖްވާން އުޅުނުކަމުގެ އަޑުތަކެއް ވެސް ވަރަށް ގަދައަށް ދެކެވުނެވެ. އެކަމަކު އޭގެ ފަހުން މާ ގިނަ ދުވަސްތަކެއް ނުވެ އެ ދެ މީހުން ރުޅިވީ އެވެ.

އެންޖެލީނާ އަކީ މިހާތަނަށް ކުރި ތިން ކައިވެނި ވެސް ނާކާމީޔާވުވެފައިވާ ބަތަލާއެކެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ނޮވެމްބަރުގައި 5 ގައި ރިލީޒްކުރާ މާވެލްގެ ސުޕަހީރޯ ފިލްމު "އިޓާނަލްސް" އެވެ.