Roadha Mihaaru
އައުޑީން 2025 ގައި އިލެކްޓްރިކް ކާރު އުފައްދާނެ

އައުޑީން 2025 ގައި އިލެކްޓްރިކް ކާރު އުފައްދާނެ

26 ޖުލައި 2021

ކާރު އުފައްދާ ޖަރުމަންގެ މަޝްހޫރު ކުންފުނި އައުޑީން 2025 ގައި އިލެކްޓްރިކް ކާރު ނުވަތަ އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދަން ނިންމައި، އެ ކުންފުނީގެ ކޮންސެޕްޓް އަންނަ ސެޕްޓެމްބަރު މަހު ދައްކައިލަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކާރު އުފައްދާ ޖަރުމަންގެ މަޝްހޫރު ކުންފުނި އައުޑީން 2025 ގައި އިލެކްޓްރިކް ކާރު ނުވަތަ އިލެކްޓްރިކް ވެހިކަލް (އީވީ) އުފައްދަން ނިންމައި، އެ ކުންފުނީގެ ކޮންސެޕްޓް އަންނަ ސެޕްޓެމްބަރު މަހު ދައްކައިލަން ނިންމައިފި އެވެ.

ސެޕްޓެމްބަރު މަހު މިއުނިކްގައި ބާއްވަން ހަމަޖެހިފައިވާ އިންޝުއަރެންސް އޮޓޯ އޮކްޝަން (އައިއޭއޭ) ގައި އައުޑީގެ "ދި އައުޑީ އާޓެމިސް" ޕްރޮޖެކްޓް ދައްކައިލަން ހަމަޖެހިފައި ވަނިކޮށް އެ ކުންފުނީގެ އިލެކްޓްރިކްގެ ކާރުގެ ފޮޓޯތަކެއް ވެސް މީޑިއާތަކަށް ލީކްވެ، މިހާރު ވަނީ ދައުރުވާން ފަށައިފަ އެވެ. ލީކްވެފައިވާ ފޮޓޯތަކުން ފެންނަމީ ޒަމާނީ ގޮތްގަނޑު ސިފަކޮށްދޭ ވަރަށް "ސްޓައިލިޝް" ކާރެކެވެ

އައުޑީން އީވީ އުފައްދަން މަސައްކަތް ފަށާފައިވާ އިރު އެ ދާއިރާ އިން މިހާރު އެންމެ ކުރީގައި އުޅެނީ މަހުޖަނު އީލޮން މަސްކްގެ ޓެސްލާ އެވެ. އަދި އެހެން ބައެއް މަޝްހޫރު ކުންފުނިތަކުން ވެސް އަންނަނީ އިލެކްޓްރިކް ކާރު އުފައްދަން މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މަޝްހޫރު ކުންފުނި އެޕަލް ވެސް ހިމެނެ އެވެ.

އައުޑީގެ ސީއީއޯ މާކަސް ޑިއޫޒްމަން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ "އާޓެމިސް ޕްރޮޖެކްޓް" އަކީ އީވީ އުފެއްދުމުގެ ދާއިރާ އަށް ބޮޑެތި ތަފާތުތަކެއް ގެނެސްދޭނެ މަޝްރޫއެކެވެ. އޭނާ ވިދާޅުވި ގޮތުގައި އަމާޒަކީ ފެންވަރު ރަނގަޅު، މޮޅު އަދި އެހާމެ ޗާލު ފުރިހަމަ އުފެއްދުމެއް އަވަހަށް މާކެޓަށް ނެރުމެވެ.

އައުޑީގެ ޑިޒައިން ހެޑް މާކް ލީޗް ވިދާޅުވީ ގޮތުގައި އެ ކުންފުނީގެ އިލެކްޓްރިކް ކާރަކީ އާދައިގެ އެއްޗަކަށް ނުވާނެ އެވެ. އަދި ވައުދުވާ ގޮތަށް ވަރަށް ވެސް މޮޅު އަދި ބޭނުންކުރަން އެހާމެ ރައްކާތެރި އުފެއްދުމެއް ގެނެސްދޭނެ އެވެ.

އައުޑީގެ އިލެކްޓްރިކް ކާރުގެ ފޮޓޯއެއް.

އައުޑީގެ އިލެކްޓްރިކް ކާރުގެ ފޮޓޯއެއް.

"އަހަރެމެން އޮފާކުރަން ބޭނުން ވަނީ ފަސްޓް ކްލާސް ޓެރެވެލިން. އޭގެ މާނަ އަކީ އިލެކްޓްރިކް ކާރަކީ ޑްރައިވަރަކާ ނުލައި ދުއްވާ އެއްޗަކަށް ވިޔަސް ކާރުގެ ފުރަތަމަ ސީޓް އޭގައި ތިބޭ ބަޔަކަށް ނުއެއް ގެއްލޭނޭ." އޭނާ ވިދާޅުވި އެވެ. "މީގައި ޑްރައިވަރަކީ ސޮފްޓްވެއާއެއް. އެހެންވީމަ ކާރު ކޮންޓްރޯލްކުރުމުގެ ބާރު އޮންނަ މީހާ ހުންނާކަށް ނުޖެހޭނެ ފަހަތު ސީޓްގައެއް."

މާކް ވިދާޅުވި ގޮތުގައި އައުޑީގެ އިލެކްޓްރިކް ކާރަކީ ލެވެލް 4 ގެ އުފެއްދުމުކެވެ. އެހެންވީމާ ކާރުގެ ހުންގާނު އިންނާނީ "ގެއްލޭ" ގޮތަށެވެ.

"މީގެ ޕްރޮޑަކްޝަން އަހަރެމެން ފަށާނީ ދެހާސް ފަންސަވީހުގައި. ސެޕްޓެމްބަރުގައި އާޓެމިސް ޕްރޮޖެކްޓާ ގުޅޭ ވަރަށް ގިނަ މައުލޫމާތު ލިބިގެންދާނެ." އޭނާ ވިދާޅުވި އެވެ.

މިއުނިކްގައި އައިއޭއޭ ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 7-12 އަށެވެ.