30 ނޮވެމްބަރ 2021
ޖިންސީ ކުށުގެ ގާނޫނުގައި ރޭޕް މާނަކުރާއިރު، ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަން ރޭޕްގެ ގޮތުގައި ކަނޑައެޅުމުގައި ބަލާނެ ސަބަބުތައް އުވާލައި، ކައިވެނިމަތީގައި ވިޔަސް ނުރުހުމުގައި ހިންގާ ޖިންސީ އަމަލަކީ ރޭޕް [މެރިޓަލް ރޭޕް] ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ޖިންސީ ކުށުގެ ގާނޫނުގައި ރޭޕް މާނަކުރާއިރު، ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންކަން ރޭޕްގެ ގޮތުގައި ކަނޑައެޅުމުގައި ބަލާނެ ސަބަބުތައް އުވާލައި، ކައިވެނިމަތީގައި ވިޔަސް ނުރުހުމުގައި ހިންގާ ޖިންސީ އަމަލަކީ ރޭޕް [މެރިޓަލް ރޭޕް] ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ހަމަ މިގޮތަށް، ދިގު މުއްދަތުގެ ޖަލު ހުކުމްތައް އަންނަ "ޖިންސީ އަނިޔާ" އާއި "ޖިންސީ ގޯނާ" ގެ ކުށުގައި ވެސް މިހާރު ވަނީ ގާނޫނުގައި ދެމަފިރިންނަށް އޮތް އިސްތިސްނާ އުނިކޮށްފަ އެވެ.
ކުރިން އޮންނަ ގޮތުން ނަމަ ރޭޕް ކަމަށް ބަލަނީ "ދެމަފިރިން ކަމުގައި ނުވާ ދެމީހުންގެ މެދުގައި، މީހެއްގެ ޖިންސީ ގުނަވަނެއް، އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް، އެ މީހެއްގެ ރުހުމާ ނުލައި ވެއްދުމަށެވެ. ނަމަވެސް ގާނޫނަށް އިސްލާހު ހުށަހަޅައި ފާސްކުރި އިރު ކޮމިޓީ މަރުހަލާގައި ވަނީ "ދެމަފިރިންގެ މެދުގައި" ވިޔަސް ގާނޫނުގައި ރޭޕްގެ ގޮތުގައި ބެލެވޭނެ ކަމެއް ހިނގައިފި ނަމަ އެއްވެސް އިސްތިސްނާއެއް ނެތި، އެއީ ރޭޕްގެ ގޮތުގައި ބަލަން ހިމަނައިފަ އެވެ.
މި ދެ ކުށް މާނަކުރުމުގައި ވެސް ގާނޫނުގައި މިހާރު އޮންނަނީ ދެމަފިރިން ނަމަ އިސްތިސްނާ ހާލަތުތަކެއް ދީފަ އެވެ. ނަމަވެސް އިސްލާހުގައި ވަނީ އެ އިސްތިނާ އުވާލައިފަ އެވެ.
"ޖިންސީ އަނިޔާ" ކަމަށް މާނަކުރަނީ ރޭޕްކުރުން ކަމަށް ނުވާ ގޮތަށް، މީހެއްގެ ރުހުމާ ނުލައި، އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހެއްގެ ހަށިގަނޑުގެ އެއްވެސް ބައެއް ވެއްދުމަށެވެ. ނުވަތަ މީހެއްގެ ރުހުމާ ނުލައި އޭނާގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް، އެހެން މީހަކު އެއްވެސް އެއްޗެއް ވެއްދުމަށެވެ.
"ޖިންސީ ގޯނާ" އަކީ ރޭޕް ކުރުމަށް ނުވާގޮތުން، އަދި، ޖިންސީ އަނިޔާއަށް ނުވާގޮތުން، ޖިންސީ ނިޔަތެއް އޮވެގެން، ނުވަތަ ޖިންސީ ނިޔަތެއް އޮވެގެން ނޫން ނަމަވެސް، މީހެއްގެ ރުހުމާ ނުލައި އޭނާގެ ޖިންސީ ގުނަވަނެއްގައި، މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިނުކޮށް އަތްލުމެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާ ނުލައި ހާމަކުރުން ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލާ ހާނިއްކައެއް ކުރުމެވެ. އަދި އެ ނޫން ވެސް އިހާނެތި އަމަލެއް މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާ ނުލައި ދިނުމަކީ ޖިންސީ ގޯނާ އެވެ.
މި އިސްލާހު ބިލުގައި ހިމަނާފައިވާ މައިގަނޑު ސަބަބަކީ ރޭޕްގެ މާނައިގެ ތެރޭގައި ދެމަފިރިންގެ ދެމެދުގައި ހިނގާ ރޭޕްގެ ޢަމަލު އިސްތިސްނާއެއް ނެތި ހިމެނުމަކީ މުހިންމު ކަމެއްކަމަށް ކޮމިޓީ އަށް ޤަބޫލުކުރެވޭތީ އެކަން ހިމަނައި ރޭޕްގެ މާނަ އިތުރަށް ފުރިހަމަކުރުން" ކަމަށް ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީގެ ރިޕޯޓްގައިވެ އެވެ.
ރުހުން އޮތް ކަމުގައި ނުބެެލެވޭނެ ހާލަތުތަކަށް އެއްވެސް ބަދަލެއް ނުގެނެ އެވެ. އެހެންވެ ކުރިން ވެސް އޮތް ގޮތަށް މި ހާލަތުތަކުގައި އެއީ ރުހުމެއް ކަމަކަށް ނުބެލެވޭނެތީ ދެމަފިރިން ވިޔަސް މިއިން ގޮތަކަށް ހިންގާ ގުޅުން ވާނީ ރޭޕަށެވެ. މިއީ 15-20 އަހަރާ ދެމެދުގެ ޖަލު ހުކުމް އަންނާނެ ރޭޕްގެ ކުށަކަށް ފެތޭނެ ހާލަތްތަކެވެ.
- މަރާލާނެ ކަމުގެ ބިރު ދައްކައިގެން، ނުވަތަ އަނިޔާ ކޮށްގެން، ނުވަތަ އަނިޔާ ކުރާނެ ކަމުގެ ބިރު ދައްކައިގެން، ނުވަތަ އޭނާއާ ތިމާގެ ކަމުގެ ގޮތުން ނުވަތަ ކާވެނީގެ ގޮތުން ގުޅުން އޮތް މީހަކު މަރާލާނެ ކަމުގެ ބިރު ދައްކައިގެން ނުވަތަ އެ މީހަކަށް އަނިޔާ ކުރާނެ ކަމުގެ ބިރުދަ އްކައިގެން ހޯދާފައިވާ ރުހުމަކަށް ވުން.
- ނުރަނގަޅު ހަގީގަތްތަކެއްގެ މައްޗަށް ބިނާކޮށް އޭނާ އަށް ހަގީގަތް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށް ވުން.
- އެ ކުރެވެނީ ކޮން ކަމެއްކަން އޭނާ އަށް އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށް ވުން؛
- ކުށް ކުރާ ފަރާތަކީ އޭނާއާ ކޮން ގޮތަކުން ގުޅިފައިވާ ފަރާތެއްކަން އޮޅުވާލައިގެން ހޯދާފައިވާ ރުހުމަކަށް ވުން.
ގާނޫނުގައި ރޭޕް މާނަކުރާ ގޮތް ބަދަލުކޮށްފައި ވާއިރު ހަމަ އެ ގާނޫނުގައި "ރޭޕް ކުރަން އުޅުން" ވެސް އެއީ ކުށެކެވެ. މިކަމުގައި ވެސް ދެމަފިރިން ވިޔަސް އިސްތިސްނާއެއް ނެތެވެ.
ރޭޕްކުރަން އުޅުމުގެ ކުށުގެ އަދަބަކަށް 7-15 އަހަރާ ދެމެދުގެ ޖަލު ހުކުމް ކަނޑައަޅާފައިވެ އެވެ.
ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އިންސާފަށް އެދި މުޒާހަރާ ކުރަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ /މިހާރު
ރޭޕް މާނަކުރުމުގައި ދެމަފިރިން ވިޔަސް އިސްތިސްނާ ހާލަތެއް ނުގެންގުޅޭ ގޮތަށް ގެނައި ބަދަލާ އެކު މީގެ ކުރިން ގާނޫނުގައި އޮތް "ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށް" ބަޔާންކުރާ މާއްދާ އުނިކުރަން ވަނީ ފާސްކޮށްފަ އެވެ. އުނިކުރާ މާއްދާގައި އޮންނަނީ ފިރިމީހާ އަނބިމީހާ ރޭޕްކުރި ކަމަށް ބެލެވޭނެ ހާލަތްތަކެވެ. އެއީ؛
- ދެ މީހުންގެ މެދުގައި އޮތް ކާވެނި، ޝަރީއަތް މެދުވެރިކޮށް ރޫޅާލުމުގެ ނުވަތަ ތަފްރީގް ކުރުމުގެ މަރުހަލާއެއް ޝަރީއަތުގައި ހިނގަމުންދިޔުމާއި އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައި ވުން.
- އަނބިމީހާ ވަރިކުރުމަށް އެދި ފިރިމީހާ، ނުވަތަ ފިރިމީހާގެ ކިބައިން ވަރިވުމަށް އެދި އަނބިމީހާ ހުށަހަޅާފައިވާ މައްސަލައެއް ޝަރީއަތުގައި ހިނގަމުން ދިޔުމާއި އެ މައްސަލަ އޮތީ ޝަރީއަތުގެ އަޑުއެހުންތައް ނިމި ހުކުމެއް އިއްވުމާ ހަމައިގައި ކަމުގައި ވުން.
- ގައިންގަޔަށް އަރާ ނުރައްކާތެރި ޖިންސީ ބައްޔެއް ފިރިމީހާ ގައި ހުރިކަން އެނގި ހުރެ، އަނބިމީހާ އަށް އެ ބަލި ވާސިލުކުރުމުގެ ބޭނުމުގައި އޭނާއާ ޖިމާއުވުން.
- ދެމަފިރިން ވަރިނުވި ކަމުގައި ވީ ނަމަވެސް، ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން، މަސްލަހަތަށްޓަކައި ވަކިން ދިރިއުޅެމުންދާ ދެ މީހުން ކަމުގައި ވުން.
ފާސްކުރި އިސްލާހުތަކާ އެކު މި އިސްތިސްނާތައް އުނިވާނެ އެވެ.
ގާނޫނަށް ގެންނަން ފާސްކުރި ބަދަލުތަކުގެ ތެރެއިން އެންމެ ހާއްސަ އެއް ކަމަކީ ރޭޕް ކަމަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި ސާމްޕަލް ނަގާއިރު ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރުމެވެ. ކިޓް ބޭނުންކުރަންވީ ހާލަތްތަކާއި އެކަމާ ގުޅޭ ކަންކަން އިސްލާހުގައި ހިމަނާފައިވެ އެވެ.
މީގެ އިތުރުން ޖިންސީ ކުށުގެ ޝިކާރައަކަށްވީ މީހާގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނެގުމާއި އެ ސާމްޕަލްތަކުގެ ފޮރެންސިކް ޓެސްޓްތައް ކުރުމުގައި ވިކްޓިމްގެ ރުހުން ހޯދުމުގައި އަމަލުކުރާނެ ގޮތާއި މިފަދަ ކަންކަން ދިމާވާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ސާމްޕަލް ނެގުމަށް ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދު، މި އިސްލާހު ތަސްދީގު ކުރާތާ 60 ދުވަހުގެ ތެރޭގައި ހަދަން ވެސް ލާޒިމު ކޮށްފައިވެ އެވެ.
ރޭޕްގެ ކުށް ސާބިތުކުރުމުގައި ހެކި ވަޒަންކުރުމުގައި ވެސް އަނިޔާ ލިބޭ މީހާ އަށް މަންފާ ބޮޑުވާ ގޮތަށް އިތުރު ކަންތައްތަކެއް ވަނީ ހިމަނައިފަ އެވެ.
ސަފާރީ ކޭސްގައި ވިކްޓިމަށް މަރުގެ އިންޒާރުދިން: ވަކީލު
އީވާގެ ވާހަކައާ އެކު މައްސަލަ ހޫނުވެ އިޔާޒުގެ ރައްދެއް
އީވާގެ ބަހުގެ ވަރުގަދަ ހަމަލާތަކެއް ޑރ. އިޔާޒަށް
ރޭޕް ކިޓް ބޭނުންކުރުން ލާޒިމުކުރަން ހިސާންގެ އިސްލާހެއް
ކޭސް ލޮގް ހޯދާކަށް އެންއައިސީއަކުން ނޭދޭ: ޕޮލިސް
އިތުރު ސިފައިންގެ މީހަކަށް ތުހުމަތު އޮތްކަމެއް ނޭނގޭ
މިހާރު ވެސް އެތިބީ ކުއްޖަކަށް ނަޒަރު ހިންގަހިންގާ!
ކުއްޖާއަށް ނުރައްކާ އޮތް މިންވަރެއް ނޭނގޭ!
ކުއްޖަކު ރޭޕްކުރިކަމުގެ މައުލޫމާތު ނުލިބޭ:އެމްއެންޑީއެފް
ޑިޑީ އަށް މުޑުދާރު އެތައް އަމަލެއްގެ ތުހުމަތު