30 ނޮވެމްބަރ 2021
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް، އެންމެ މަތީ ކޯޓުން މިއަދު ބާތިލްކޮށްފައި ވަނިކޮށް، އެ މަނިކުފާނު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް، އެންމެ މަތީ ކޯޓުން މިއަދު ބާތިލްކޮށްފައި ވަނިކޮށް، އެ މަނިކުފާނު ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝަރީއަތުގައި ހުރި މައްސަލަތަކަކާ ގުޅިގެން ޔާމީން ފުރުން މަނާކުރުމުގެ އަމުރަކަށް ކޯޓުގައި އެދުނު ކަމަށެވެ. އެއާ އެއްގޮތަށް، ހަތް ދުވަހުގެ އަމުރެއް އެ ކޯޓުން ނެރެދީފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޔާމީނަށް ތުހުމަތުކޮށް، މަނީ ލޯންޑްރިންގެ ދެ މައްސަލައެއް ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ.
އެއީ، އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ދޫކުރި މުއާމަލާތާއި ވ. އާރަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންގެންނެވެ. އެއިން ކޮންމެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ދައުވާއަކާ އެކު ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެއް ކޮށްފައިވެ އެވެ.
އެ މަނިކުފާނު ސުޕްރީމް ކޯޓުން މިއަދު ސަލާމަތްވީ އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލައިގައި އުފުލި ދައުވާގެ އިސްތިއުނާފްގަ އެވެ. އެ ދައުވާ އުފުލީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ ފައިސާ އެ މަނިކުފާނުގެ އެކައުންޓަށް ޖަމާވެ، ފަހުން އެއީ ދައުލަތުގެ ފައިސާކަން އެންގުމުން ވެސް އެ ފައިސާއިން މުއާމަލާތުކޮށް އަސްލު އޮޅުވާލާފައިވާ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމުގައި ބުނީ ޔާމީން ޖަލަށް ލުމަށް ހުކުމްކުރުމުގައި އަސްލަކަށް ބެލި، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާވިކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. މައްސަލަ ދިރާސާކުރި އިރު، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔާތުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެފައި ވަނީ އެސްއޯއެފަށް ޖަމާވި ވޮޑަމުލާގެ ޗެކްކަން ވަނީ އެނގިފައި ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. ނަމަވެސް ޔާމީންގެ މައްސަލާގައި މި ޗެކް ހުށަހަޅައިފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރީ، ވޮޑަމުލާގެ ފައިސާ އެސްއޯއެފަށް ޖަމާކުރި ކަމަށް ބުނާ ޗެކް ނަންބަރު ދިމާނުވާތީ ޔާމީންގެ އެކައުންޓަށް ޖަމާވީ ދައުލަތުގެ ފައިސާ ކަމާ މެދު ޝައްކު އުފެދޭ ހާލަތެއް އޮތުމެވެ.
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
ކްރިކްގެ ދައުވާ ފޮނުވާލައި ޔާމީންގެ ޝަރީއަތް ބާއްވަނީ
ކްރިކް ރިޒާގެ ބައި އަނބުރާ ގެންދަން ޕީޖީން އެދިއްޖެ
އެކައުންޓް ސްޓޭޓްމަންޓް ހޯދާގޮތުން ޔާމީންގެ ކަންބޮޑުވުން
ނިހާއީ ހުކުމެއް ނެތުމުން ނަރީޝް ހުންނެވީ ހަނު
ދޮގުހެކިބަސް ދިން ކަމުގެ ތުހުމަތުގައި ނަރީޝް ފުލުހަށް
ޔާމީންގެ ދިފާއުގައި ދޮގުހެކި ދިން މައްސަލަ ދިރާސާކުރަނީ
ދޮގު ހެކިބަސް ދިން ކަމަށް ނިންމުމުން އެކަން ބަލާނެ
ޔާމީންގެ ގެކޮޅަށް ގެއްލުންދިން މީހާ ދޫކޮށްލައިފި
ޔާމީންގެ ގެކޮޅުން ބެނާ ނަގަން ނެރުނު އަމުރު ހައިކޯޓަށް