Roadha Mihaaru
ލައިބްރަރީން ގެންދިޔަ ފޮތް ލިބުނީ 110 އަހަރު ފަހުން

ލައިބްރަރީއަކުން ގެންދިޔަ ފޮތް ލިބުނީ 110 އަހަރު ފަހުން

01 ޑިސެމްބަރ 2021

ލައިބްރަރީތަކުން ގެންގޮސްފައި ހުންނަ ފޮތްތައް އެތައް އަހަރެއް ފަހުން ރައްދުކުރާ ވާހަކަ އަކީ ދޭތެރެ ދޭތެރެ އިން މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ވާހަކަތަކެވެ. މިހާރު މިއޮތީ ގެންދިޔަތާ 110 އަހަރު ފަހުން ހަވާލުކުރި ފޮތެއްގެ ވާހަކަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ލައިބްރަރީތަކުން ގެންގޮސްފައި ހުންނަ ފޮތްތައް އެތައް އަހަރެއް ފަހުން ރައްދުކުރާ ވާހަކަ އަކީ ދޭތެރެ ދޭތެރެ އިން މީޑިއާތަކުގެ ސަމާލުކަން ވަރަށް ބޮޑަށް ލިބޭ ވާހަކަތަކެވެ. މިހާރު މިއޮތީ ގެންދިޔަތާ 110 އަހަރު ފަހުން ހަވާލުކުރި ފޮތެއްގެ ވާހަކަ އެވެ.

އެމެރިކާގެ ސިޓީއެއް ކަމަށްވާ އިޑާހޯގެ ބޮއިސްގެ ކާނަޖީ ޕަބްލިކް ލައިބްރަރީ އިން ގަރުނަކަށް ވުރެ ވެސް ގިނަ ދުވަސްކުރިން ގެންދިޔަ ފޮތް "ނިއު ކްރޮނިކަލްސް އޮފް ރެބެކާ" އަނބުރާ އެތަނަށް ލިބުނީ މި މަހުގެ ތެރޭގަ އެވެ. މި ވާހަކަ ލައިބްރަރީން އެތަނުގެ ފޭސްބުކް ޕޭޖްގައި މި މަހުގެ 17 ގައި ހިއްސާކޮށް ބުނީ 1910 ގައި ގެންދިޔަ އެ ފޮތަކީ ޖެހިގެން އައި އަހަރު ރައްދުކުރާ ގޮތަށް ގެންދިޔަ ފޮތެއް ކަމަށެވެ.

ފޮތް އަނބުރާ އޭގެ ރަސްމީ ލައިބްރަރީއާ ހަމައަށް ދިޔައީ ގާޑެން ސިޓީގެ ލައިބްރަރީއަކަށް އެ ގެންދިއުމުންނެވެ. އެ ފޮތަކީ ކާނަޖީ ޕަބްލިކް ލައިބްރަރީން ގެންދިޔަ އެއްޗެއްކަން އެނގުނީ އޭގައި އިން ސްޓިކާއަކުންނެވެ.

"އެ ހިސާބުންނަށް އަހަރެމެންނަށް ސަތޭކަ ދިހަ އަހަރު ފަހުން ފޮތް ލިބޭ ގޮތްވީ." ކާނަޖީ ޕަބްލިކް ލައިބްރަރީގެ ވަގުތީ ތަރުޖަމާނު ލިންޒީ ޑްރީބާގެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހާ ޒަމާން ކޮށްފައި ވެސް އެތަނުގެ ހަރުގަނޑުން "ގެއްލިފައި އޮތް" ފޮތް ލިބުމަކީ ވަރަށް ބޮޑު އުފަލެކެވެ.

"ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން ފޮތް ގެންދެވުނު ލައިބްރީން އަހަރެމެންނާ ހަމައަށް ފޮތް ފޮނުވައި ދިނީތީ." ލިންޒީ ވުދާޚުވި އެވެ.

އެހާ ޒަމާންތަކެއް ކޮށްފައި "ނިއު ކްރޮނިކަލްސް އޮފް ރެބެކާ" އަލުން ލިބުނު އިރު ވެސް ފޮތުގެ ހާލަތު އޮތީ ވަރަށް ރަނގަޅަށެވެ. އެއްވެސް ގެއްލުމެއް ވެފައެއް ނެތެވެ.

"ބެލެވެނީ ވަރަށް ރަނގަޅަށް ރައްކާކޮށްފައި އޮތީމަ ކަމަށް އެހާ ދުވަސްވީ އިރު ވެސް ގެއްލުމެއް ނުވެ އޮތީ." ލިންޒީ ވިދާޅުވި އެވެ.

ފޮތުގެ ތެރޭގައި ލައިބްރީން ލިޔެފައިވާ ނޯޓް ވެސް އިނެވެވެ. އޭގައި އިނީ ގެންދިއުމަށް ފަހު މުއްދަތު އިތުރު ނުކޮށް ފޮތް ގެންގުޅެވޭނީ ދެ ހަފުތާ އަށް ކަމަށާއި އޭގެ ފަހުން ހިނގާ ކޮންމެ ދުވަހަކަށް ދެ ސެންޓުން ޖޫރިމަނާވާނެ ކަމަަށެވެ.

އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ގެންދާ ފޮތްތަކުގެ މުއްދަތު ހަމަވި ނަމަވެސް ބޮއިޒް ކާނަޖީ ޕަބްލިކް ލައިބްރަރީން 2019 އިން ފެށިގެން ޖޫރިމަނާ ކުރުން ހުއްޓާލާފައިވާ ކަމެވެ. އެހެން ނޫން ނަމަ އެ ގެންދިޔަ ދުވަހުން ފެށިގެން މިހާތަނަށް ޖޫރިމަނާ ދައްކަން ޖެހޭނެ އެވެ.

ނަމަވެސް ފޮތް ގެންދިޔަ މީހާއާ އެއްވެސް ތަފުސީލެއް މިހާރު ރެކޯޑްތަކަކުން އެނގޭކަށް ނެތެވެ. އެހެންވެ ލައިބްރަރީން ވަނީ ފޮތާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ހިއްސާކޮށް ދިނުމަށް އާންމުންގެ ކިބައިން އެދިފަ އެެވެ.

"ނިއު ކްރޮނިކަލްސް އޮފް ރެބެކާ" އަކީ ކުޑަކުދިންނަށް ހާއްސަ ފޮތެކެވެ. އަދި މިއީ 1907 ގައި ނެރުނު ވާހަކަ "ރެބެކާ އޮފް ސަނީބްރޫކް ފާމް" ގެ ދެވަނަ ބައެވެ.