Roadha Mihaaru
ޓީއެމްއޭއިން އިތުރު ސީ ޕްލޭނެއް ގެނެސްފި

ޓީއެމްއޭއިން އިތުރު ސީ ޕްލޭނެއް ގެނެސްފި

01 ޑިސެމްބަރ 2021

ޓްރާންސް މޯލްޑިވިއަން އެއާލައިން (ޓީއެމްއެމްއޭ) އިން އިތުރު ސީ ޕްލޭނެއް އިއްޔެ ރާއްޖެ އަށް ގެނެސްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ޓްރާންސް މޯލްޑިވިއަން އެއާލައިން (ޓީއެމްއެމްއޭ) އިން އިތުރު ސީ ޕްލޭނެއް އިއްޔެ ރާއްޖެ އަށް ގެނެސްފި އެވެ.

މި ސީ ޕްލޭނާއެކު، އެ ކުންފުނީގެ ފްލީޓުގައި ސީ ޕްލޭނުގެ އަދަދު 57 އަށް އެރިއިރު، އިތުރު ތިން ސީ ޕްލޭން ގެނެސް އެ އަދަދު 60 އަށް ހަމަކުރާނެ ކަމަށް ޓީއެމްއޭ އިން ބުންޏެވެ.

އާ ޓްވިން އޮޓާ ސީ ޕްލޭން މިދިޔަ ހޯމަ ދުވަހު ރާއްޖެ ގެނެސްފައި ވަނީ އިންޑޮނޭޝިއާއިންނެވެ.

ޓީއެމްއޭއިން ވަނީ މިދިޔަ އޮކްޓޯބަރު މަހު ވެސް ސީ ޕްލޭނެއް ގެނެސްފަ އެވެ. މިއީ އެ ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކޮށް، ހިދުމަތްތައް ފުރިހަމަ ކުރުމަށް ގެންނަ ސީޕްލޭންތަކެކެވެ.

ރާއްޖޭގެ އެކި މަންޒިލްތަކަށް ޓީއެމްއޭ އިން ދުވާލަކު 300 ދަތުރުކުރެ އެވެ. މީގެ ތެރޭގައި 80 ރިސޯޓު ހިމެނެ އެވެ.

ޓީއެމްއޭއިން ބުނިގޮތުގައި، އެ ކުންފުނިން ބޭނުންވަނީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު ވީހާ ވެސް ގިނަ ޓޫރިސްޓުންނަށް ހިދުމަތް ދެވޭ ވަރަށް އެއާލައިނުގެ ފްލީޓު ބޮޑުކުރުމަށެވެ.