Roadha Mihaaru
ޓީއެމްއޭއަށް ވޯލްޑް ލަގްޒަރީ ޓްރެވަލް އެވޯޑެއް

ޓީއެމްއޭއަށް ވޯލްޑް ލަގްޒަރީ ޓްރެވަލް އެވޯޑެއް

12 އޮކްޓޯބަރ 2021

ވޯލްޑް ލަގްޒަރީ ޓްރެވަލް އެވޯޑްގެ "ސީޕްލޭން ކޮމްޕެނީ ގްލޯބަލް ވިނާ" ގެ އެވޯޑް ޓީއެމްއޭއަށް ލިބިއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޯލްޑް ލަގްޒަރީ ޓްރެވަލް އެވޯޑްގެ "ސީޕްލޭން ކޮމްޕެނީ ގްލޯބަލް ވިނާ" ގެ އެވޯޑް ޓީއެމްއޭއަށް ލިބިއްޖެ އެވެ.

މޮރިޝަސްގެ ޓޯބިޝް ބީޗް ކޮމްބާ ރިސޯޓުގައި ބޭއްވި އެވޯޑް ހަފްލާގައި މި އެވޯޑް ޓީއެމްއޭއަށް ލިބުނީ އެންމެ ލަގްޒަރީ ސީ ޕްލޭން ހިދުމަތްދޭ ކުންފުންޏަކަށް ހޮވިގެންނެވެ. މި އެވޯޑް ދެނީ ޓޫރިސްޓުންނާއި ޓޫރިޒަމް ދާއިރާގެ ފަރާތްތަކުގެ ވޯޓުންނެވެ.

ޓީއެމްއޭގެ ސީޕްލޭން ފްލީޓުގައި މިވަގުތު 56 ބޯޓު ހިމެނެ އެވެ. އެ ކުންފުނިން އަންނަނީ ރާއްޖޭގެ އެންމެ ލަގްޒަރީ ރިސޯޓުތަކަށް ވެސް އެ ހިދުމަތްދެމުންނެވެ. މިވަގުތު ރާއްޖޭގެ 80 ރިސޯޓަކަށް ޓީއެމްއޭއިން ދަތުރުކުރެ އެވެ.

ޓީއެމްއޭ އަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ހިންގަމުން އަންނަ ކުންފުންޏެވެ. މިދިޔަ 30 އަހަރުގެ ތެރޭ އެ ކުންފުނި ވަނީ ވަރަށް ބޮޑަށް ފުޅާވެފަ އެވެ.

ކޮވިޑް-19 ގެ ސަބަބުން ޓީއެމްއޭ އަށް ވަރަށް ބޮޑު ގެއްލުމަކާ ކުރިމަތިވެ އެވެ. އެކަމަކު، އަނެއްކާ ވެސް ޓޫރިސްޓުން ރާއްޖެ އަށް އަންނަން ފެށުމުން ސީ ޕްލޭންގެ ދަތުރުތައް އިތުރުވެ ވިޔަފާރިއަށް ވަނީ ދިރުން އައިސްފަ އެވެ.