Roadha Mihaaru
ޓީއެމްއޭގެ ބޯޓުގެ ބައިތަކުގައި ހުރީ ދަބަރު ޖަހާފައި!

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ ބައިތަކުގައި ހުރީ ދަބަރު ޖަހާފައިކަން ތަހުގީގުން އެނގިއްޖެ

05 އޯގަސްޓް 2024

ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދަށް ގެއްލުން ލިބިގެން ހިނގި އެކްސިޑެންޓާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ކުރި ތަހުގީގުގައި، އެ ބޯޓުގެ ބައިތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހައިފައި ހުރިކަން އެނގިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ޓީއެމްއޭގެ ސީޕްލޭނެއްގެ ކަނދަށް ގެއްލުން ލިބިގެން ހިނގި އެކްސިޑެންޓާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) އިން ކުރި ތަހުގީގުގައި، އެ ބޯޓުގެ ބައިތަކުގައި ވަރަށް ބޮޑަށް ދަބަރު ޖަހައިފައި ހުރިކަން އެނގިއްޖެ އެވެ.

ސީއޭއޭ އިން މިދިޔަ ބުދަ ދުވަހު އާންމުކުރި މި ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައިވާ ގޮތުން، އެ ބޯޓުގެ ކަނދު ހަރުކުރަން ހުންނަ ބޯލްޓުތަކުގައި ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހައިފަ އެވެ.

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ހިމަނާފައިވާ ބޯޓަށް ލިބުނު ގެއްލުމުގެ ފޮޓޯއެއް.

ބ. އަތޮޅު ސީސައިޑް ފިނޮޅު ރިސޯޓުން އެ އަތޮޅުން ވެސްޓްއިން މޯލްޑިވްސް މިރިޔަންދު އަށް ދަތުރުކުރި ޓީއެމްއޭގެ ބޯޓެއް، އެ ރިސޯޓަށް ޖެއްސުމުގެ ތެރޭގައި ބޯޓުގެ ކަނާތު ކަނދަށް ގެއްލުންވެ، އެކްސިޑެންޓެއް ހިނގީ މިދިޔަ ޖޫން 9 ގަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.

އެއީ 11 ފަސިންޖަރުންނަށް ދަތުރުކުރެވޭ ޑީއެޗްސީ ޑޭޝް ހައެއް މަރުކާގެ ބޯޓެކެވެ.

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ހިމަނާފައިވާ ބޯޓަށް ލިބުނު ގެއްލުމުގެ ފޮޓޯއެއް.

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ހިމަނާފައިވާ ބޯޓަށް ލިބުނު ގެއްލުމުގެ ފޮޓޯއެއް.

އެ ހާދިސާގައި ބޯޓަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށް ޕްރިލިމިނަރީ ރިޕޯޓުގައި ވެ އެވެ. އޭގެ ތެރޭގައި؛

• ބޯޓުގެ ކަނދަށް ބޮޑެތި ގެއްލުންތައް ލިބިފައިވުން.

• ރިއާ ސްޕްރެޑާގެ (ދެ ކަނދު ގުޅުވައިދޭ ބައިގެ) އެޓޭޗްމަންޓް ބޮލްޓް ނެތުމާއި ގެއްލުން ލިބިފައިވުން.

• ކަނާތު ބުރަފަތިން ޖެހިގެން ކަނާތު ކަނދު ހަލާކުވެފައިވުން.

• ބޯޓާއި ކަނދާ ގުޅުވައިދޭ ނަރަކަށް ގެއްލުން ލިބިފައިވުން.

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ހިމަނާފައިވާ ބޯޓަށް ލިބުނު ގެއްލުމުގެ ފޮޓޯއެއް.

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ހިމަނާފައިވާ ބޯޓަށް ލިބުނު ގެއްލުމުގެ ފޮޓޯއެއް.

އެ ތަހުގީގުން އެނގުނު ގޮތުގައި ބޯޓާއި ކަނދު ގުޅުވައިދޭ ފިޓިންތަކާއި ބޮލްޓުތަކުގައި ވަނީ ވަރަށް ބޮޑަށް ދަބަރު ޖަހައި، ރެނދު ވެސް ލައިފަ އެވެ. ދަބަރު ޖެހުމުގެ ސަބަބުން ބޯޓަށް ގެއްލުން ލިބިފައިވޭތޯ ބެލުމަށްޓަކައި އިތުރަށް ބަލަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ. އަދި ދަބަރު ޖަހާފައި ހުރި ތަންތަން ކަހައި ސާފުކުރަން ޖެހޭ ކަމަށް ވެސް ވެ އެވެ.

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ހިމަނާފައިވާ ބޯޓަށް ލިބުނު ގެއްލުމުގެ ފޮޓޯއެއް.

އެކްސިޑެންޓުވި ޓީއެމްއޭގެ ބޯޓުގެ ތަހުގީގުގެ ޕްރިލިމިނަރީ ރިޕޯޓުގައި ހިމަނާފައިވާ ބޯޓަށް ލިބުނު ގެއްލުމުގެ ފޮޓޯއެއް.

ސޯޝަލް މީޑިއާގައި އޭރު އާންމުވި ވީޑިއޯތަކުން ފެނުނު ގޮތުގައި، އެ ބޯޓުގެ އެއް ކަނދަށް ގެއްލުން ލިބި ބޯޓު މޫދަށް ޖެއްސުމުން ބޯޓުގެ އެއްފަޅި އޮތީ ދިޔަވެފަ އެވެ.

މި ފަހުން ޓީއެމްއޭގެ ބޯޓެއް ރިސޯޓެއްގެ ފާލަމެއްގައި ޖެހޭހާ ތިރިން ދަތުރުކުރި މައްސަލައެއް ވެސް ފެންމަތިވި އެވެ. އެ މައްސަލާގައި ބޯޓު ދުއްވި ޕައިލެޓް ވަނީ ސަސްޕެންޑް ވެސް ކޮށްފަ އެވެ.