ރާއްޖެއިން ކޮވިޑު-19 ގެ އާ ވޭރިއެންޓް، "އޮމިކްރޮން" ފެނިއްޖެ އެވެ.
05 ޑިސެމްބަރ 2021
ރާއްޖެއިން ކޮވިޑު-19 ގެ އާ ވޭރިއެންޓް، "އޮމިކްރޮން" ފެނިއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ބަލީގެ އާ ވޭރިއެންޓު ފެނުނީ ކޮވިޑަށް ޕޮޒިޓިވްވި ޓޫރިސްޓެއްގެ ޖިނޮމިކް ސީކުއެންސިން ޓެސްޓު ހެދުމުން ކަމަށެވެ.
އެކަމާ ގުޅޭ އިތުރު ތަފުސީލް ހާމަކުރާނެ ކަމަށް ބުނުން ފިޔަވައި އެއްވެސް މައުލޫމާތެއް އަދި އެޗްޕީއޭ އިން މީޑިއާ އަށް ދުލެއް ނުކުރެ އެވެ.
ނަމަވެސް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގައި އޮމިކްރޯނަށް ފުރަތަމަ ފަހަރަށް ޕޮޒިޓިވްވީ އއ. އަތޮޅު ސޭންޑީސް ބަތަލާ ރިސޯޓަށް އައި ސައުތު އެފްރިކާގެ ޓޫރިސްޓެކެވެ. އޭނާ ކޮވިޑަށް ޕޮޒިޓިވްކަން އެނގުނީ މިދިޔަ ނޮވެމްބަރު މަހުގެ 27 ގަ އެވެ.
We have received confirmation of the 1st case of COVID-19 Omicron variant in Maldives
— Health Protection Agency (@HPA_MV) December 5, 2021
This case is reported from genomic sequencing conducted on a positive sample of a tourist.
We will keep you updated on further developments
އޭގެ ފަހުން ރާއްޖޭގައި ހެދި ސީކުއެންސިން ޓެސްޓުން، އެ ޓޫރިސްޓް އޮމިކްރޮން އަށް ޕޮޒިޓިވްވިކަން އެނގުނެވެ. އެކަމަކު، އެކަން އިތުރަށް ސާފުކުރުމަށް އެޗްޕީއޭ އިން އެ ސާމްޕަލް އިންޑިއާ އަށް ފޮނުވުމުން ވެސް މިރޭ ނަތީޖާ ލިބުނީ އޮމިކްރޯން ވޭރިއެންޓަށް އެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމެވެ.
އޮމިކްރޮން ވޭރިއެންޓުގެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނުއިރު، އެ ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ.
ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މި ވަގުތަށް މަނާކުރީ ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ އަދި އެސްވާޓިނީ އިންނެވެ.
ރާއްޖެ އަށް އަންނަން ދަތުރު ފަށާފައިވާ މީހުންނާއި މިދިޔަ 14 ދުވަހުގެ ތެރޭގައި އެ ގައުމުތަކުން އައިސްފައިވާ މީހުން މި ވަގުތަށް ޕީސީއާރު ޓެސްޓު ހެދުމާއި 14 ދުވަސް ނުވަތަ އެ އަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ހޭދަކުރާ މީހުން ނަމަ 14 ދުވަސް ހަމަވުމުން އިތުރު ޕީސީއާރު ޓެސްޓެއް ހެދުން އަދި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ މީހުން ފުރުމުގެ ކުރިން ޓެސްޓު ހެދުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.
ކޮވިޑް-19: ބަތަަލާ އައިލެންޑް ކަރަންޓީނުކޮށްފި
މީހުން ގިނައިން އެއްވާ ހަރަކާތްތައް ފަސްކުރަން އެދިއްޖެ
ރާއްޖެއަކީ އޭނާގެ ނަސީބު: އިޓަލީ މީހާގެ ލޮލުން ކަރުނަ
ރިސޯޓްތަކަށް އަރައި ފޭބުން 14 ދުވަހަށް މަނާ
ކޮވިޑް-19: މާލޭން 16 މީހަކު ކަރަންޓީން ކޮށްފި
ރާއްޖެއިން އިތުރު ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް
ކޮވިޑް-19: ކުރެއްދު އާއި ވ. ތިނަދު އަށް އަރައި ފޭބުން މަނާ
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!
ވިލިނގިލިން އިތުރު މީހަކު ހޯއްގޮވާ ކެއްސުމަށް ޕޮޒިޓިވް
ހޯއްގޮވާ ކެއްސުމަށް ތިން ކުއްޖަކު ޕޮޒިޓިވް ވެއްޖެ