އޭޝިއާ އަށް ނިސްބަތްވާ އެކްޓަރަކު ލީޑަށް ލައިގެން ޑިޒްނީ އާއި މާވެލް ސްޓޫޑިއޯސް އިން ފުރަތަމަ ފަހަރަށް މި އަހަރު ގެނެސްދިން ސުޕަހީރޯ ފިލްމު "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.
09 ޑިސެމްބަރ 2021
އޭޝިއާ އަށް ނިސްބަތްވާ އެކްޓަރަކު ލީޑަށް ލައިގެން ޑިޒްނީ އާއި މާވެލް ސްޓޫޑިއޯސް އިން ފުރަތަމަ ފަހަރަށް މި އަހަރު ގެނެސްދިން ސުޕަހީރޯ ފިލްމު "ޝަންގް-ޗީ އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.
ވެރައިޓީން ބުނީ ދެވަނަ ބައި ވެސް ލިޔެ، ޑައިރެކްޓް ކުރާނީ މި އަހަރުގެ ސެޕްޓެމްބަރު 3 ގައި ގެނެސްދިން ފިލްމު ވެސް ޑައިރެކްޓްކުރި ޑެސްޓިން ޑެނިއަލް ކްރެޓަން ކަމަށެވެ. "ޝަންގް-ޗީ" ގެ ސީކްއެލްއެއް ހަދަން ނިންމި އިރު އޭނާ އޮތީ ޑިސްނީ އާއި މާވެލްއާ އެކު ގިނަ ޕްރޮޖެކްޓްތަކެއް ގެނެސްދޭން ދިގު މުއްދަތުގެ އެގްރިމަންޓަށް ވެސް ހަދައިފަ އެވެ. އެހެންވެ ޑިޒްނީ ޕްލަސް އާއި ހޫލޫ އަށް ވެސް ޑެސްޓިން ކޮންޓެންޓަކެއް ހަދާނެ އެވެ. އެކަމަކު އެ އެއްޗިއްސާ ބެހޭ އެއްވެސް ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.
"ޝަންގް-ޗީ" ގެ ސީކްއެލްއާ ބެހޭ ގޮތުން ޑައިރެކްޓަރު ބުނީ އޭނާ ވަރަށް ގަޔާވެގެން ހެދި ފިލްމުގެ އިތުރު ބައެއް ހަދަން ޑިޒްނީ އާއި މާވެލް އިން ފުރުސަތު ފަހިކޮށް ދިނުމަކީ ވަރަށް ވެސް ބޮޑު އުފަލެއް ކަމަށެވެ. އެހެންވެ ކެރިއަރުގެ އެންމެ ފާހަގަ ކޮށްލެވުނު އެއް މަސައްކަތުގެ ވާހަކަ ދަންމާލައި، ބެލުންތެރިންނަށް އެ ތަޖުރިބާ ސްކްރީންގައި ކިޔައިދޭން ކެތްމަދުވެފައި ހުރި ކަމަށް ބުންޏެވެ.
"އަހަރެންގެ އާ ދުނިޔޭގެ ތެރެއަށް އަލުން ގޮސް އިތުރު ކަންތައްތަކެއް އެކްސްޕްލޯ ކުރުމަކީ ވަރަށް ވެސް ހިތްގައިމު ތަޖުރިބާއަކަށް ވާނެ." ޑެސްޓިން ބުންޏެވެ.
ނަމަވެސް "ޝަންގް-ޗީ" ގެ ސީކްއެލްއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެ އެވެ. އެހެންވެ ބެލުންތެރިންނަށް ފިލްމި ގެނެސްދޭނެ އިރެއް ވެސް އަދި ސާފެއް ނުވެ އެވެ.
ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ޝަންގް-ޗީ" ގެ ޓައިޓްލް ރޯލު ކުޅުނީ ޗައިނާ އަށް އުފަން ކެނެޑާގެ އެކްޓަރު ސިމު ލިއު އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 432 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ.
ޑެސްޓިން ކުރިން ޑައިރެޓްކުރި ފިލްމުތަކުގެ ތެރޭގައި ޖަސްޓް މާސީ (2019)، ދަ ގްލާސް ކާސަލް (2017) އަދި އައި އޭމް ނޮޓް އަ ހިޕްސްޓާ (2012) ހިމެނެ އެވެ.
ބިލިއަން ޑޮލަރު ހޯދި ދެވަނަ ފިލްމަކަށް "ޑެޑްޕޫލް"
"ފެންޓާސްޓިކް ފޯ" އަށް ޕެޑްރޯ ޕަސްކަލް؟
"މެޑަމް ވެބް"ގެ ޓްރެއިލާ ނެރެފި
މާވެލް އިން ލޯކީ ދެން ނުފެންނާނެ ކަމުގެ އިޝާރާތެއް
"ބްލެކް ވިޑޯ" އާ ހެދި ޖޮހަންސަނާއި ޑިޒްނީ ކޯޅެނީ
"ފެންޓާސްޓިކް ފޯ"ގެ ފުރަތަމަ ފެނިލުން
ޑެޑްޕޫލް އެންޑް ވޮލްވެރިން: ބޮޑު ކާމިޔާބީއަކާ ގާތަށް
ރޮބާޓް ޑައުނީ އެނބުރި މާވެލް އަށް
ރުސްސޯ ބްރަދާސް އެނބުރި މާވެލްއަށް
"ޑެޑްޕޫލް 3"ގައި ޓޭލާގެ ހާއްސަ ފެނިލުމެއް؟