Roadha Mihaaru
ސީއެންއެންގެ ރާއްޖެއާ ގުޅޭ ޕްރޮގްރާމް މީޑިއާނެޓުން

ސީއެންއެންގެ ރާއްޖެއާ ގުޅޭ ޕްރޮގްރާމް މީޑިއާ ނެޓް މެދުވެރިކޮށް ބެލޭނެ

10 ޑިސެމްބަރ 2021

ރާއްޖެއާ ގުޅޭ ގޮތުން ސީއެންއެން އިން ގެންނަ "ރިކަނެކްޓް މޯލްޑިވްސް" ޝޯ މީޑިއާ ނެޓް މެދުވެރިކޮށް މާދަމާ ޕްރިމިއާ ކުރާ ގޮތަށް ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއާ ގުޅޭ ގޮތުން ސީއެންއެން އިން ގެންނަ "ރިކަނެކްޓް މޯލްޑިވްސް" ޝޯ މީޑިއާ ނެޓް މެދުވެރިކޮށް މާދަމާ ޕްރިމިއާ ކުރާ ގޮތަށް ނިންމައިފި އެވެ.

މާދަމާގެ ހެނދުނު 11:00 އާއި އާދިއްތަ ދުވަހުގެ 9:00 އާއި ހަވީރު 4:00 ގައި ދައްކާ މި ޝޯގައި، ރާއްޖޭގެ ކަނޑުއަޑީގެ ރީތި ކަމާއި ރާއްޖޭގެ ރަށްތައް ދައްކާނެ އެވެ. ބ. އާއި ރ. އަތޮޅުގައި ނަގާފައިވާ މި ޝޯގެ ހޯސްޓް، ބެތް ފޯލްކްނާ ވަނީ ބ. އަތޮޅުގެ މޫދު ސަރަހައްދަށް ގޮސް ތިމާވެށީގެ އެންޖީއޯ، މަންޓާ ޓްރަސްޓްގެ ރީސާޗަރުންނާ އެކު ބޯޓު ދަތުރެއްކޮށްފަ އެވެ.

މީގެ އިތުރުން ސްނޯކުލް ކުރުމާއެކު ފަސް ލައްކަ އަށް ވުރެ ގިނަ މުރަކަ ރާއްޖޭގެ ފަރުގެ އެކި ސަރަހައްދުގައި އިންދި އެވެ.

ކަނޑުގެ ދިރުންތަކުގެ އިތުރަށް ދިވެހި ޝެފެއްގެ ރަހަތައް ވެސް މި ޝޯ އިން ފެންނާނެ އެވެ. ގާތްގަނޑަކަށް 30 މިނެޓް މި ޝޯގައި ދިވެހި ސަގާފީ ހަރަކާތްތަކާއި ދިވެހިން ދިރިއުޅުން ވެސް ފެންނާނެ އެވެ.