09 އޮކްޓޯބަރ 2024
ސޮފްޓެވެއާ ހަދަން، އެފަދަ ދެވަނައެއް ނެތް ތަނަކީ ރާއްޖޭގެ ހިތްގައިމު މާހުލެވެ. ކޮމްޕިއުޓާ ސައިންޓިސްޓް، އެންޑްރީ ކަރްޕަތީ، ޑިވެލޮޕަރުންނާ މި ވާހަކަ ހިއްސާކުރީ އޭނާ ރާއްޖޭގައި އެކަން ތަޖުރިބާކޮށްފަ އެވެ. ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް ގުދުރަތީ މާހައުލުގެ ތެރެއަށް ގެއްލި އިނދެގެން އޭނާ ހެދި ސޮފްޓްވެއާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ.
ސޮފްޓެވެއާ ހަދަން، އެފަދަ ދެވަނައެއް ނެތް ތަނަކީ ރާއްޖޭގެ ހިތްގައިމު މާހުލެވެ. ކޮމްޕިއުޓާ ސައިންޓިސްޓް، އެންޑްރީ ކަރްޕަތީ، ޑިވެލޮޕަރުންނާ މި ވާހަކަ ހިއްސާކުރީ އޭނާ ރާއްޖޭގައި އެކަން ތަޖުރިބާކޮށްފަ އެވެ. ޗުއްޓީ ހޭދަކުރަން ރާއްޖެ އައިސް ގުދުރަތީ މާހައުލުގެ ތެރެއަށް ގެއްލި އިނދެގެން އޭނާ ހެދި ސޮފްޓްވެއާ އަށް މުޅި ދުނިޔޭގެ ސަމާލުކަން ލިބިއްޖެ އެވެ.
އެންޑްރީ ވަނީ ސޮފްޓްވެއާގެ މަސައްކަތްކުރާ ޑިވެލޮޕަރުންގެ ބައްދަލުވުން "ޖީޕީޔޫ މޯޑް 2024" ގައި އެ ތަޖުރިބާ ހިއްސާކޮށްފަ އެވެ.
އޭނާ ބުނި ގޮތުގައި ލާޖް ލެންގުއެޖް މޮޑެލްސް ކޮމްޕައިލާ (އެލްއެލްއެމްސީ) ރާއްޖޭގައި އުފަންކުރީ، ނުނިދުނު ރެއެއްގައި ދަންވަރުގެ ހިމޭންކަމުގެ ތެރެއިން އައި ހިޔާލަކުންނެވެ. ހަމަ އެވަގުތު، އެއަށް މަސައްކަތް ފަށައި އޭނާ ސިފަކުރި ގޮތުގައި، ހުވަފެނެއް ރާއްޖޭގައި ހަގީގަތަކަށް ވީ އެވެ.
އެލްއެލްއެމް ސޮފްޓްވެއާ އަކީ ބަސް ދެނެގަނެ، އެ ބަހުން މައުލޫމާތު އެއްކޮށްދޭ ކޮމްޕިއުޓޭޝަނަލް މޮޑެލެކެވެ. އެލްއެލްއެމްއަކީ މިހާރު ދުނިޔޭގައި މަގްބޫލުވެފައިވާ ޗެޓްޖީޕީޓީ ގޮތަށް، އެ މީހަކު ބޭނުންވާ މައުލޫމާތެއް އޭގައި ލިޔުމުން، އެކަމާ ގުޅޭ މައުލުމާތު ވެސް އެއްކޮށްދޭ އެއްޗެކެވެ.
އެކަމަކު އެންޑްރީގެ އެލްއެލްއެމްސީއަކީ ލާޖް ލެންގުއެޖް މޮޑެލްސްތަކަށް ކުދި ބަދަލުތައް ގެންނަން ފަސޭހަކޮށްދޭ ސޮފްޓްވެއާ އެކެވެ. މިއީ އެކަން ކުރުމަށް ބޭނުންކުރާ އެހެން ސްފޮޓްވެއާތަކާ އަޅާބަލާއިރު އެހާ ބޮޑު މެމޯރީއެއް ބޭނުންވާ ސޮފްޓްވެއާ އެއް ނޫނެވެ. އޭގެ ސަބަބުން ވަރަށް ކުޑަ މެމޮރީ ހުންނަ ޑިވައިސްތަކުގައި ވެސް މި ސޮފްޓްވެއާ ބޭނުންކުރެވޭނެ ކަަމަށް އޭނާ ބުންޏެވެ.
ރާއްޖޭގެ ރިސޯޓެއް.
ދުނިޔޭގެ މަޝްހޫރު ކާރު ކުންފުނި، ޓެސްލާގެ ޑިރެކްޓާ އޮފް އާޓިފިޝަލް އިންޓެލިޖެންސާއި އޮޓޯޕައިލެޓް ވިޝަންކަމުގައި އުޅުނު އެންޑްރީ ބުނީ ސޮފްޓްވެއާ ހެދުމުގެ ހިޔާލު އައީ އެ ރޭ ދަންވަރު 1 ޖެހިއިރު ހޭލި ގޮތަށް ދެން އެ ރޭ ނުނިދިގެން ކަމަށެވެ. އޭނާ އޭރު އިނީ ޗުއްޓީ ހޭދަކުރި ވިލާގެ ބޭރުގަ އެވެ.
އޭނާ ބުނި ގޮތުގައި ކުރިމަތިން ފެންނަން އޮތް ގުދުރަތީ ރީތިކަމާއި ހިމޭންކަންވީ ސޮފްޓްވެއާއެއް ހެދުމަށް ވަރަށް ބޮޑު ފަސޭހައަކަށެވެ.
އެންޑްރީ، ސޮފްޓްވެއާއާ ބެހޭ ގޮތުން މައުލޫމާތު ދެނީ.
މިދިޔަ މަހުގެ ފަހު ހަފުތާގައި އޮތް "ޖީޕީޔޫ މޯޑް 2024" ގައި އެންޑްރީ ވަނީ އެލްއެލްއެމް.ސީ އުފަންވި ގޮތާއި އޭގައި ހުރި ކަންކަމާއި އެ އުފެއްދުމަށް އޭނާއަށް ކުރިމަތިވި ގޮންޖެހުންތައް ސޮފްޓްވެއާ ޑިވެލޮޕަރުންނާ ހިއްސާކޮށްފަ އެވެ. އަދި އެ ސޮފްޓްވެއާ އިތުރަށް ޑިވެލޮޕްކޮށް ބައެއް ބަދަލުތައް ގެނައުމާ ގުޅިގެން ވެސް އޭނާ ވާހަކަ ދެއްކި އެވެ.
އޭނާގެ ބުނި ގޮތުގައި މި ޕްރޮޖެކްޓްގެ ބޭނުމަކީ ފަސޭހަކަމާއި އެންމެ ފުރިހަމަ ގޮތުގައި ލާޖް ލެންގުއެޖް މޮޑެލްސް ބޭނުންކުރެވޭނެ ގޮތް މީހުންނަށް ހޯދައިދިނުމެވެ.
މި ފޮޓޯ ދައްކަމުން އެލްއެލްއެމް.ސީގެ ވެރިޔާ ވަނީ، ރާއްޖެއަކީ ސޮފްޓްވެއާ ޑިވެލޮޕްކުރުމަށް ރަނގަޅު މާހައުލެއް ކަމަށް ބުނެ ރާއްޖެ ރިކޮމެންޑްކޮށްފައި.
"މި ހުރިހާ މަސައްކަތެއް ވެސް އަހަރެން ކުރީ ރާއްޖޭގައި. އެއީ ދަންވަރު 1 ޖަހާއިރު ހޭލާފައި ދެން ކުރާނެ ކަމެއް ނޯވޭ. ވަރަށް ގިނަ އެއްޗެހި ލިޔެވުން. އިރުއަރަން ފެށުމުން އަނެއްކާ ވެސް ވޯޓާ އެކްޓިވިޓީސްއާ އެކީ ކުރިއަށް ދާންވީ،" ދުނިޔޭގައި މަގްބޫލުކަން ހޯދާފައިވާ އޯޕެންއޭއައިގެ އެއް ފައުންޑަރު، އެންޑްރީ ބުންޏެވެ.
I gave a talk at GPU MODE workshop last week on llm.c
— Andrej Karpathy (@karpathy) October 2, 2024
- the origin story of llm.c
- being naked in the world without PyTorch and having to re-invent Array, Autograd, Device, Dtype, Compile, Distributed
- how to port a PyTorch layer to 1) explicit PyTorch
- and then to 2) write… pic.twitter.com/u8JXyy90VE
އެންޑްރީ އަށް އޭނާގެ މި ސޮފްޓްވެއާގެ ތަޖުރިބާއާ އެކު ދެއްކެނީ ރާއްޖޭގެ ރީތިކަމާއި ހިތްގައިމު ވާހަކަ އެވެ. ޑިވެލޮޕަރުންނަށް އޭނާ ދޭން އޮތް ޓިޕަކީ އެ މީހުންނަށް ހާއްސަ ތަނަކީ ޖާދުލެއް ފަދަ ރާއްޖެ ކަމެވެ.
އާޓިފިޝަލް އިންޓެލިޖެންސް ދާއިރާގައި އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ވެސް ހިމެނޭ އެންޑްރީ މި ވާހަކަ ދެއްކުމަކީ އާދައިގެ ކަމެއް ނޫން ކަން ޑިވެލޮޕަރުން ވެސް ގަބޫލުކުރެ އެވެ.
މަގުބޫލު މަންޒިލްގެ އެވޯޑް ރާއްޖެއަށް 4 ވަނަ ފަހަރަށް
"އިގްތިސާދު ކުރިއަށް، އެކަމަކު ދަރަނީގެ ރިސްކު ބޮޑު"
"ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑު ރާއްޖެ އަށް
އެންމެ ގިނަ ބަޔަކު އަންނަން ބޭނުންވަނީ ރާއްޖެ: ދިރާސާ
ދެ ޓޫރިސްޓެއްގެ ސުފުރާ އަށް ދިވެހި ކެއުން
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި
ސީއެންއެންގެ ރާއްޖެއާ ގުޅޭ ޕްރޮގްރާމް މީޑިއާނެޓުން
ރާއްޖެ ޕްރޮމޯޓްކުރަން އެކްޓަރު ކަރެންވީރުގެ ދެމަފިރިން
މެލް ބީ ކޮވިޑްގެ ވޭނުގައި، ބޭނުމީ ރާއްޖޭގެ ޗުއްޓީއެއް
"ފްރެޑީ" ނިންމާލައި، އަލާޔާ ރާއްޖޭގައި