ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގައި ފުވައްމުލަކުގެ މަޝްހޫރު "ޝާކް ޕޮއިންޓް" ފީޗާކޮށްފި އެވެ.
ނެޓްފްލިކްސް އިން އިއްޔެ ސްޓްރީމް ކުރަން ފެށި ޝޯއެއް ކަމަށްވާ "އޯލް ދަ ޝާކްސް"ގައި ފުވައްމުލަކުގެ މަޝްހޫރު "ޝާކް ޕޮއިންޓް" ފީޗާކޮށްފި އެވެ.
ގިނަ އަދަދެއްގެ ފެމުނުމިޔަރު ފެންނަ ފުވައްމުލަކުގެ "ޝާކް ޕޮއިންޓް" އަކީ މިހާރު މުޅި ދުނިޔެ އަށް ވެސް މަޝްހޫރު ތަނެކެވެ. ހަމައެކަނި އެ ތަނުގައި ފީނާލަން ބޭނުންވެގެން ރާއްޖެ އަންނަ ޓޫރިސްޓުން ވެސް ވަރަށް ގިނަ އެވެ. އެއީ މިހާރު ދުނިޔޭގައި ފެމުނުމިޔަރުގެ އެންމެ ބޮޑު އާބާދީއެއް ވެސް އޮތް ތަނެވެ.
ނެޓްފްލިކްސްގެ "އޯލް ދަ ޝާކްސް"ގައި ފުވައްމުލައް.
ނެޓްފްލިކްސް ޝޯގައި ވެސް ފުވައްމުލަކަށް ނިސްބަތްކޮށް ކިޔަނީ "ޝާކް އައިލެންޑް" އެވެ.
ނެޓްފްލިކްސްގެ "އޯލް ދަ ޝާކްސް"އަކީ މިޔަރުގެ ފޮޓޯ ނެގުމުގެ މުބާރާތެއް ދައްކާ ޝޯއެއް ކަމަށް ވާއިރު، އެ ޝޯގެ މަންޒަރުތައް ނަގާފައި ވަނީ ރާއްޖޭގެ އިތުރުން ގަލަޕެގޮސް، ބަހާމަސް، ސައުތު އެފްރިކާ، ޖަޕާން އަދި އޮސްޓްރޭލިއާގެ މަޝްހޫރު "ޝާކް ޕޮއިންޓް"ތަކުގަ އެވެ.
ޝޯގެ މަންޒަރުތައް ފުވައްމުލަކުގައި ނެގީ މިދިޔަ އަހަރު އެވެ.
ނެޓްފްލިކްސްގެ "އޯލް ދަ ޝާކްސް"ގައި ފުވައްމުލައް.
މި ޝޯގެ ފުރަތަމަ އެޕިސޯޑު ހާއްސަ ކޮށްފައި ވަނީ ފުވައްމުލަކަށެވެ. އޯޕެނިން ސީކުއެންސްގައި ވެސް ދައްކަނީ އެ ރަށުގެ ރުއްގަނޑާއި ރާއްޖޭގައި އެފަދަ ދެވަނައެއް ނެތް ފުވައްމުލަކުގެ ރީތި ގޮނޑުދޮށެވެ.
"އޯލް ދަ ޝާކްސް"ގައި ފުވައްމުލައް ފީޗާކުރުމާ ގުޅިގެން އެ ސިޓީގެ މޭޔަރު އިސްމާއިލް ރަފީގު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ އެ ރަށް އިޝްތިހާރުވުމަށް ލިބުނު ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ.
އިސްމާއިލް ވިދާޅުވި ގޮތުގައި، އެ ޝޯގައި ފުވައްމުލައް ފީޗާކުރީ އެ ރަށުގެ ޒުވާނެއްގެ ވެސް ވަރަށް ބުރަ މަސައްކަތުންނެވެ. އެއީ ޑައިވިންގެ ދާއިރާގައި 17 އަހަރު މަސައްކަތް ކޮށްފައިވާ އަދި ފުވައްމުލަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ޑައިވިންގެ ހިދުމަތްދޭ "ޕެލަޖިކް ޑައިވާސް" ފުވައްމުލަކުގެ ވެރިޔާ އަހްމަދު އިނާހެވެ.
ޖުމްލަ ހަ އެޕިސޯޑް ހިމެނޭ ނެޓްފްލިކްސްގެ ޝޯގައި ދައްކަނީ ހަތަރު ޓީމެއްގެ މެދުގައި ހިނގާ ވާދަވެރި މުބާރާތެކެވެ. އެ މުބާރާތުގައި ޖެހެނީ ދުނިޔޭގެ މަޝްހޫރު ޝާކް ޕޮއިންޓްތަކުގައި ފީނައިގެން މިޔަރުގެ ފޮޓޯ ނަގާށެވެ. އަދި އެ ނަގާ ފޮޓޯތަކަށް ވަކި އުސޫލަކުން ޕޮއިންޓް ދީގެން މުބާރާތުން އެއްވަނައަށް ދާ ޓީމެއް ހޮވަ އެވެ.
މަދުން ނޫނީ ނުފެންނަ ވައްތަރުތަކުގެ މިޔަރުގެ ފޮޓޯ ނަގައިގެން ގިނަ ޕޮއިންޓް ލިބޭއިރު، އާންމުކޮށް ފެންނަ ވައްތަރުތަކުގެ މިޔަރުގެ ފޮޓޯ ނަގައިގެން ލިބެނީ މަދު ޕޮއިންޓެކެވެ.
އެ މުބާރާތުން މޮޅުވާ ޓީމަށް 50،000 ޑޮލަރުގެ އިނާމެއް ދެ އެވެ. އެ ފައިސާ ހޭދަކުރަން ޖެހެނީ އެ ޓީމަކުން ކަނޑައަޅާ ޗެރިޓީއަކަށެވެ.
އޮބާމާ އާއި މިޝޭލްގެ 7 އުފެއްދުމެއް ނެޓްފްލިކްސް އަށް
ސްކުއިޑް ގޭމް އެމެރިކާ ޑައިރެކްޓްކުރަނީ ޑޭވިޑް ފިންޗާ
ސްޓްރޭންޖާ ތިންގްސްގެ ފުރަތަމަ 5 މިނެޓް މިހާރު ބެލޭނެ
ސްޓްރޭންޖާ ތިންގްސް: ފަހު ތަޅާލުންގަނޑަށް ތައްޔާރު!
"ވަން ޕީސް"ގެ ދެވަނަ ސީޒަން އަންނަ އަހަރު މާޗުގައި
"ދިއްލީ ކްރައިމް 3" އަންނަ މަހު 12 ގައި
"ބްރިޖަޓަން"ގެ ހަތަރު ވަނަ ސީޒަން ޖެނުއަރީގައި
"ދަ ވިޗާ"ގެ އާ ސީޒަންގެ ޓްރެއިލާ ނެރެފި
"ބޭޑްސް އޮފް ބޮލީވުޑް"ގެ ދެވަނަ ސީޒަނެއް ގެނެސްދެނީ
އަރްޔަންގެ އިންސްޓަގްރާމް ޕީޕީއަށް އަމިއްލަ ފޮޓޯއެއް!