Roadha Mihaaru
މަތިވެރީގެ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

މަތިވެރީގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ފަށައިފި

11 ޑިސެމްބަރ 2021

އއ. މަތިވެރީގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން އިއްޔެ ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އއ. މަތިވެރީގެ ފެނުގެ ނިޒާމް ގާއިމު ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން އިއްޔެ ފަށައިފި އެވެ.

އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިިން ޑިރެކްޓަރު ހަސަން ޝާހާއި މޯލްޑިސްވްސް ޕޯސްޓުގެ ޗެއާމަން މުހައްމަދު އަބްދުﷲ އާއި މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އަސްލަމެވެ.

ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ މި މަޝްރޫއު ހަވާލު ކުރީ 38.83 މިލިއަން ރުފިޔާ އަށެވެ.

މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ސާމާނު މަތިވެރިއަށް ގެންގޮސްފައިވާއިރު މިހާރު ކުރަމުން އަންނަނީ ފެން ހޮޅި ވަޅުލުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން 6.86 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް އަޅައި އާރުއޯ ފެސިލިޓީ ބިލްޑިންއެއް އިމާރާތް ކުރާނެ އެވެ.

މީގެ އިތުރުން ފެން އުފެއްދުމަށް ދެ އާރުއޯ ޕްލާންޓު ބަހައްޓައި، ފެން ރައްކާ ކުރަން ތިން ތާނގީ ވެސް ބަހައްޓާނެ އެވެ. އަދި ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ މީޓަރު ބަހައްޓައި، ފެން ތަހުލީލް ކުރަން ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.