Roadha Mihaaru
މަތިވެރީ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައި

މަތިވެރީ ފެނުގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް ފަށައިފި

01 ޖުލައި 2021

އއ. މަތިވެރީގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އއ. މަތިވެރީގެ ފެނުގެ ނިޒާމް ގާއިމުކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ އިމާރާތުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން މަތިވެރީގައި 6.86 ކިލޯމީޓަރުގެ ދިގު ފެންހޮޅީގެ މައި ނެޓްވޯކަކާއި އާރުއޯ ފެސިލިޓީއެއް ހަދާނެ އެވެ. އަދި މި ފެސިލިޓީގައި ފެން އުފެއްދުމަށް އާރުއޯ ދެ ޕްލޭންޓު ބަހައްޓައި ފެން ރައްކާކުރުމަށް ތިން ތާނގީ ވެސް ބަހައްޓާނެ އެވެ.

މީގެ އިތުރުން އެ ރަށުގެ ގެތަކުގައި ފެންމީޓަރުތައް ބަހައްޓައި ކަނެކްޝަން ގުޅައިދީ ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.

ސަރުކާރުން މި މަޝްރޫއު އެމްޑަބްލިއުއެސްސީއާ ހަވާލު ކުރީ 38.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ އެވެ.