ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ހަތަރުވަނަ ކުއާޓާގައި އެހީވާނެ ޕްރޮޖެކްޓުތައް އިއުލާންކޮށްފި އެވެ.
13 ޑިސެމްބަރ 2021
ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ ހަތަރުވަނަ ކުއާޓާގައި އެހީވާނެ ޕްރޮޖެކްޓުތައް އިއުލާންކޮށްފި އެވެ.
އެ ބޭންކުން ނެރުނު ބަޔާނެއްގައި ބުނީ ކޮމިއުނިޓީ ފަންޑުން މި ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން ފަސް ރަށެއްގައި ހިންގާ ޕްރޮޖެކްޓުތަކަށް އެހީވާނެ ކަމަށެވެ. މިއީ މި ކުއާޓާގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަކުރެވޭ ފަސް ޕްރޮޕޯސަލް ކަމަށެވެ.
- ނ. ހެނބަދޫގައި ބާބަކިޔު ސަރަހައްދެއް ހެދުން- ހާމިދު ރަޝީދު
- ކ. މާފުށީގައި އައުޓްޑޯ ލައިބްރަރީއެއް ހެދުން- ނައު ސްޓާ ސްޕޯޓްސް ކްލަބް
- ފ. ފީއަލީގައި އައުޓްޑޯ ލައިބްރަރީއެއް ހެދުން- ފަތުހުﷲ ޝާތިރު
- ތ. ބުރުނީގެ ރާގޮނޑި ބީޗް ތަރައްގި ކުރުން- ބުރުނީ ޔޫތު ސްޕޯޓްސް ކްލަބް
- ގދ. ތިނަދޫގައި އިސްރަށްވެހިންނަށް ހާއްސަ ޕާކެއް ހެދުން- އަމީޒާ އަފީފު
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ބޭންކުގެ އަމާޒަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން މުޖުތަމައަށް ފައިދާ ހުރި ޕްރޮޖެކްޓުތައް ހިންގަން އެހީވުން ކަމަށެވެ. އަދި އެހެން ފަހަރުތަކާ އެއްގޮތަށް މި ކުއާޓާގައި ވެސް ގިނަ އަދަދެއްގެ ރަނގަޅު ޕްރޮޕޯސަލްތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"މިފަހަރުވެސް ރަނގަޅު ޕްރޮޕޯސަލްތަކެއް ކޮމިއުނިޓީ ފަންޑަށް ލިބުނު ކަން އުފަލާއެކު ފާހަގަކުރަން. މިއިން ދައްކުވައިދެނީ އަމިއްލަ ފަރުދުންނާއި ޖަމިއްޔާތަކުން ރަށުގެ ތަރައްގީއާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރަން ބޭނުންވާ މިންވަރު،" ސައީދު ވިދާޅުވި އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ އާއްމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ނުވަތަ ތިމާވެއްޓަށް ފައިދާ ހުރި ޕްރޮޖެކްޓުތައް ހިންގުމަށް ހުށަހަޅާ ޕްރޮޕޯސަލްތަކެކެވެ. މި ފަންޑުގެ ދަށުން މިހާތަނަށް 60 ޕްރޮޖެކްޓަކަށް ބޭންކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ކޮމިއުނިޓީ ފަންޑުގެ އެހީ ފެލިދު އާއި ހެނބަދު އަށް
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި
ބީއެމްއެލްގެ އެހީ ފ. އަތޮޅު ސްކޫލަށް
ބީއެމްއެލްގެ އެހީގައި ފޭދޫގައި "މާމަ، ކާފަ" ޕާކެއް
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ކޮމިއުނިޓީ ފަންޑުން އިތުރު ފަސް ރަށަކަށް އެހީވެއްޖެ
ކޮމިއުނީޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލައިފި
ބީއެމްއެލުން 10 ސްކޫލެއްގެ ސެން ކްލާހަށް އެހީވެއްޖެ
ބީއެމްއެލްގެ ފަންޑުން އިތުރު ރަށްރަށަށް އެހީވަނީ