Roadha Mihaaru
ކޮމިއުނިޓީ ފަންޑުން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި

ބީއެމްއެލް ކޮމިއުނިޓީ ފަންޑު: ދެވަނަ ކުއާޓަރުގައި އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި

03 އޯގަސްޓް 2022

ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުން އެހީއަށް އެދި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ބީއެމްއެލް އިން ހިންގާ ކޮމިއުނިޓީ ފަންޑުން އެހީއަށް އެދި މި އަހަރުގެ ދެވަނަ ކުއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެހީ ލިބޭ ފަރާތްތައް އިއުލާންކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި، ހުށަހެޅި ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޖެކްޓަކަށް އެހީ ދޭނެ އެވެ.

އެހީ ލިބޭ ޕްރޮޖެކްޓްތައް:

• އއ. ހިމަންދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރަން އެދި ކްލަބް ނިއު ފްރެންޑްސްގެ ހުށަހެޅުން.

• އއ. ބޮޑުފޮޅުދޫ ސްކޫލުގައި އާރްއޯ މެޝިން، ފެން ޑިސްޕެންސަރު ބެހެއްޓުމަށް ރިވޮލޫޝަނަރީ ބޮޑުފޮޅުދޫ ޖެނެރޭޝަން އިން ހުށަހެޅި ޕްރޮޕޯސަލް.

• ހދ. ނޭކުރެންދޫގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރަން ނޭކުރެންދޫ ޑިވެލޮޕްމަންޓުން ހުށަހެޅި ޕްރޮޕޯސަލް

• އދ. ފެންފުށީގައި ޕްރީ ސްކޫލު ޕާކު ތަރައްގީ ކުރަން ފެންފުށި ޒުވާނުންގެ ދިރުމުން ހުށަހެޅި ހުށަހެޅުން.

• ދ. ހުޅުދެލީގައި މަސްކެނޑުމަށް ހާއްސަ ތަނެއް ގާއިމްކުރަން އެ ރަށު އައިލެންޑް ސޯޝަލް އެންޑް ސްޕޯޓްސް އެސޯސިއޭޝަނުން ހުށަހެޅި ހުށަހެޅުން.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ރާވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ދޭ ފަންޑެކެވެ. އެ ފަންޑުން ކޮންމެ ކުއާޓަރެއްގައި ފަސް ޕްރޮޕޯސަލް ހޮވައި އެ ކޮންމެ ޕްރޮޖެކްޓެއް ހިންގަން 50،000ރ. ގެ މާލީ އެހީތެރިކަން ފޯރުކޮށްދެ އެވެ.

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން މިހާތަނަށް 70 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ދީފައިވާއިރު، މިއަހަރު އަދި އިތުރު 10 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.