މެދުއިރުމަތީގައި އިޒްރޭލުގެ މަގާމު ވަރުގަދަ ކުރަމުންދާ ވަރަކަށް، މުޅި ސަރަހައްދުގެ އަމަންއަމާން ކަމަށް ކުރިމަތިވަނީ ނުރައްކާތައް ކަމަށް، އީރާނުން މިއަދު ބުނެފި އެވެ.
މެދުއިރުމަތީގައި އިޒްރޭލުގެ މަގާމު ވަރުގަދަ ކުރަމުންދާ ވަރަކަށް، މުޅި ސަރަހައްދުގެ އަމަންއަމާން ކަމަށް ކުރިމަތިވަނީ ނުރައްކާތައް ކަމަށް، އީރާނުން މިއަދު ބުނެފި އެވެ.
އީރާނުން މި މޭރުމުން އިޒްރޭލަށް ފާޑު ކިޔާފައި މިވަނީ، އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެމިރޭޓްސް އަށް ކުރެއްވި ދަތުރާ ގުޅިގެންނެވެ. އެ ދަތުރުގައި ނަފްތާލީ ވަނީ އަބޫ ދާބީގެ ވަލީ އަހުދު އައްޝައިޚް މުހައްމަދު ބިން ޒާޔިދު އާލް ނަހްޔާންއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ދެ ބޭފުޅުންގެ މަޝްވަރާތަކުގައި އަސްކަރީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
މި ބައްދަލުކުރެއްވުމަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ދެ ގައުމުގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުންމީދު ކުރައްވަ އެވެ. އަދި އެ ބައްދަލުކުރެއްވުމުގެ ސަބަބުން މުޅި ސަރަހައްދަށް އޭގެ މަންފާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އީރާނުން ދެކޭ ގޮތުގައި އިޒްރޭލާ އެކު އަރަބި ގައުމުތަކުން ގުޅުން ބަދަހި ކުރުމަކީ، މުޅި ސަރަހައްދުގެ ހަމަނުޖެހުމަށް މަގުފަހިކުރާ ކަމެކެވެ. އީރާންގެ ހާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން އަރަބި ގައުމުތަކުގައި ފައި ހަރުކުރަމުން ދިޔުމަކީ މުޅި ސަރަހައްދަށް ހަމަނުޖެހުން ގެނުވާނެ ކަމެއް ކަމަށެވެ. އަދި އިޒްރޭލަކީ ތަންތަން ފަސާދަކުރާ ބައެއް ކަމަށާއި މުޅި ސަރަހައްދުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ ބައެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އީރާނުން ބުނި ގޮތުގައި މެދުއިރުމަތީގައި އިޒްރޭލު ދެމި އޮތުމަކީ، އިސްލާމީ އުންމަތުގެ މަސްލަހަތާއި އަރަބި ގައުމުތަކާއި މެދުއިރުމަތީގެ ރައްޔިތުންގެ މަސްލަހަތާ ވެސް ފުށުއަރާ ކަމެކެވެ. އަދި އިޒްރޭލާ އެކުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ސުލްހަވެރިކަން ގާއިމުކުރުމަކީ، ފަލަސްތީނު ރައްޔިތުންގެ އުންމީދުތައް ހާސިލްވާނެ ކަމެއް ނޫން ކަމަށް ވެސް އީރާންގެ ހާރިޖިއްޔާގެ ބަޔާނުގައިވެ އެވެ.
އިޒްރޭލަކީ އިސްލާމީ ދުނިޔެ އާއި އަރަބި ދުނިޔޭގެ އެއް ނަންބަރު އަދުއްވު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުން މެދުއިރުމަތީގައި އުފެދޭ ހުރިހާ ހަމަނުޖެހުމަކާއި ހުރިހާ މައްސަލަތަކެއްގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އިޒްރޭލެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި ބޮޑުވަޒީރު ނަފްތާލީ އެމިރޭޓްސް އަށް ކުރެއްވި ދަތުރުފުޅުގައި، އަބޫ ދާބީގެ ވަލީ އަހުދު ޝައިޚް މުހައްމަދު އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދެއްވި ދައުވަތު ވަލީ އަހުދު ވަނީ ގަބޫލުކުރައްވައިފަ އެވެ. ނަމަވެސް އެމިރޭޓްސް ސަރުކާރުން މިހާތަނަށް އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
އީރާނާއެކު ދެން މުއާމަލާތް ކުރާނީ އެހެން ގޮތަކަށް
އީރާންގެ މައްސަލައިގައި އަރަބިންގެ ދައުރެއް ބޭނުން
މެދުއިރުމަތީގައި ފިރިހެނުންގެ ފެޝަން ޝޯއެއް
މިއީ މެދު އިރުމައްޗަށް އާ ފަތިހެއް: ޓްރަމްޕް
އިޒްރޭލަކީ މެދުއިރުމަތީގެ ނުރައްކާތެރި ޓިއުމަރެއް: ރޫހާނީ
އީރާންގެ ކަންތައް ނިންމާލާނަން ކަމަށް ނަތަންޔާހޫ ބުނެފި
"ޣައްޒާއިން އިޒްރޭލު ކުޑަކަކޫމައްޗަށް ތިރިކޮށްފި"
ހަނިއްޔާ އަވަހާރަކޮށްލި ކަމަށް އިޒްރޭލުން އެއްބަސްވެއްޖެ
ބައްޝާރު ވެއްޓުނީ އިޒްރޭލުގެ ސަބަބުން: ނަތަންޔާހޫ
"އީރާންގެ ނިއުކްލިއާ ކޮމްޕޮނެންޓަކަށް ހަމަލާދިން"