މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ޓެރަރިސްޓުންގެ ބަޔަކަށް ކަމަށް ބުނެ އާންމުންގެ ބަޔަކަށް ހަމަލާދީ 10 މީހަކު މަރައިލި މައްސަލައިގައި ހިމެނޭ ސިފައިންނަށް ފިޔަވަޅެއް ނޭޅުމަށް އެމެރިކާގެ ދިފާއީ ވަޒީރު ނިންމަވައިފި އެވެ.
މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމުގެ މަސައްކަތް ކުރަމުން ދިޔައިރު، ޓެރަރިސްޓުންގެ ބަޔަކަށް ކަމަށް ބުނެ އާންމުންގެ ބަޔަކަށް ހަމަލާދީ 10 މީހަކު މަރައިލި މައްސަލައިގައި ހިމެނޭ ސިފައިންނަށް ފިޔަވަޅެއް ނޭޅުމަށް އެމެރިކާގެ ދިފާއީ ވަޒީރު ނިންމަވައިފި އެވެ.
އެމެރިކާގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާގައި މަރުވި 10 މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ވެސް ހިމެނެ އެވެ. ނަމަވެސް އެ ހަމަލާ ދިނުމުގައި ބައިވެރިވި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ފިޔަވަޅެއް ނޭޅުއްވުމަށް އެމެރިކާގެ ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން ވަނީ ނިންމަވައިފަ އެވެ.
އޮގަސްޓް މަހުގެ 29 ވަނަ ދުވަހު އެމެރިކާ ސިފައިން ދިން ޑްރޯން ހަމަލާގައި 10 މީހަކު މަރުވި މައްސަލައިގައި، އެމެރިކާގެ ދިފާއީ ވުޒާރާގެ ތެރެއިން ވަނީ އެ ހާދިސާ ހިނގި ގޮތް ބަލައިފަ އެވެ. މައްސަލަ ބެލުމަށް ފަހު ބުނެފައި ވަނީ، އެއީ ހަނގުރާމައިގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެ ހާދިސާ ހިނގީ އެކަމުގައި އަމަލުކުރަންޖެހޭ ސުލޫކާ ހިލާފަށް އަމަލުކޮށްގެން ނޫން ކަމަށާއި، އެ ހާދިސާ ހިނގުމުގައި ޖިނާއީ އެއްވެސް އިހުމާލެއް ނުހިމެނޭ ކަމަށް ވެސް މައްސަލަ ނިންމި ގޮތުގެ ރިޕޯޓްގައި ބުނެފައިވެ އެވެ.
ނިއު ޔޯކް ޓައިމްސް އިން ބުނެފައިވާ ގޮތުގައި ހަމަލާގައި ބައިވެރިވި މީހުންނަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ދިފާއީ ވަޒީރު ނިންމެވީ، އެ މައްސަލައާ ގުޅޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާގެ އިސް ދެ ޖެނެރަލަކު ދެއްވާފައިވާ މަޝްވަރާއަށް ބުރަވެ އެވެ.
އޮގަސްޓް 29 ވަނަ ދުވަހު ދިން ހަމަލާއާ ގުޅޭ ގޮތުން އެމެރިކާގެ އަސްކަރިއްޔާ އިން އެންމެ ފުރަތަމަ ބުނެފައިވަނީ، އެއީ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ބަޔަކަށް ދިން ހަމަލާއެއް ކަމަށެވެ. ދެ އުޅަނދެއްގައި ތިބި ބަޔަކަށް ދިން އެ ހަމަލާގައި 10 މީހުން މަރައިލި ކަމަށް ވެސް ބުނެފައިވެ އެވެ. އެ މީހުންނަކީ ކާބުލްގެ ވައިގެ ބަނދަރުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް ދޭން ތައްޔާރުވަމުން ދިޔަ ބައެއް ކަމަށް ވެސް އެމެރިކާގެ އަސްކަރިއްޔާ އިން އޭރު ބުނެފައިވެ އެވެ.
ނަމަވެސް އަފްގާނިސްތާނުން އޭރު ވެސް ބުނަމުން ދިޔައީ، އެ ހަމަލާގައި މަރުވީ އާންމުންގެ ބައެއް ކަމަށާއި ގިނައީ ކުޑަކުދިން ކަމަށެވެ. އެމެރިކާ ސަރުކާރުން އެކަމަށް އެއްބަސްވީ އެ ހާދިސާ ހިނގިތާ ދުވަސްތަކެއް ފަހުން، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެ ފަހުން އެމެރިކާގެ ދިފާއީ ވަޒީރު ވަނީ އެ ހާދިސާ އެގޮތަށް ހިނގީތީ މައާފަށް އެދިވަޑައިގެންފަ އެވެ.
އެހީވުމަށް އެމެރިކާ އިން ތާލިބާނުންނާ މުއާމަލާތްކުރަނީ
ކާބުލްގެ ވައިގެ ބަނދަރު ހިންގާނީ ތުރުކީ އާއި ގަތަރުން
ތާލިބާނުން، ކުރީގެ ސިފައިން މަރާތީ އެކަން ކުށްވެރިކޮށްފި
އަފްގާނު ރެފިއުޖީން ބޭރުކުރުމަށް އެމެރިކާގެ އެހީ ބޭނުން
އަފްގާނުގައި އައިއެސް ފުޅާވާތީ އެމެރިކާ ކަންބޮޑުވޭ
އައިއެސް އިން އެމެރިކާ އަށް ހަމަލާއެއް ދީފާނެ
އެމެރިކާ އާއި ޕާކިސްތާނުން އެއްބަސްވުމެއް ހަދަނީ
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
އެމެރިކާ-ތާލިބާން ވާހަކަތައް ވަރަށް ކާމިޔާބު
އެމެރިކާ އާއި ތާލިބާނުން މަޝްވަރާކޮށްފި