އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮންނަ ހާމިދު ކަރްޒާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިންގައިދިނުމަށް ގަތަރާއި ތުރުކީ ވިލާތުން އެއްބަސްވެއްޖެ އެވެ.
އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އޮންނަ ހާމިދު ކަރްޒާއީ ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިންގައިދިނުމަށް ގަތަރާއި ތުރުކީ ވިލާތުން އެއްބަސްވެއްޖެ އެވެ.
ޑިޕްލޮމެޓިމް މަސްދަރުތަކުން ބުނާ ގޮތުގައި، ދެ ގައުމު ގުޅިގެން ކާބުލްގެ ވައިގެ ބަނދަރު ހިންގުމަށް ތުރުކީ ވިލާތާއި ގަތަރުން މިހާރު އެއްބަސްވެފައިވާ އިރު، އެކަމާ ބެހޭ ގޮތުން އަފްގާނިސްތާނު ސަރުކާރާ އެކުގައި މަޝްވަރާ ކުރުމަށް ދެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުގެ ވަފުދެއް މިއަދު ކާބުލްއަށް ދާނެ އެވެ.
ތުރުކީ އާއި ގަތަރުން މި ކަމަށް މި އެއްބަސްވީ، އަފްގާނުގައި ވެރިކަން ކުރާ ތާލިބާން ޖަމާއަތުގެ ފަރާތުން އެދުނު އެދުމަކާ ގުޅިގެން، ތުރުކީ އާއި ގަތަރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި އެތައް ހަފުތާތަކެއް ވަންދެން މަޝްވަރާ ކުރުމަށް ފަހުގަ އެވެ. އަދި ދެ ގައުމު ގުޅިގެން ކާބުލްގެ ވައިގެ ބަނދަރު ހިންގުމަށް އެއްބަސްވެ މިހާރު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ކާބުލް ވައިގެ ބަނދަރު ހިންގުމަށް ތުރުކީގެ ފަރާތުން ބައިވެރިވާނީ އެ ގައުމުގެ ރެއިންބޯ ސްކައި ކޮމްޕެނީ އެވެ. ގަތަރުގެ ފަރާތުން ބައިވެރިވާނީ ގަތަރު އެއާޕޯޓްސް މެނޭޖްމަންޓް އެންޑް އޮޕަރޭޝަން ކޮމްޕެނީ އެވެ. މިކަމާ ގުޅޭ ގޮތުން ޑިސެމްބަރު 7 ވަނަ ދުވަހު ދެ ގައުމުން ސޮއިކުރި އެއްބަސްވުމާ ގުޅިގެން ތުރުކީގެ ފަންނީ ޓީމެއް މިހާރު ވަނީ ގަތަރަށް ގޮސް އެކަމާ ބެހޭ ގޮތުން މަޝްވަރާތައް ބާއްވައިފަ އެވެ.
އަފްގާނިސްތާނަކީ އެއްގަމުން ވަށައިގެން ބެދިފައި އޮންނަ، ކަނޑަކާ ގުޅިފައި ނެތް ގައުމަކަށް ވާތީ، އެ ގައުމާއި ބޭރު ދުނިޔެއާ ގުޅުވައިދޭ މައި ދޮރާއްޓަކީ ކާބުލްގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރެވެ. އެހެންކަމުން، މެދުކެނޑުމެއް ނެތި ވައިގެ ބަނދަރުން ދަތުރުފަތުރު ކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮތުމަކީ، އަފްގާނިސްތާނަށް ވަރަށް ބޭނުންތެރި ކަމެކެވެ.
މިދިޔަ އޮގަސްޓް 15 ވަނަ ދުވަހު ތާލިބާންގެ ހަނގުރާމަވެރިން އަފްގާނިސްތާނު ހިފުމާ ގުޅިގެން، އެހެން ގައުމުތަކުން ވަނީ އަފްގާނިސްތާނަށް ކުރަމުން އައި ވައިގެ ދަތުރުތައް ހުއްޓާލައިފަ އެވެ. އަފްގާނިސްތާނުގައި ތިބި އެމެރިކާ އާއި ވިލާތުގެ ގައުމުތައް، އެ ގައުމު ދޫކޮށް ދިޔުމަށް ކާބުލް ވައިގެ ބަނދަރު ބޭނުންކުރި ދުވަސްވަރު، ވައިގެ ބަނދަރަށް ދިން ގެއްލުންތަކުގެ ސަބަބުން ބޮޑެތި މަރާމާތުތަކެއް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް އެތަން ވަނީ ހަލާކުވެފަ އެވެ.
އޮގަސްޓް 30، 2021 ގައި އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމަށް ފަހު، ކާބުލް ވައިގެ ބަނދަރު ބޭނުންކުރެވޭ ވަރުވީ، ގަތަރުން ކާބުލް ވައިގެ ބަނދަރު ވަރަށް ބޮޑަށް މަރާމާތުކޮށްދިނުމުންނެވެ. މިހާރު ވެސް ގަތަރު ފިޔަވައި އިތުރު ގައުމަކުން އަފްގާނިސްތާނަށް ވައިގެ ދަތުރުތަކެއް ނުކުރެ އެވެ.
"ތާލިބާނުން އައުމަކީ ހަރުކަށި ފިކުރަށް ލިބުނު ބާރެއް"
ސިފައިން އަފްގާނުން ނުބޭލުމަށް ލަފާއެރުވިން: ޖެނެރަލުން
އެމެރިކާ ސިފައިން ފޭބީ އަފްގާނުގެ މުދާތައް ހަލާކުކޮށްފަ
އަފްގާނު ހަނގުރާމައިން އެމެރިކާއަށް މަންފާއެއް ނުކުރި: ބައިޑެން
އެމެރިކާ ބަލިކޮށް މިނިވަންކަން ހޯދައިފިން: ތާލިބާން
ކާބުލްގައި ހުރި އެމެރިކާގެ ޖާސޫސީ މަރުކަޒު ގޮއްވާލައިފި
އަފްގާނުން މީހުން ބޭރުކުރުމުގެ މަސައްކަތް ކުރިއަށް
މަތިންދާބޯޓުން އެ ވެއްޓުނީ އިންސާނުންތަ؟
އެމެރިކާ އަށް ވެސް ތާލިބާނުން މައިތިރިއެއް ނުކުރެވުނު
ތާލިބާނުންގެ އަސްކަރީ ދައްކާލުމެއް ބާއްވައިފި