އެއްކޮށް ހުސްވެދާނެކަމުގެ ބިރު އޮތް ދޫނިތަކެއްގެ "ލަވަތައް" ހިމެނޭ އަލްމަބެއްގެ ލަވަތަކެއް އޮސްޓްރޭލިއާގެ މިއުޒިކް ޗާޓެއްގެ ކުރިން ޖާގަ ހޯދައިފި އެވެ.
17 ޑިސެމްބަރ 2021
އެއްކޮށް ހުސްވެދާނެކަމުގެ ބިރު އޮތް ދޫނިތަކެއްގެ "ލަވަތައް" ހިމެނޭ އަލްމަބެއްގެ ލަވަތަކެއް އޮސްޓްރޭލިއާގެ މިއުޒިކް ޗާޓެއްގެ ކުރިން ޖާގަ ހޯދައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި "ސޯންގްސް އޮފް ޑިސަޕިއަރެންސް" ގެ ނަން ދީފައިވާ އަލްބަމްގެ ލަވަތަކަށް ވަނީ އާބާ އާއި ދަ ވީކެންޑް އާއި މަރާޔާ ކެރީ އަދި މައިކަލް ބަބްލް ފަދަ ފަންނާނުންގެ ލަވަތަކަށް ބޮޑު ވާދަވެރިކަމެއް ގެނެސްދީފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ އަރިއާ މިއުޒިކް ޗާޓްގައި ދޫނިތަކުގެ އަލްބަމްގެ ފަސް ލަވައެެއް ޗާޓްގެ ގަދަ 5 އިން ޖާގަ ހޯދާފައިވެ އެވެ.
"ސޯންގްސް އޮފް ޑިސަޕިއަރެންސް" އަކީ ބާޑްލައިފް އޮސްޓްރޭލިއާގެ އުފެއްދުމެކެވެ. އޭގައި އޮސްޓްރޭލިއާ އިން ހުސްވެދާނެކަނުގެ ބިރު އެންމެ ބޮޑަށް ހީވެފައިވާގެ 53 ވައްތަރެއްގެ ދޫނިތަކެއްގެ "ލަވަތައް" ހިމެނެ އެވެ. މި އަލްބަމްގެ މަސައްކަތުގައި ބޮޑު ހިއްސާއެއްވި ވައިލްޑްލައިފް ސައުންޑް ރިކޯޑިސްޓް ޑޭވިޑް ސްޓިއުވާޓް ބުނި ގޮތުގައި އަލްބަމަކީ 30 އަހަރުގެ ދުވަހުގެ މަސައްކަތެވެ.
"ވަރަށް އުނދަގުލުން ވަރަށް ގިނަ ވަގުތު ހޭދަކޮށްގެން ވަރަށް ގިނަ ޗެލެންޖްތަކާ ކުރިމަތިވެގެން ފުރިހަމަ ކޮށްލެވުނު މަސައްކަތެއް މިއީ." އޭނާ ބުންޏެވެ.
Featuring 53 of the most threatened species of Australian native bird, @BirdlifeOz's Songs Of Disappearance debuts at #5 on this week's #ARIACharts. https://t.co/bfON5Bzzfk pic.twitter.com/hw96jeS0PG
— ARIA (@ARIA_Official) December 10, 2021
ޑޭވިޑް ބުނި ގޮތުގައި "ސޯންގްސް އޮފް ޑިސަޕިއަރެންސް" މުޅިން ވެސް ހިމެނޭނީ އޮސްޓްރޭލިއާގެ ޖަންގަލިތަކުގެ ތެރޭގައި އުޅޭ ދޫނިތަކުގެ "ލަވަތަކެވެ." އަދި ދޫނީގެ އަޑުތައް ރެކޯޑް ކުރުމުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ހުސްވެދާނެކަމުގެ ބިރު ހީވެ، އާބާދީ ވަރަށް ބޮޑަށް ދަށްވެފައިވާ ދޫނީގެ ބާވަތްތަކަށެވެ.
މި މަހުގެ 3 ގައި ރިލީޒްކުރި އަލްބަމްގެ ފަސް ލަވައެއް އަރިއާ މިއުޒިކް ޗާޓްގައި ހިމެނުންވެގެން ދިޔައީ އެފަދަ ލަވަތަކެއް ޗާޓަށް އެރި ފުރަތަމަ ފަހަރަށެވެ.
"ސޯންގްސް އޮފް ޑިސަޕިއަރެންސް" ވިއްކައިގެން ލިބޭ ފައިސާ ހޭދަކުރާނީ ބާޑްލައިފް އޮސްޓްރޭލިއާ އިން ކުރިއަށް ގެންދާ ކޮންޒަވޭޝަން ޕްރޮޖެކްޓަކަށެވެ.
އެތަނުގެ ސީއީއޯ ޕޯލް ސަލިވަން މިއުިކް ނެޓްވޯކަށް ވިދާޅުވީ ދޫނީގެ ލަވަތައް ހިމެނޭ އަލްބަމަކީ ހުރިހާ ގޮތަކުން ވެސް ވަރަށް ހާއްސަ އެއްޗެއް ކަމަށެވެ. އަދި ގިނަ ބަޔަކަށް އެ ކަމުގޮސް ލަވަތަކެއް ޗާޓްގެ ކުރިން ޖާގަ ހޯދުމަކީ ވަރަށް ވެސް ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވި އެވެ.
Number 5 on the charts this week, how cool would it be to get the vanishing songs of our most threatened birds to number 1! Any profits go to @birdlifeoz but more importantly you can hear sounds of birds that won't be around much longer if we don't act. https://t.co/y9vkGYApkT
— Sean Dooley (@Twitchathon) December 10, 2021
"މިކަމުން ލިބުނު އެންމެ ބޮޑު އެއް ހިތްރަކީ ވައިޑް ލައިފް ކެންޕޭނަކީ އަށް ވަރަށް މަޖާކޮށް، ގަޔާވެގެން ޝައުގުވެރިކަމާ އެކު ކުރެވިދާނެ ކަމެއްކަން." ޕޯލް ވިދާޅުވި އެވެ.
ޗާލްސް ޑާވިން ޔުނިވަސިޓީން ހަދާފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި އޮސްޓްރޭލިއާގައި އުޅޭ ދޫނިތަކުގެ ތެރެއިން ކޮންމެ ހަ ދޫނީން އެކައްޗަކީ (ކޮންމެ 1،299 ދޫނީގެ ތެރެއިން 216 ދޫނި) ކޮންމެވެސް ޒާތެއްގެ ނުރައްކަލަކަށް ހުށަހެޅިފައިވާ އެއްޗިއްސެވެ. މި ދިރާސާގައި 300 އެއްހާ ތަޖުރިބާކާރުން ހިއްސާވެފައިވާ އިރު، ދޫނީގެ އާބާދީ އަށް އަސަރުކުރާ މައިގަނޑު އެއް ސަބަބަކީ ކްލައިމެޓް ޗޭންޖް ނުވަތަ މޫސުމީ ބަދަލުތަކެވެ.
މިދިޔަ އަހަރާއި 2019 ގައި އޮސްޓްރޭލިއާގެ ޖަންލިތައް އެނދުމުގެ ހާދިސާތަކުގައި ވެސް އެތައް ބާވަތެއްގެ ދޫނީގެ މާހައުލު ނެތިގެން ގޮސްފައިވެ އެވެ. އެގޮތުން ބާޑްލައިފް އޮސްޓްރޭލިއާ އިން ބުނި ގޮތުގައި އޭގެ ސަބަބުން ދޫނިތަކުގެ އާބާދީގެ 25 ޕަސެންޓަށް އަސަރުކޮށްފައިވެ އެެވެ.
ތުއްތުކުއްޖަކު ރޯހެން އަޑުލައްވާ ދޫންޏެއް
ރާޅާ އަޅާ އަސްދޫންޏަކަށް އާންމުންގެ ސަމާލުކަން
ފުރާނަ ސަލާމަތްވީ ގުރައަކާ ހެދި
ދޮންދީނީގެ އާބާދީ ބަލަން އައްޑޫގައި ސާވޭއެއް
އަލިފާން ނިއްވާ އުޅަނދުގެ ސައިރެން ދޫންޏެއްގެ އަޑުން
ހާލެއް ދިން ހަމަލާއަކުން މީހަކު މަރުވެއްޖެ
ވާވެފައި އޮތް އަންހެންމީހާ އަށް ދިރުން ގެނައި ކޮވެލި
"ކޮތަރުތަކަށް ޖެހުނީ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް"
2.4 މިލިއަން ކުދިން ސަލާމަތްކޮށްދިން މީހާ މަރުވެއްޖެ
ކޮތަރުތަކަށް ވިހަ ދީފައި ހުރިތޯ ޓެސްޓުކުރަނީ