16 ޑިސެމްބަރ 2021
ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާތީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިއްޔެ ބައްދަލުކުރައްވައި، އެމެރިކާ އާއި ހުޅަނގަށް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.
ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާތީ، އެމެރިކާ އާއި ހުޅަނގުގެ ގައުމުތަކުގެ ކަންބޮޑުވުންތަކާއި ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އިއްޔެ ބައްދަލުކުރައްވައި، އެމެރިކާ އާއި ހުޅަނގަށް ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.
ރައީސް ޕުޓިން އާއި ޝީ އިއްޔެ ބައްދަލުކުރައްވައި މަޝްވަރާ ކުރެއްވީ ވީޑިއޯ ކޮންފަރެންސްގެ ޒަރީއާއިންނެވެ. ދެ ރައީސުންގެ މަހާސިންތާ ފެށުމުގެ ގޮތުން ދެއްކެވި ވާހަކައިގައި ދެ ބޭފުޅުން ވެސް ވަނީ، ރަޝިޔާ އާއި ޗައިނާއާ ދެމެދުގައި އޮތް ގުޅުމުގެ ބަދަހިކަން ފާހަގަކުރައްވައި ތާރީފު ކުރައްވައިފަ އެވެ.
ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ވިދާޅުވި ގޮތުގައި ޗައިނާ އާއި ރަޝިޔާއާ ދެމެދުގައި އޮތީ، 21 ވަނަ ސައްތައިގައި ދެ ގައުމެއްގެ ދެމެދުގައި އޮންނަންވީ ބަދަހި ގުޅުމުގެ ނަމޫނާއެއް ކަމަށެވެ.
"އަހަރެމެން ދެ ގައުމުގެ ދެމެދުގައި މިވަނީ، ވަރަށް ވަރުގަދަ މަބްދައުތަކެއްގެ މައްޗަށް ބިނާވެފައިވާ، އެއްބާރުލުމުގެ ނަމޫނާ ގުޅުމެއް ގާއިމުކުރެވިފައި. އެ މަބްދައުތަކަކީ، އެއް ގައުމުން އަނެއް ގައުމުގެ ދާހިލީ ކަންކަމަށް ނުފޫޒު ނުފޯރުވުމާއި، އަނެއް ގައުމުގެ މަސްލަހަތަށް އިހުތިރާމް ކުރުމާއި، އަވައްޓެރިކަމުގެ ގުޅުން ދަމަހައްޓައިދޭ އަދި ދާއިމީ ސުލްހަ ގެނުވައިދޭ މަސްދަރެއްގެ ގޮތުގައި، ދެ ގައުމުގެ ސަރަހައްދީ ރޮނގު ދެމެހެއްޓުން،" ޕުޓިން ވިދާޅުވި އެވެ.
ޗައިނާގެ ރައީސް ޝީ ވިދާޅުވި ގޮތުގައި ޗައިނާގެ މައިގަނޑު މަސްލަހަތުތައް ހިމާޔަތްކުރުމަށް ޗައިނާ އިން ކުރާ މަސައްކަތަށް ރަޝިޔާ އިން ވަރަށް ބޮޑަށް ތާއީދު ކުރައްވަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގުޅުމުގައި ރެނދުލުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކަށް ޕުޓިން ވަރަށް ބޮޑަށް ދެކޮޅު ހައްދަވާ ކަމަށާއި، ޕުޓިންގެ އެ ސިޔާސަތުގެ އަގު ވަޒަންކުރައްވާ ކަމަށް ވެސް ރައީސް ޝީ ވިދާޅުވި އެވެ.
ޕުޓިން ވިދާޅުވި ގޮތުގައި މިއަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގެން 2022 ގެ ވިންޓަ އޮލިމްޕިކް މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ބޭނުންފުޅުވެ އެވެ.
ރަޝިޔާ އާއި ޗައިނާއަކީ ވެސް، އެމެރިކާ އާއި ވިލާތުގެ ގައުމުތަކާ ވަރަށް ތަފާތު ސިޔާސަތުތަކެއް ގެންގުޅޭ ދެ ގައުމެވެ. ރަޝިޔާ އިން ޔޫކްރޭންގެ ކްރީމިއާ އަޅުވެތިކޮށްފައިވާ މައްސަލައިގައި އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.
އަނެއްކޮޅުން ޗައިނާ އިން އަސްކަރީ ހަރަކާތްތައް އިތުރުކުރާ މައްސަލައިގައި ވެސް އެމެރިކާ އާއި ވިލާތުގެ ގައުމުތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް ތައިވާންގެ މިނިވަންކަމަށް ޗައިނާ އިން އިއުތިރާފްނުވާ މައްސަލައިގަޔާއި ތައިވާނުން މިނިވަންކަން އިއުލާން ކުރުމާ ދެކޮޅަށް ޗައިނާ އިން އަސްކަރީ ގޮތުން ބިރުދައްކަމުން ދާ މައްސަލައިގައިވެސް އެމެރިކާ އިން ވަރަށް ބޮޑަށް އަންނަނީ ފާޑު ކިޔަމުންނެވެ.
ރައީސް ޕުޓިން އާއި ރައީސް ޝީގެ ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރެއްވި ކަންތަކުގެ ތެރޭގައި، ވިލާތުގެ ގައުމުތަކުގެ މެދުގައި އުފެދިފައިވާ ސިޔާސީ ދެބަސްވުންތަކާއި، އެމެރިކާ އާއި ނޭޓޯ އިން، ރަޝިޔާ އާއި ޗައިނާއާ މެދު ގެންގުޅޭ އުދުވާނީ ސިޔާސަތު ހިމެނެ އެވެ.
ޕުޓިން އާއި ޝީ ބައްދަލުކުރައްވަނީ
ދުނިޔޭގެ އަސްކަރީ ހޭދަ ރެކޯޑް މިންވަރަކަށް މައްޗަށް
ހުޅަނގާއި ޔޫކްރޭން ސުލްހައަށް ތައްޔާރެއް ނޫން: ޕުޓިން
އެކަތައިގެ ފާރަކަށް ޗައިނާގެ އަސްކަރިއްޔާ ހަދާނަން
ރަޝިޔާގެ ތެޔޮ އުފުލުމުގައި ގޮތް ނޭނގޭ ބޯޓުތަކެއް
ޗައިނާއާ އެކު ފިނި ހަނގުރާމައެއް ނޯންނާނެ: ބައިޑެން
ޔޫކްރޭން ގަޑުބަޑު ފެށުމުގެ ސިއްރަކީ އެމެރިކާ: ޗައިނާ
ރަޝިޔާ އަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ އެމެރިކާ
އެމެރިކާގެ އަސްކަރީ ބާރު މުޅި ޔޫރަޕަށް ފަތުރާލަނީ
ޔޫކްރޭން ލައްވަ ރަޝިޔާއަށް ހަމަލާ ދޭން ނޭޓޯ ތައްޔާރުވި