17 ޑިސެމްބަރ 2021
އޮސްޓްރޭލިއާގެ އެއާލައިން ކްއަންޓަސް އިން އެތެރޭގެ އުދުހުންތަކަށް ބޮއިން މަރުކާގެ މަތިންދާބޯޓް ބޭނުންކުރުން ހުއްޓާލަަން ނިންމައިފި އެވެ.
އޮސްޓްރޭލިއާގެ އެއާލައިން ކްއަންޓަސް އިން އެތެރޭގެ އުދުހުންތަކަށް ބޮއިން މަރުކާގެ މަތިންދާބޯޓް ބޭނުންކުރުން ހުއްޓާލަަން ނިންމައިފި އެވެ.
އެ ކުންފުނިން މިކަން އިއުލާންކޮށް ބުނީ ކުރިއަށް އޮތް ތަނުގައި ޑޮމެސްޓިކް ދަތުރަކަށް ބޭނުންކުރަން ނިންމާފައި ވަނީ މުޅިން އެއާބަސް މަރުކާގެ މަތިންދާބޯޓްތައް ކަމަށެވެ. ކްއަންޓަސްގެ މި ނިންމުމަކީ އެމެރިކާގެ ބޮއިން އަށް ލިބޭ އިތުރު ދެރައެކެވެ. އަދި މިއީ ޔޫރަޕަށް ނިސްބަތްވާ އެއާބަސް އަށް ލިބޭ ކުރިއެރުމެކެވެ.
އެތެރޭގެ އުދުހުންތަކަށް ބޮއިން ބޭނުން ކުރުން ހުއްޓާލައި، އެއާބަސް މަރުކާގެ މަތިންދާބޯޓް ބޭނުން ކުރަން ފަށަން ކްއަންޓަސް އިން އަންދާޒާ ކޮށްފައި އޮތީ 2023 ގެ މެދުތެރޭގަ އެވެ. އޭގެ ކުރިން އެ ނިންމުމާ ގުޅޭގޮތުން ކުންފުނީގެ ބޯޑާއި ޕައިލެޓުންނާ އެކު ގިނަ މަޝްވަރާތަކެއް ކުރިއަށް ގެންދާނެ އެވެ.
Qantas Group market update: https://t.co/MTfyN5clT4
— Qantas (@Qantas) December 15, 2021
ކްއަންޓަސް އިން ބުނި ގޮތުގައި ޑޮމެސްޓިކް ފްލީޓަށް މި ގެންނަ މި ބަދަލަށް ފުރަތަމަ 40 ބޯޓް ގަނެ، އެ އަދަދު 94 އަށް އިތުރު ވެސް ކުރާނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ކްއަންޓަސް އާއި އެއާބަހާ ދެމެދު މިހާރު ވަނީ އެއްބަސްވުމަކަށް ވެސް އައިސްފަ އެވެ.
ކްއަންޓަސް އިން ނިންމާފައި އޮތީ 2023 ގެ ފަހުން ކުންފުނީގެ ދުވަސްވެފައިވާ ހުރިހާ މަތިންދާބޯޓްތަކެއް 10 އަހަރުގެ ތެރޭގައި އާ ކުރުމަށެވެ. އަދި މި ގެންނަ ބަދަލާ އެކު ކްއަންޓަންސް އާ ފްލީޓަކީ ތިމާވެއްޓާ ރައްޓެހި އެއްޗިއްސަށް ވާނެ އެވެ. މީގެ 51 އަހަރު ކުރިން ހިދުމަތަށް ނުކުތް އެއާލައިންގެ ފްލީޓްގައި މިހާރު ޖުމްލަ 126 ބޯޓް އޮވެ އެވެ. އޭގެ ތެރޭގައި އެއާބަސް އޭ330، އެއާބަސް އޭ380، ބޮއިން 737 އަދި ބޮއިން787 ގެ ބޯޓްތައް ހިމެނެ އެވެ.
އެއާބަސް އާއި ބޮއިންއާ ވާދައަށް ޗައިނާގެ ކޮމެކް
"ބޮއިން 737 މެކްސް" އަށް އިންޑޮނީޝިއާއިން ހުއްދަ
ދުނިޔެ ވަށައި އެކަނި ބުރެއް ޖަހައިގެން ރެކޯޑެއް
މާސްކް ނޭޅުމުން ދަތުރުކުރުން އުމުރަށް މަނާ
ކެބިން ކްރޫއެއްގެ ވަޒީފާ ދޫކޮށްލައި ލިޔުންތެރިއަކަށް
ޑެލިވަރީ އަވަސްކުރަން އެމެޒޯން އިން މަތިންތާބޯޓުތަކެއް
އެންމެ ރައްކާތެރި އެއާލައިންގެ މަގާމު ކޮންޓަސް އަށް
ޖެޓްޕެކްގައި 3،000 ފޫޓު މަތީ އުޅުނު މީހަކު ހޯދަނީ
ބްރިޓިޝް އެއާވޭޒުން ބޮއިން 747ގެ ބޯޓުތައް ދޫކޮށްލަނީ
ތިމާވެއްޓަށްޓަކައި ފްރާންސުން ވައިގެ ދަތުރު މަދުކުރަނީ