Roadha Mihaaru
އެންމެ ރައްކާތެރި އެއާލައިންގެ މަގާމު ކޮންޓަސް އަށް

އެންމެ ރައްކާތެރި އެއާލައިންގެ މަގާމު ކޮންޓަސް އަށް

06 ޖެނުއަރީ 2021

މިދިޔަ އަހަރު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު އޭވިއޭޝަން އިންޑަސްޓްރީ މި އަހަރު އަލުން ހިނގައިގަންނަން ފަށާ އިރު، ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއާލައިނަކަށް މި އަހަރު ވެސް ވާނީ އޮސްޓްރޭލިއާގެ ކޮންޓަސް ކަމަށް އެއާލައިން ރޭޓިންސް އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަހަރު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމާ އެކު އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު އޭވިއޭޝަން އިންޑަސްޓްރީ މި އަހަރު އަލުން ހިނގައިގަންނަން ފަށާ އިރު، ދަތުރުފަތުރުކުރަން އެންމެ ރައްކާތެރި އެއާލައިނަކަށް މި އަހަރު ވެސް ވާނީ އޮސްޓްރޭލިއާގެ ކޮންޓަސް ކަމަށް އެއާލައިން ރޭޓިންސް އިން ބުނެފި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އޮޕަރޭޓްކުރާ 385 އެއާލައިނަކާ ބެހޭ މައުލޫމާތު އެއްކޮށް، އެންމެ ރައްކާތެރި އެއާލައިންތައް ކަނޑައަޅާފައި ވަނީ އެއާލައިންތަކުގެ ތާރީހުގައި ހިނގާފައިވާ ހާދިސާތަކާއި ފްލީޓްގައި ބޭނުންކުރާ ބޯޓްތަކުގެ މުއްދަތަށް ވެސް ބަލައިފަ އެވެ. މީގެ އިތުރުން ހިދުމަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަނުގެ އަމަލުތަކާއި ޕައިލެޓުންގެ ފެންވަރާއި އެ މީހުންގެ ނަޒާހަތްތެރި ކަމަކީ ވެސް އެންމެ ރައްކާތެރި އެއާލައިން ކަނޑައެޅުމުގައި ބަލާ ކަންކަމެވެ.

އެގޮތުން އެންމެ ރައްކާތެރި 20 އެއާލައިންގެ ލިސްޓްގެ އެއް ވަނަ ކޮންޓަސް އަށް ލިބުނު އިރު، މި އަހަރުގެ ޖުލައި މަހުގެ ތެރޭފައި އެ އެއާލައިންގެ އޮޕަރޭޝަންތައް ވަރަށް ފުޅާވެގެން ދާނެ ކަމަށް އެއާލައިން ރޭޓިންސް އިން ބުންޏެވެ. ކޮންޓަސް އަކީ މީގެ ގަރުނެއްހާ ކުރިން ހިދުމަތަށް ނުކުތް އެއާލައިނެކެވެ.

ދުނިޔޭގެ 85 މަންޒިލަކަށް ދަތުރުކުރާ އެ އެއާލައިންގެ ފްލީޓްގެ އަދަދަކީ 126 އެވެ. ކޮންޓަސް އަކީ 2014-2017 އަށް ވެސް އެންމެ ރައްކާތެރި އެއާލައިނެވެ. އަދި އެ މަގާމު ލިބޭ އެއާލައިނެއް 2018 ގައި ސާފުކޮށް ކަށަވަރު ނުވި ނަމަވެސް 2019 އާއި މިދިޔަ އަހަރު އަލުން އަނެއްކާ ވެސް ކަންޓަސް އަށް މަގާމު ލިބުނެވެ.

މި އަހަރު ވައިގެ ދަތުރުތަކަށް އެންމެ ރައްކާތެރި 20 އެއާލައިންގެ ލިސްޓް ކޮންޓަސްގެ ފަހަތުން ތަރުތީބުވެގެން އަންނަނީ މި ގޮތަށެވެ؛ ގަތަރު އެއާވޭޒް، އެއާ ނިއު ޒީލެންޑް، ސިންގަޕޫރް އެއާލައިންސް، އެމިރޭޓްސް، އީވާ އެއާ، އިއްތިހާދު އެއާވޭޒް، އެލަސްކާ އެއާލައިންސް، ކެތޭ ޕެސިފިކް އެއާލައިންސް، ބްރިޓިޝް އެއާވޭޒް (ބީއޭ)، ވާޖިން އޮސްޓްރޭލިއާ/ވާޖިން އެޓްލާންޓިކް، ހަވާއިއަން އެއާލައިންސް، ސައުތުވެސްޓް އެއާލައިންސް، ޑެލްޓާ އެއާލައިންސް، އެމެރިކަން އެއާލައިންސް، ސްކޭންޑެނީވިއަން އެއާލައިންސް (ސަސް)، ފިންއެއާ، ލުފްތަންސާ، ކޭއެލްއެމް އަދި ޔުނައިޓެޑް އެއާލައިންސް އެވެ.