Roadha Mihaaru
ވަކިކުރި ސީއީއޯއަކަށް ދިން 105 މިލިއަން ހޯދަނީ

މެކްޑޮނަލްޑްސް އިން ވަކިކުރި ސީއީއޯ އަށް ދިން 105 މިލިއަން އަނބުރާ ހޯދަން އެދިއްޖެ

19 ޑިސެމްބަރ 2021

ކުންފުނީގެ އުސޫލުތަކާ ހިލާފުވެ މުވައްޒަފުންތަކަކާ ލޯބީގެ ގުޅުންތަކެއް ބޭއްވިކަން ފަޅާއަރައި މީގެ ދެ އަހަރު ކުރިން މެކްޑޮނަލްޑްސްގެ ސީއީއޯގެ މަގާމުން ސްޓީވް އީސްޓަބްރޫކް ވަކިކުރި އިރު، އޭނާ އަށް ފައިނޭޝަލް ޕެކޭޖްގެ ދަށުން ދިން 105 މިލިއަން ޑޮލަރު އަނބުރާ ރައްދުކޮށް ދޭން އެންގުމަށް ހުށަހަޅައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުންފުނީގެ އުސޫލުތަކާ ހިލާފުވެ މުވައްޒަފުންތަކަކާ ލޯބީގެ ގުޅުންތަކެއް ބޭއްވިކަން ފަޅާއަރައި މީގެ ދެ އަހަރު ކުރިން މެކްޑޮނަލްޑްސްގެ ސީއީއޯގެ މަގާމުން ސްޓީވް އީސްޓަބްރޫކް ވަކިކުރި އިރު، އޭނާ އަށް ފައިނޭޝަލް ޕެކޭޖްގެ ދަށުން ދިން 105 މިލިއަން ޑޮލަރު އަނބުރާ ރައްދުކޮށް ދޭން އެންގުމަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އެމެރިކާގެ ސެކިއުރިޓީސް އެންޑް އެކްސްޗޭންޖް ކޮމިޝަން (އެސްއީސީ) ށް މެކްޑޮނަލްޑްސް އިން ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ސްޓީގް މަގާމުން ވަކިކުރިއިރު ދިން މާލީ އެހީ އަނބުރާ ދޭން އެންގުމުގެ އަމުރަކަށް އެދުނީ މުވައްޒަފުންތަކަކާ ލޯބީގެ ގުޅުންތަކެއް ބޭއްވި މައްސަލާގައި ކުންފުުނީގެ ބޯޑަށް އޮޅުވާލާފައިވާތީ މިދިޔަ އަހަރުގެ އޭނާގެ މައްޗަށް ދައުވާ ކޮށްފައި ވަނިކޮށެވެ. އިނގިރޭސީވިލާތަށް އުފަން ސްޓީވް، 54 މެކްޑޮނަލްސްޑްގެ ސީއިއޯގެ މަގާމުން ވަކިކުރީ ނޮމެމްބަރު، 2019 ގަ އެވެ.

ކައިވެނި ރޫޅިފައިވާ ތިން ކުދިންގެ ބައްޕަ ކުންފުނީގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެންނެވީ 2015 ގަ އެވެ.

މުވައްޒަފަކާ ލޯބީގެ ގުޅުން ބޭއްވިކަން ފަޅާއަރައި ކުންފުނީގެ ބޯޑުން އެ މައްސަލަ އިތުރަށް ތަހުގީގުކުރި އިރު، އިތުރު މުވައްޒަފުންތަކާ ވެސް ސްޓީވް ގުޅުން ބާއްވައި، އެކަން ސިއްރުކޮށް ކުންފުންޏަށް އޮޅުވާލާފައިވާކަން ހާމަވި އެވެ. އެވެ. މެކްޑޮނަލްޑްސް އިން އޭރު ބުނެފައި ވަނީ މައްސަލާގައި އިތުރު ތަހުގީގަކަށް ދާން ޖެހުނީ މިދިޔަ އަހަރުގެ މުވައްޒަފެއްގެ ފަރާތުން ސްޓިވްއާ ބެހޭގޮތުން ލިބުނު މައުލޫމާތުތަކަކާ ގުޅިގެންނެވެ.

އެމެރިކާގެ އެސްއީސީ.

އެމެރިކާގެ އެސްއީސީ.

އެ މައްސަލާގައި ފަހުން ސްޓީވް މާފަށް ވެސް އެދި އޭނާގެ ސުލޫކު ބެހެއްޓުނު ގޮތާ މެދު ހިތާމަކުރައްވާ ކަމަށް ވިދާޅުވި އެވެ.

ސްޓީވަށް ދިން ފައިސާ އަނބުރާ ދައްކަން ހުށަހެޅި މައްސަލައާ ބެހޭ ގޮތުން މެކްޑޮނަލްޑްސްގެ ޗެއާމަން އެންރީކޭ ހަނަންޑޭޒް ޖޫނިއާ ވިދާޅުވީ މިއީ އޭނާ ޖަވާބުދާރީކުރުވަން ކުރި ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ކޯޓަށް ހުށަަހަޅާފައިވާ މައްސަލާގައި ގޮތެއް ނިންމަން ފަސޭހަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

"ކޯޓަށް ހުށަހަޅާފައި އޮތް މައްސަލަ ދިގުލައިގެން ދިޔަޔަސް ސްޓީވްގެ މައްސަލާގައި އަހަރެމެންނަށް ދެން މިކަމުގައި ކުރިއަށް ދާން އިތުރަށް ފަސޭހަ ވާނެ އެސްއީސީ އަށް ހުށަހެޅި ހުށަހެޅުމާ ގުޅިގެން." ޗެއާމަން ވިދާޅުވި އެވެ.