އިނގިރޭސި ވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައި އޮންނަ ފޯޅަވަހި [ޑިއެގޯ ގާސިއާ] ގައި ކޯޓު އަޑުއެހުމެއް ބާއްވަން އުޅުމުން އެކަމަށް އެމެރިކާއިން ހުރަސްއަޅާފައިވާކަން ހާމަޖެއްވެ އެވެ.
އިނގިރޭސި ވިލާތުން އެމެރިކާއަށް ކުއްޔަށް ދީފައި އޮންނަ ފޯޅަވަހި [ޑިއެގޯ ގާސިއާ] ގައި ކޯޓު އަޑުއެހުމެއް ބާއްވަން އުޅުމުން އެކަމަށް އެމެރިކާއިން ހުރަސްއަޅާފައިވާކަން ހާމަޖެއްވެ އެވެ.
ޗާގޯސް އަތޮޅުގައި އެމެރިކާއިން އަސްކަރީ މަރުކަޒު ހިންގަން ދޫކޮށްފައި އޮތް ރަށުގައި ބާއްވަން އުޅުނީ ހިމާޔަތް ހޯދަން ލަންކާއިން ނުކުމެގެން އުޅެނިކޮށް ފޯޅަވައްސަށް ދެވި އެތަނުން ބޭރުނުވެވިފައި ތިބޭތާ ހާހަކަށް ވުރެ ގިނަ ދުވަސްވީ ތަމަޅައިންނާ މެދު ގޮތެއް ނިންމުމުގެ އަޑުއެހުމެކެވެ.
އެ މީހުން ބުނަމުން ދަނީ ފޯޅަވަހީގައި އެ މީހުން ހިފަހައްޓާފައި ތިބީ ގާނޫނުތަކާ ހިލާފަށް ކަމަށެވެ.
ޑިއޭގޯ ގާސިއާ އަކީ އިނގިރޭސިވިލާތުގެ އިންޑިއަން އޯޝަން ޓެރިޓަރީ (ބަޔޮޓް) ގެ ބައެކެވެ. ބަޔޮޓްގެ ސުޕްރީމް ކޯޓުން ހޯމަ ދުވަހު ސައިޓް ވިޒިޓެއް ކޮށް، ގާނޫނާ ހިލާފަށް ބަންދުކޮށްފައިވާ ކަމަށް ބުނާ މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ބާއްވަން އުޅުނެވެ.
ލަންކާގައި ކުރިމަތިވި އަނިޔާތަކުން ސަލާމަތްވުމަށް ގައުމު ދޫކޮށް ދިޔަ ކަމަށް ބުނާ ތަމަޅައިން ޑިއޭގޯ ގާސިއާއަށް ގެންދިޔައީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކެނެޑާއަށް ދަނިކޮށް އެ މީހުން ދަތުރުކުރި އުޅަނދަށް މައްސަލަތަކެއް ދިމާވުމުން އިނގިރޭސި ވިލާތުގެ ކަނޑުގެ ސިފައިންނެވެ.
ކަނޑުގެ ސިފައިން އެ މީހުން ސަލާމަތްކޮށް ޑިއެގޯ ގާސިއާއަށް ގެންދިޔަ ފަހުން އުޅެމުން ދަނީ ފުޓްބޯޅަ ދަނޑެއްގެ ސައިޒުގައި އޮތް ޓެންޓް ކޭމްޕެއްގަ އެވެ. މީދާ ގިނަ އަދި ވަށައިގެން ކަށިނަރު ޖަހާފައިވާ އެތަނުގައި އުޅެމުން ދަނީ ވަރަށް ވޭންދެނިވި ހާލަތެއްގައި ކަމަށް އެ މީހުން ބުނެ އެވެ. އެހެންވެ އެ މީހުން އެދެމުން ދަނީ އެހެން ގައުމަކަށް ގެންގޮސްދިނުމަށެވެ.
އެމެރިކާއަށް އިނގިރޭސިވިލާތުން ޑިއެގޯ ގާސިއާގެ އެއް ބައި ކުއްޔަށް ދީފައި އޮންނައިރު ކޯޓު އަޑުއެހުން ކެންސަލްކުރަން ޖެހުނީ ސައިޓް ވިޒިޓް ނުވަތަ ފަނޑިޔާރުން ބަލަންޖެހޭ ތަންތަނަށް ބެލުމުގެ ދަތުރަށް ވަގުތު ކުޑަތަންވެފައި އޮއްވައި އެ ހުއްދަ ނުދެވެނޭ ކަމަށް އެމެރިކާއިން އެންގުމުންނެވެ.
ބަޔޮޓްގެ ޑެޕިއުޓީ ކޮމިޝަނަރު ނިޝީ ދޮލަކިއާ ވިދާޅުވީ އެމެރިކާގެ ކަމާބެހޭ ފަރާތްތަކުން، ޑިއެގޯ ގާސިއާއަށް ފަނޑިޔާރާއި ގާނޫނީ ޓީމުތައް ވަޑައިގަތުމަށް އެމެރިކާގެ އަސްކަރީ ފްލައިޓްތަކަށް އެރުމުގެ ހުއްދަ ނުދިން ކަމަށެވެ. އަދި ސަލާމަތީ ކަންކަމާއި އޮޕަރޭޝަނަލް ކަންކަމުގެ ރައްކާތެރިކަމާ މެދު ޔަގީންކަން ނުލިބެނީސް ޑިއެގޯ ގާސިއާގައި ދަތުރުފަތުރާއި އެކޮމޮޑޭޝަން އަދި ކާބޯތަކެތި ވެސް ފޯރުކޮށްނުދޭނެ ކަމަށް އެންގި އެވެ.
ނަމަވެސް މި ކަންބޮޑުވުންތަކަށް ހައްލު ލިބޭ ގޮތަށް ފަނޑިޔާރުން ވަޑައިގަންނަވާ ނަމަ ހުއްދަ ދިނުމާ މެދު އަލުން ވިސްނާނެ ކަމަށް އެމެރިކާއިން އަންގާފައިވާ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.
އަންގާރަ ދުވަހުގެ އަޑުއެހުން ނުބޭއްވުމުން ދެން އަމަލުކުރާނެ ގޮތަކާ މެދު ގޮތެއް ނިންމުމަށް ވީޑިއޯ މެދުވެރިކޮށް އަޑުއެހުމެއް އަންގާރަ ދުވަހު ބޭއްވި އެވެ. ތަމަޅައިން ތަމްސީލްކުރާ ވަކީލަކު ވިދާޅުވީ އަޑުއެހުން ކެންސަލްވުމުން، ހާލުގައި ތިބި މީހުންނަށް ވަރަށް ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށާއި ވީޑިއޯ މެދުވެރިކޮށް ބޭއްވި އަޑުއެހުން ކުރިއަށް ދިޔައިރު އެކަކު ތިން ފަހަރަށް އަނބުރައިގަނެގެން ވެއްޓުނު ކަމަށެވެ.
ޗާގޯސް ދިނަސް، އެމެރިކާގެ އަސްކަރީ ބޭސް ދެމިއޮންނާނެ
ޑިއެގޯ ގާސިއާއިން ރާއްޖެއަށް ޗާޓަރު ދަތުރެއް!
އެމެރިކާ އާއި ޔޫކޭގެ ޖާސޫސީ ވެރިންގެ އިންޒާރެއް!
އަސާންޖް މިނިވަންވެއްޖެ، އެމެރިކާއާ އެކު ހެދީ ޑީލެއް!
"ޣައްޒާ ނައު" އަށް ޔޫއެސް އާއި ޔޫކޭއިން ދަތިކޮށްފި
ހަމަލާ ދިނަސް ބިރެއް ނުގަނޭ، ބަދަލުހިފާނަން: ހޫތީން
އެމިރޭޓްސްގެ ގަރާރު ވެސް އެމެރިކާ އިން ވީޓޯކޮށްފި
ގާޒާގެ ގަތުލުއާންމުގައި ނޭޓޯގެ ބޮޑު ދައުރެއް
ޔަހޫދީން ހިތްހަމަޖައްސައިދޭން މެކްރޯން ވެސް އިޒްރޭލަށް
އިޒްރޭލާއި އީރާން ވަރުގަދަ ބަހުގެ ހަމަލާތަކެއްގައި