Roadha Mihaaru
ބައްޕަގެ ކޮންޓްރޯލް އޮވެ ލަވައެއް ނުކިޔާނަން: ބްރިޓްނީ

ބައްޕަގެ ކޮންޓްރޯލް އޮއްވައި ލަވައެއް ނުކިޔާނަން: ބްރިޓްނީ

19 ޖުލައި 2021

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް އާއި ބައްޕަ ޖެމީ ސްޕެއާސް ބޮޑު އަރާރުމެއްގައި އުޅޭތާ މިހާރު އެތައް ދުވަހެކެވެ. މައްސަލައަކަށްވެގެން އުޅެނީ ބްރިޓްރީގެ "ކޮންޓްރޯލް" ބައްޕަގެ މުށުގެ ތެރޭގައި އޮތުމެވެ. މީގެ ސަބަބުން ބްރިޓްނީގެ ކެރިއަރާއި އޭނާ އަށް ލިބޭ މާލީ ފައިދާ ވެސް މެނޭޖްކުރަނީ ބައްޕަ އެވެ. ދެބަފައިންގެ މެދުގައި ހުޅުފަަޅައިގެން ގޮސްފައިވާ "ކޮންޒަވޭޓަޝިޕް" ގެ މައްސަލާގައި ބްރިޓްނީ މިހާރު މި ވަނީ ފޭނުންނަށް ވަރަށް ސާފު މެސެޖެއް ދީފަ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބްރިޓްނީ އާންމުކުރި ދިގު ބަޔާނެއްގައި ބުނީ ބައްޕަ "ކެރިއަރު ބައްޕަ ކޮންޓްރޯލްކުރާހާ ދުވަހަކު ދެން ޕަފޯމްކުރަން ސްޓޭޖަށް ނާރާނާ" ކަމަށެވެ.

"މިކަމަކާ ހެދި އަހަރެންގެ ހުފަވެންތައް މަރުވެއްޖެ. އެކަމަކު ވެސް އަދިވެސް އުންމީދެއް އޮތް ކަމަށް ދެކެން" ކެރިއަރާއި ޒާތީ ދިރިއުޅުމުގައ ވެސް ބޮޑެތި މައްސަލަތައް ދިމާވި ފަންނާނު ބުންޏެވެ.

މަސްތުވާތަކެތީގެ މައްސަލަ އާއި ނަފުސާނީ މައްސަލަތަކެއްގެ ތެރޭގައި ވެސް ކުރިން ގިނަ ދުވަސްތަކެއް ވަންދެން އުޅުނު ބްރިޓްނީ ބުނި ގޮތުގައި ބައްޕައާ ހެދި ބަނދެވިފައި އޮތް "ކޮންޒަވޭޓަޝިޕް" އާ ހެދި މިހާރު ދެން އޮތް ގޮތަކީ އަމިއްލަ ސިޓިން ރޫމްގައި ފޭނުން ހިތްހަމަޖައްސައި ދޭން މަސައްކަތްކޮށް، ކެރިއަރު ކުރިއަށް ގެންދިއުމެވެ.

"ހުވާކޮށްފައި މި ބުނަނީ ބައްޕަ އަހަރެން ކޮންޓްރޯލްކުރާ ނަމަ މިއިން ޒަމާނަކު ވެސް އަލުން ސްޓޭޖަކަށް އެރުމެއް ނެތް،" މަގްބޫލު އެތައް ލަވައެއް ކިޔާފައިވާ ބްރިޓްނީ ބުންޏެވެ.

"ކޮންޒަވޭޓަޝިޕް" ބާތިލުކޮށް ދިނުމުގެ މައްސަލަ ކޯޓްގައި އޮތް އިރު، ދާދި ފަހުން ބްރިޓްނީގެ ވަކީލު ވެސް ވަނީ އޭނާ ދޫކޮށްލައިފަ އެވެ. އެކަމަކު މިދިޔަ ބުދަ ދުވަހު އާ ވަކީލަކު ހަމަޖައްސާފައިވެ އެވެ.

ކޮޅެއްގައި ނުޖެހި ދިގުލައިގެންދާ "ކޮންޒަވޭޓަޝިޕް" ގެ މައްސަލައިގެ އަޑުއެހުމެއް ދެން އެންމެ އަވަހަށް ތާވަލުކޮށްފައި އޮތީ އަންނަ ސެޕްޓެމްބަރު މަހުގެ 29 އަށެވެ.

ބްރިޓްނީ އާއި ބައްޕަގެ ކޯޅުންގަނޑާ އެކު އޭނާގެ މަންމަ ލީން ސްޕެއާސް ވެސް ދާދި ފަހުން ދަރިފުޅުގެ ދިފާއުފައި ވާހަކަ ދައްކާފައިވެ އެވެ. އޭނާ ބުނި ގޮތުގައި ބްރިޓްނީ ހުރީ އޭނާގެ ކަންކަން އަމިއްލަ އަށް ކުރެވޭ ފަދާ ހާލަތެއްގަ އެވެ. އެހެންވެ ބައްޕަގެ "ކޮންޒަވޭޓަޝިޕް" އަކީ ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުންޏެވެ.

ސޭމް އަސްގަރީ ކިތާ މިސްރުގެ ޒުވާނަކާ މިހާރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބްރިޓްނީ، 39، އަކީ ދެ ކުދިންގެ މައެކެވެ. އޭނާގެ މިލްކިއްޔާތު 60 މިލިއަން ޑޮލަރަށް އަރާ އިރު، އޭގެ ހުރިހާ ކޮންޓްރޯލް އޮތީ ބައްޕަ ޖެމީގެ އަތުގަ އެވެ.