Roadha Mihaaru
ދިވެހި ނަރުހުގެ ބަންދަށް 15 ދުވަސް

ފިލިޕިންސް ނަރުސް މަރާލަން ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދިވެހި ނަރުހުގެ ބަންދަށް 15 ދުވަސް

17 ޑިސެމްބަރ 2021

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހަކު މަރާލުމަށް ރޭވިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދިވެހި ނަރުހުގެ ބަންދަށް 15 ދުވަސް މިއަދު ކޯޓުން ދީފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

އައިޖީއެމްއެޗުގައި މަސައްކަތްކުރި ފިލިޕިންސްގެ ނަރުހަކު މަރާލުމަށް ރޭވިކަމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި ދިވެހި ނަރުހުގެ ބަންދަށް 15 ދުވަސް މިއަދު ކޯޓުން ދީފި އެވެ.

ނަރުސް މަރާލި ކަމުގެ ތުހުމަތުގައި އޭނާގެ ފިރިމީހާ ހައްޔަރުކޮށްފައިވާއިރު އެ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރީ އޭނާގެ ފިރިމީހާއާ ލޯބީގެ ގޮތުން ގުޅުން އޮތް 24 އަހަރުގެ ދިވެހި އަންހެން ނަރުހެވެ.

ޑައިލިސިސް ސެންޓަރުގައި މަސައްކަތްކުރާ މޭރީ ގްރޭސް ނަމަކަށް ކިޔާ އަންހެން މީހާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ދަންޖެހިގެން މަރުވި ކަމަށް ބުނެ އެވެ. ނަމަވެސް ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން، އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައި ފިރިމީހާ މާވިން ހައްޔަރުކުރީ އެވެ. މޭރީގެ މަރުގެ ހާދިސާ ހިނގީ މާވިން، އެ ނަރުހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭތީ ދެމަފިރިންގެ މެދުގައި ބޮޑެތި މައްސަލަތަކެއް ޖެހިފައި އޮއްވަ އެވެ.

ފުލުހުން މީގެ ކުރިން ވަނީ އެ އަންހެން މީހާގެ ފޯނު ވެސް ތަހުގީގަށް ނަގައިފަ އެވެ. މޭރީ މަރުވީ ދަންޖެހިގެން ކަމަށް މާވިން ބުނި ނަމަވެސް އޭނާގެ ޕޯސްޓްމޯޓަމް އާ ހަވާލާދީ ފުލުހުން ބުނީ މީގެ ކުރިން ބުނީ މޭރީ މަރުވީ ބޮލަށް ލިބިފައިވާ ބޮޑެތި ޒަހަމްތަކެއްގެ ސަބަބުން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަންހެން މީހާގެ މައްޗަށް މޭރީ މަރަން ރޭވުމާއި މަރު ފޮރުވުމުގެ ތުހުމަތު ފަދަ ބޮޑެތި އެތައް ތުހުމަތެއް ކުރެ އެވެ.