Roadha Mihaaru
ދީޕިކާގެ ބޯލްޑް ފިލްމު އެމެޒޯން ޕްރައިމަށް

ދީޕިކާގެ ބޯލްޑް ފިލްމު "ގެހެރިޔާ" އެމެޒޯން ޕްރައިމަށް

21 ޑިސެމްބަރ 2021

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯންގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ "ބޯލްޑް" ކެރެކްޓާ ފެންނާނެ ފިލްމު "ގެހެރިޔާ" އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަދްކޯންގެ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ "ބޯލްޑް" ކެރެކްޓާ ފެންނާނެ ފިލްމު "ގެހެރިޔާ" އަންނަ މަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ހަދާފައިވާ މި ފިލްމު ސިނަމާތަކުގައި ނާޅުވައި ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމީ ވެސް އޭގެ ކޮންޓެންޓްގެ ގޮތުންނެވެ. "ކަޕޫރް އެންޑް ސަންސް" އާއި "އޭކް މޭ އޯރް އޭ ތޫ" ފަދަ ލައިޓްހާޓެޑް ފިލްމުތައް ގެނެސްދިން ޝަކުން ބަޓްރާ ލިޔެ، ޑައިރެކްޓްކޮށްފައިވާ "ގެހެރިޔާ" އަކީ ޑާކް ރިލޭޝަންޝިޕް ޑްރާމާއެކެވެ.

މީގައި ދީޕިކާ ކުޅެފައިވާ ކެރެކްޓާ އަކީ ކައިވެނިކޮށްގެން ހުރެ ވެސް، އޭނަގެ ކޮއްކޮ އަނަންޔާ ޕާންޑޭގެ ބައިވެރިޔާއާ އެކު ސިއްރު ގުޅުމެއް ބާއްވާ އަޑިނޭނގޭ ފިޓްނެސް ޓްރެއިނަރެއްގެ ކެރެކްޓާއެކެވެ. މި ފިލްމުގެ ބަތަލުންނަކީ ސިދާންތު ޗަތުރަވެދީ އާއި ދައިރިއާ ކަރްވާ އެވެ.

"ގެހެރިޔާ" އަންނަ މަހުގެ 25 ގައި ޕްރީމިއާކުރަން ނިންމި އިރު، ދީޕިކާގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 24 ގައި ފިރިމީހާ ރަންވީރު ސިންގްއާ އެކު ފެންނާނެ ކްރިކެޓް ފިލްމު "83" އެވެ. ދީޕިކާ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީގައި ގެނެސްދިން "ޗަޕާކް" އިންނެވެ.

"ގެހެރިޔާ" އަކީ ކަރަންގެ ދަރުމާ އިން އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭނެ ފުރަތަމަ ފިލްމެވެ.

އެ ސްޓޫޑިއޯގެ އަންނަ އަހަރުގެ ފިލްމުތަކުގެ ތެރޭގައި ވިކީ ކޯޝަލާއި ކިއާރާ އަދުވާނީގެ އިތުރުން ބޫމީ ޕިޑްނޭކަރްގެ "ގޯވިންދާ މޭރާ ނާމް"، ވަރުން ދަވަނާއި ކިއާރާގެ "ޖުގް ޖުގް ޖިޔޯ"، ޖާންވީ ކަޕޫރާއި ރާޖްކުމާރު ރާއޯގެ "މިސިޒް އެންޑް މިސިޒް މާހީ"، ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ "ބުރައްމަސްތުރާ-ޕާޓް ވަން: ޝިވާ"، ސިދާތު މަލްއުތުރާ އާއި ޑިޝާ ޕަޓާނީގެ އިތުރުން ރާޝީ ކަންނާގެ "ޔޯދާ" އަދި ވިޖޭ ދެވަރަކޮންޑާ އާއި އަނަންޔާގެ "ލައިގާ" ހިމެނެ އެވެ.