Roadha Mihaaru
ޝަަރީއަތުގައި ބައިވެރިވާ ގޮތަށް ޖާބިރު ދޫކޮށްްލައިފި

އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވާ ގޮތަަށް ޖާބިރު ދޫކޮށްލައިފި

22 ޑިސެމްބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާާޒިރުކުރަން ނެރުނު އަމުރާ ގުޅިގެން، އޭނާ މިއަދު ހައްޔަރުކުރުމަށް ފަހު، ދޫކޮށްލައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާާޒިރުކުރަން ނެރުނު އަމުރާ ގުޅިގެން، އޭނާ މިއަދު ހައްޔަރުކުރުމަށް ފަހު، ދޫކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި ގދ. ތިނަދޫން ޖާބިރު ހައްޔަރުކުރުމަށް ފަހު އޭނާ ދޫކޮށްލީ އެ ރަށުގައި ހުންނެވި ނަމަވެސް އޮންލައިންކޮށް، ސިވިލް ކޯޓުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވަން އެއްބަސްވެވަޑައިގެންނެވުމުންނެވެ.

ޖާބިރު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުުމުގެ އަމުރެއް، ސިވިލް ކޯޓުން ނެރުނީ އޭނާއާ ދެކޮޅަށް މުވައްޒަފަކު ހުށަހެޅި މައްސަލައެއްގެ އަޑުއެހުމަކަށެވެ. އޭނާއާ ދެކޮޅަށް ހުށަހެޅީ، އެނގިފައިވާ ގޮތުގައި، މުސާރަ ނުދިނުމުގެ މަައްސަލައެކެވެ.

ސިވިލް ކޯޓުގެ އަޑުއެހުންތަކަށް، ބަންދުގައި ބަހައްޓައިގެން މީހުން ހާޒިރުކުރަން އާއްމު ގޮތެއްގައި އަމުރު ނެރެނީ ޗިޓާ ހަވާލުވުމަށް ފަހު، ހާޒިރުނުވުމާއި، ޗިޓް ހަވާލުނުކުރެވި އަދި އުޅޭ ތަނެއް ނޭނގުން ފަދަ ސަބަބުތަކާ ހެދި އެވެ. ޖާބިރާ ދެކޮޅަށް އެ އަމުރު ނެރުނީ މީގެ ތެރެެއިން ކޮން ސަަބަބަކާހެދި ކަމެއް އަދި ނޭނގެ އެވެ.