Roadha Mihaaru
"އިޝްގް މޭ މަރުޖާވާ" ގެ ތިން ވަނަ ސީޒަނެއް

"އިޝްގް މޭ މަރުޖާވާ" ގެ ތިން ވަނަ ސީޒަނެއް

24 ޑިސެމްބަރ 2021

ކަލާޒް ޗެނެލުން ދެ ސީޒަނަކަށް ގެނެސްދިން ލޯބީގެ ތުރިލާ ސިލްސިލާ "އިޝްގް މޭ މަރުޖާވާ" ގެ ތިން ވަނަ ސީޒަނެއް ވެސް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކަލާޒް ޗެނެލުން ދެ ސީޒަނަކަށް ގެނެސްދިން ލޯބީގެ ތުރިލާ ސިލްސިލާ "އިޝްގް މޭ މަރުޖާވާ" ގެ ތިން ވަނަ ސީޒަނެއް ވެސް ގެނެސްދޭން ތައްޔާރުވާން ފަށައިފި އެވެ.

މިހާރު ޕްރޮމޯ ވެސް ދައްކަން ފަށައި އަންނަ އަދި މަހުގެ ތެރޭގައި ބެލުންތެރިންނަށް ގެނެސްދޭން ފަށާނެ އާ ސީޒަން އަކީ "ފަނާ: އިޝްގް މޭ މަރްޖާވާ" އެވެ. މި ފަހަރު ވެސް މީގެ ކާސްޓަށް ވަނީ ބޮޑު ބަދަލެއް ގެނެސްފަ އެވެ. އާ ސީޒަންގެ ލީޑް ތަރިންނަކީ މި އަހަރު ޒީޓީވީން ނިންމައިލި ސިލްސިލާ "ތުޖުސޭ ހޭ ރާބްތާ" ގެ ބަތަލާ ރީމް ޝައިހާއި ސްޓާ ޕްލަސް އިން ކުރިން ގެނެސްދިން ސިލްސިލާ "އިޝްގްބާޒް" ގެ ރޯލެއް ކުޅުނު ޒައިން އިމާމް އެވެ.

މި ދެ ތަރިންނާ އެކު "ފަނާ: އިޝްގް މަރްޖާވާ" ގެނެސްދޭ އިރު، މި ސިލްސިލާގެ ފުރަތަމަ ސީޒަން 2017-2019 އަށް ގެނެސްދިނީ އަރުޖުން ބިޖްލާނީ އާއި އަލީޝާ ޕަންވަރުގެ އިތުރުން ނިއާ ޝަރުމާއާ އެކީގަ އެވެ. އެ ސީޒަންގައި 475 އެޕިސޯޑް ދެއްކި އެވެ.

މިދިޔަ އަހަރުގެ ޖުލައި 13 ގައި ސީޒަން ދޭއް ގެނެސްދޭން ފަށައި އެ ސީޒަން މި އަހަރު މާޗް 13 ގައި ނިންމައިލީ 216 އެޕިސޯޑާ އެކީގަ އެވެ. އޭގެ ފަހުން އެކްސްޓެންޝަނެއްގެ ގޮތުގައި "އިޝްގް މޭ މަރުޖާވާ" ގެ 97 އެޕިސޯޑް މި އަހަރުގެ މާޗް 15 އިން ޖުލައި 5 އަށް ގެނެސްދިނެވެ.

އޭގެ ލީޑް ތަރިންނަކީ ހެލީ ޝާހާއި ވިޝާލް ވަޝިސްތާ އަދި ރާހުލް ސުދީރެވެ.

"ފަނާ: އިޝްގް މޭ މަރްޖާވާ" ގެ ޕްރޮމޯ ދައްކަމުން ދިޔަޔަސް، ސިލްސިލާ ދައްކަން ފަށާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.