ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
26 ޑިސެމްބަރ 2021
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަށް އިންޑިއަން އެގްޒިމް ބޭންކުގެ ފަރާތުން ޝޯޓް ލިސްޓްކޮށްފައިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫއަށް އަންނަ މަހުގެ 25އާ ހަމައަށް ކުރިމަތިލެވޭނެ އެވެ.
މި މަޝްރޫއުގައި ހަނިމާދޫގައި 46.2 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 3.1 މިލިއަން ފަސިންޖަރުންނަށް ހިދުމަތްދެވޭނެ ޖާގައިގެ ޓާމިނަލެއް ހަދާނެ އެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ގާއިމްކުރާނެ އެވެ.
ހަނިމާދޫ އެއާޕޯޓް އަލުން އެޅުމުގެ ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ދެ ފިޔަަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހި ނިމޭ އިރު އެއާބަސް އޭ320 މަރުކާގެ މަތިންދާބޯޓްތަކާއި ބޯއިން 737 މަރުކާގެ މަތިންދާބޯޓުތައް އެ އެއާޕޯޓަށް ޖެއްސޭނެ އެވެ. ދެވަނަ ފިޔަވަހި ނިމޭއިރު، އެއާބަސް އޭ330 މަރުކާގެ މަތިންދާބޯޓުތަކާއި ބޯއިން ބީ777 މަރުކާގެ ބޯޓުތައް ޖެއްސޭ ވަރަށް އެއާޕޯޓް ތަރައްގީކުރާނެ އެވެ.
މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ލިބޭނެ އެވެ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދާ މަޝްރޫއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.
މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގްތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. އިކޮނޮމިކް މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މެދު ތެރޭގައި ފެށޭނެ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓުގެ 50 ޕަސެންޓް ނިމިއްޖެ!
ހަނިމާދޫ އެއާޕޯޓް ތަރައްގީއެއް ނެތި އެގޮތަށް!
ހަނިމާދޫގެ އާ ރަންވޭ އިތުރަށް ދިގު ކުރަނީ
ހަނިމާދޫ އެއާޕޯޓުގެ އާ ރަންވޭ ބޭނުން ކުރަން ފަށައިފި
ހަނިމާދޫގެ އާ ރަންވޭ އާދިއްތަދުވަހު ބޭނުންކުރަން ފަށަނީ
ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކި މީހަކު ބަންދަށް
ހަނިމާދޫ-ޓްރިވެންޑްރަމް ދަތުރުތައް މެދުކަނޑާލަނީ
"ތަރައްގީ ގެންނާނީ ވިސްނައިގެން، ދެމެހެއްޓެނިވިގޮތަށް"
ހަނިމާދޫ އެއާޕޯޓްގެ ބޮޑު މަޝްރޫއުގެ މަސައްކަތް ފަށައިފި
ހަނިމާދޫ އެއާޕޯޓްގެ މަޝްރޫއު ރަސްމީކޮށް ފަށަނީ