ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން، އެ ދެ ސަރަހައްދަށް އިތުރުކުރާ ޓޫރިސްޓް އެނދުތަކާ އެކު، ރާއްޖޭގައި ޓޫރިޒަމް އެންމެ ބާރަށް ކުރިއެރި ދުވަސްވަރު ކަމަށްވާ 1980 އާއި 1990 ގެ އަހަރުތަކުގައި އައި ވަރުގެ ކުރިއެރުމެއް، އިގުތިސާދަށް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
18 ނޮވެމްބަރ 2025
ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓާއި ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކޮށް ނިމުމުން، އެ ދެ ސަރަހައްދަށް އިތުރުކުރާ ޓޫރިސްޓް އެނދުތަކާ އެކު، ރާއްޖޭގައި ޓޫރިޒަމް އެންމެ ބާރަށް ކުރިއެރި ދުވަސްވަރު ކަމަށްވާ 1980 އާއި 1990 ގެ އަހަރުތަކުގައި އައި ވަރުގެ ކުރިއެރުމެއް، އިގުތިސާދަށް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގެ ޓޫރިޒަމް އެނދުގެ އަދަދު 200 ގައި ހުރުމަށް ފަހު 11،300 އާ ހަމައަށް އިތުރުވީ 80 ގެ ގެ އަހަރުތަކުގަ އެވެ. އޭރު ރާއްޖޭގެ ޖީޑީޕީގެ ކުރިއެރުން ހުރީ އަހަރަކު އެވްރެޖްކޮށް 10 ޕަސެންޓުގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދިޔަ އަންނަ އަހަރުގެ ބަޖެޓް ބަހުސްގެ ތެރެއިން ޖަވާބުދާރީވުމަށް ފިނޭންސް މިނިސްޓަރަށް ކަނޑައެޅި ވަގުތުގައި ޒަމީރު ވިދާޅުވީ، ބަޖެޓްގެ މަޝްވަރާތަކުގެ އެކި މަރުހަލާތަކުގައި ލިބުނު ފީޑްބެކްގެ ތެރޭގައި އިގުތިސާދީ ގޮތުން ރާއްޖެ ކުރިއަރާނެ މިންވަރާ މެދު އޮތް ކަންބޮޑުވުންތަކެއް ހިމެނޭ ކަމަށެވެ،
ހަނިމާދޫ އިންޓަނޭޝަނަލް އެެއާޕޯޓްގެ އެއިރޯ ބްރިޖް ބޭނުންކުރަނީ: އެ އެއާޕޯޓް ތަރައްގީކޮށް މިރޭ ވަނީ ހުޅުވައިފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑުމެން މިހާރު މިދާ ދިމާލަކީ އައްޑު އަތޮޅުގެ އެއާޕޯޓް ނިމިގެން އަދި ހަނިމާދޫގެ އެއާޕޯޓް ނިމިގެންދާއިރުގައި އެ ސަރަހައްދުގެ އެކްސްޕެޝަންނަށް މަސައްކަތް ކުރީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ 1980 ގެ އަހަރުތަކުގެ ތެރޭގައި މާލޭ ކައިރީ ޓުއަރިޒަމް ޑިވެލޮޕްވަމުން އައި އިރުގައި 90 ގެ އަހަރުތަކުގައި ޑިވެލޮޕްވަމުން އައި އިރުގައި ލިބުނު ގްރޯތު އަޅުގަނޑުމެންނަށް ލިބޭނޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވި ގޮތުގައި އެއީ މަރުކަޒީ ބޭންކު އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓުން ކުރި ދިރާސަތަކަށް ފަހު ލަފާކުރާ ގޮތެވެ.
"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، މިހާރު އެމްއެމްއޭގެ ފޯކާސްޓާ އަދި އަޅުގަނޑުމެންގެ އިކޮނޮމިސްޓުން ވެސް ބައްލަވާފައި ހުރި ފޯކާސްޓަށް ބަލާއިރުގައި ސަސްޓެއިނަބުލް ވާނެ. އަދި އޭގެ އިތުރުން އަޅުގަނޑުމެންގެ ފޯކާސްޓްތައް އެހެރީ ހިސްޓޯރިކަލް ޑޭޓާ އަށް ވެސް ބަލާފައި،" އޭނާ ވިދާވި އެވެ.
އިގުތިސާދު ފުޅާކުރުމަށް ޓަކައި އެހެން ބައެއް މަަސައްކަތްތައް ވެސް ރާވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި އިންޓަނޭޝަނަލް ފައިނޭންސް ސެންޓަރެއްގެ މަސައްކަތް ހިމެނޭ ކަމަށް ވެސް ވިދާޅުވި އެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކޮށް މި މަހުގެ ނުވަ ވަނަ ދުވަހު ހުޅުވީ، އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން 136 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) ހަރަދު ކޮށްގެންނެވެ.
އެ މަޝްރޫއުގެ ދަށުން ހަނިމާދޫ އެއާޕޯޓުގައި 2.7 ކިލޯމީޓާރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ އާ ޓާމިނަލަކާއި އެއިރޯ ބްރިޖަކާއި ޑިއުޓީ ފްރީ އާއި ލައުންޖާއި އާ އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރަކާއި ކާގޯ އިމާރާތަކާއި ފިއުލް ފާމެއްގެ އިތުރުން ސީޕްލޭނަށް ހިދުމަތް ދެވޭނެ ޖެޓީ ވެސް ވަނީ ހަދައިފަ އެވެ.
"ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަކީ ރަނުގެ ފުރުސަތެއް"
އައްޑޫގެ ބޮޑު ތިން ވައުދަށް ވެސް ބޮޑެތި ކާމިޔާބީތަކެއް
ހަނިމާދޫ އެއާޕޯޓުން ފައިދާވާން 8،000އެނދު ބޭނުންވޭ
އައްޑޫގެ ވިޔަފާރިތަކަށް ޓެކްސް ލުއިކޮށްދެނީ
އައްޑޫން ކުޅުދުއްފުއްޓަށް ސީދާ ދަތުރުތައް ފަށަނީ
އެފްރިކާ އިން ގަމަށް ނޮވެމްބަރު މަހު ދަތުރުތައް ފަށަނީ
އައުޓްލުކަށް ކުރިއެރުން ލިބުނު ފިޔަވަޅުތައް ދަމަހައްޓާނެ
އަމާޒަކީ ވިލުންތެރި އިގުތިސާދެއް ބިނާކުރުން: ޒަމީރު
ޝަންގްރިއްލާގެ މަސައްކަތްތައް ރައީސް ބައްލަވާލަައްވައިފި
އަންނަ އަހަރަށް 64.2 ބިިލިއަންގެ ބަޖެޓެއް